Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-ޖަޕާން

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

3 ޑިސެމްބަރު 2025 | ބުދަ 08:22

ޖަޕާނަށް ސަފީރެއްގެ ގޮތުގައި އައްޔަންކުރި މަހުލޫފަކީ އެކަމަށް ރާއްޖެއިން ނެގޭނެ އެންމެ އެކަށީގެންވާ ބޭފުޅާ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޑިސެމްބަރު 2025 | ބުދަ 08:22
ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ  އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕް ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި މެންބަރު ފަލާހު ވަނީ ޖަޕާނަށް ދިވެހިރާއްޖެ އިން ކަނޑައެޅި ސަފީރު އަހްމަދު މަހުލޫފަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ޖަޕާނަށް ސަފީރެއްގެ ގޮތުގައި މި މަޖިލީހަށް ފޮނުވާފައިވާ ނަންފުޅަކީ އެކަމަށް ރާއްޖެއިން ނެގޭނެ އެންމެ އެކަށީގެންވާ އެންމެ ރަނގަޅު ބޭފުޅާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިކަމާ ދޭތެރޭގައި ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށާއި، މިއީ ރަނުން ރަނަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ފަލާހު ވިދާޅުވީ މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން ކަމަށާއި، ގައުމަށް ޚިދުމަތް ކުރުމުގައި އެބޭފުޅާ އަށް އެކަމުގެ ގާބިލް ކަމާއި، އެކަމުގެ ހުނަރާއި ތަޖުރިބާ ހުރި މިންވަރަށް މިސަރުކާރުން ބަލާނެ ކަމަށެވެ.

މެންބަރު ފަލާހު ވިދާޅުވީ ސަރުކާރު މިނިންމުމާއެކު ކުރިއަށް އޮތްތަނު ގައި ރާއްޖެ އާއި ޖަޕާނު ގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެ، މިހާރަށްވުރެ މާމަތީ ހަރުފަތަކަށް މިގުޅުން ކުރިއަށް ދާނެ ކަމަށެވެ.

އެއީ މީގެ ކުރިން ރާއްޖޭގައި މިދިޔަ ސަރުކާރުގައި ވެސް ވަރަށް މަތީ މަގާމެއް ވަރަށް ރަނގަޅަށް ހަގީގަތުގައި އެމްޑީޕީ ވެރިކަމުގައި ރާއްޖެއަށް ޚިދުމަތް ކުރުމުގައި ވަޒީރަކު މަގާމެއް އެންމެ ރަނގަޅަށް އަދާކުރި ބޭފުޅަކީ އަހުމަދު މަހުލޫފު. އަޅުގަނޑުމެންގެ މި ސަރުކާރަކީ މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރުގައި ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން. ގައުމަށް ޚިދުމަތް ކުރުމުގައި އެބޭފުޅާއަށް އެކަމުގެ ގާބިލް ކަމާއި، އެކަމުގެ ހުނަރާއި ތަޖުރިބާ ހުރި މިންވަރަށް މިސަރުކާރުން ބަލާނެ. އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ނަންފުޅު މިއީ މިކަމަށް އެންމެ އެކަށީގެންވާ ބޭފުޅާއޭ. އަހުމަދު މަހުލޫފަކީ ޒުވާން ބޭފުޅެއް. މިކަން ކުރެވޭ ތައުލީމާ ތަޖުރިބާ ހުރި ބޭފުޅެއް މިކަމުގެ ހުނަރު ހުރި ބޭފުޅެއް. މިކަމުގެ ހުނަރު ދައްކާފައި ހުރި ބޭފުޅެއް. އެހެންވީމަ ހަގީގަތުގައި މިއާ ދޭތެރޭގައި ކިޔާނެ މާ ގިނަ ވާހަކަ އެއް ނެތް އަޅުގަނޑުމެން. މިއޮތީ މިކަން ރަނުން ރަނަށް މިކަން ކޮށްފައި.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

މެންބަރު ފަލާހު މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް މަހުލޫފު މި މަގާމަށް އައްޔަން ކުރެއްވީ، ވެރިކަން ކުރާ ޕީއެންސީއާ 14 ނޮވެންބަރު 2025 ވަނަ ދުވަހު އެ ޕާޓީއަށް ސޮއިކުރުމާ ގުޅިގެން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މި ސަރުކާރުގައި ވަޒީފާގެ ބިރު ދައްކާ ކަމަށާއި، ސަރުކާރަށް ފާޑު ކިޔާ އާއިލާތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަޒީފާ ހަމަޖައްސައި ދެމުންދާ ކަމަށް އެއާއިލާތަކުން ބުނެފައިވެ އެވެ. އަދި ސަރުކާރުގެ ވަޒީފާގައި ހުރެ، ސަރުކާރަށް ފާޑު ކިޔާނަމަ ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާ އަދާކުރާ ތަން ބަދަލު ކުރުމާއި، އަދިވެސް އެހެނިހެން ގޮތްގޮތުން ވަރަށް ބޮޑަށް ދަތި ކުރަމުންދާ ކަމަށް ބައެއް މީހުން ތުހުމަތު ކޮށްފައިވެ އެވެ.

އިބްރާހިމް ފަލާހްއަހުމަދު މަހުލޫފުރާއްޖެ-ޖަޕާން

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

28 ޖުލައި 2026

އިގްތިސާދީ މާހިރުންގެ ބަހަށް ގޮންޖައްސަވައި ފަލާހު: ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް

28 ޖުލައި 2026
އިގްތިސާދީ މާހިރުންގެ ބަހަށް ގޮންޖައްސަވައި ފަލާހު: ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް
28 ޖުލައި 2026

މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި

28 ޖުލައި 2026
މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި
27 ޖުލައި 2026

ޖަޕާނުން 3.7 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރި މެރިޓައިމް ރެސްކިއު ސެންޓަރުގެ ހުރިހާ ކުރެޑިޓެއް ރައީސް މުއިއްޒު ނަންގަވަން އުޅުއްވައިފި

27 ޖުލައި 2026
ޖަޕާނުން 3.7 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރި މެރިޓައިމް ރެސްކިއު ސެންޓަރުގެ ހުރިހާ ކުރެޑިޓެއް ރައީސް މުއިއްޒު ނަންގަވަން އުޅުއްވައިފި
16 ޖުލައި 2026

އިންސާނީ ވަސީލަތް ތަރައްގީކުރަން ޖަޕާނުން ރާއްޖެ އަށް 1 މިލިޔަން ޑޮލަރުގެ އެހީ ދީފި

16 ޖުލައި 2026
އިންސާނީ ވަސީލަތް ތަރައްގީކުރަން ޖަޕާނުން ރާއްޖެ އަށް 1 މިލިޔަން ޑޮލަރުގެ އެހީ ދީފި
12 ޖޫން 2026

ރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

12 ޖޫން 2026
ރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
25 މެއި 2026

ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި

25 މެއި 2026
ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި
21 މެއި 2026

ވެމްކޯ އެމްޑީގެ ނުފޫޒުން، އެޕްރައިޒަލް އިން އެންމެ މަތީ މާކްސް ހޯދާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

21 މެއި 2026
 ވެމްކޯ އެމްޑީގެ ނުފޫޒުން، އެޕްރައިޒަލް އިން އެންމެ މަތީ މާކްސް ހޯދާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
15 މެއި 2026

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ

15 މެއި 2026
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ
13 މެއި 2026

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

13 މެއި 2026
ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި
11 މެއި 2026

މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ

11 މެއި 2026
މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް