Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހަވާލުކުރަން އެއްބަސްވެއްޖެ: ޓްރަމްޕް

އީރާނުގެ ބަނދަރުތައް ބަންދުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައިވަނިކޮށް، ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމަކާ ގާތަށް އާދެވިފައިވާކަން ރައީސް ޓްރަމްޕް އިއުލާނު ކުރައްވައިފި. މި އެއްބަސްވުމުގެ ދަށުން އީރާނުން ރައްކާކޮށްފައިވާ ޔުރޭނިއަމް ހަވާލުކުރަން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި.

ރާއްޖެ އެމްވީ | 17 އެޕްރީލު 2026 | ހުކުރު 01:07
އީރާނުގެ ގަޒްވިން ކައިރީގައި ހުންނަ ޝަހީދު ރަޖާއީ ކޮމްބައިންޑް ސައިކަލް ގޭސް ޕަވަރ ސްޓޭޝަނުގެ ބޮޑު ހަތަރު ޓާބައިން.

އީރާނުގެ ގަޒްވިން ކައިރީގައި ހުންނަ ޝަހީދު ރަޖާއީ ކޮމްބައިންޑް ސައިކަލް ގޭސް ޕަވަރ ސްޓޭޝަނުގެ ބޮޑު ހަތަރު ޓާބައިން. | ގެޓީ އިމޭޖަސް

އީރާނުން މިހާރު ރައްކާކޮށްފައި ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހަވާލުކުރުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށާއި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ބާއްވާ ސުލްހައިގެ އެއްބަސްވުމަކާ ގާތަށް ދެ ގައުމުން މިހާރު އާދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށުނު މި ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ އެއްބަސްވުމަށް ތެހެރާނުން އިންކާރުކޮށްފި ނަމަ، އެ ގައުމަށް އަލުން ވައިގެ ހަމަލާތައް ދޭނެ ކަމަށާއި، އީރާނުގެ ބަނދަރުތައް އެމެރިކާގެ ކަނޑުގެ ސިފައިން މެދުވެރިކޮށް ބަންދުކޮށްފައި ބާއްވާނެ ކަމުގެ އިންޒާރު އެމެރިކާއިން މީގެ ކުރިން ވަނީ ދީފައެވެ.

މީގެ އިތުރުން، މި ހަނގުރާމައިގެ އެހެން ދިމާލަކުން އިޒްރޭލާއި ލުބުނާނާ ދެމެދު ބުރާސްފަތި ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާކަން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިއުލާނު ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ހަތަރު ނުވަތަ ފަސް ދުވަހުގެ ތެރޭގައި އެ ދެ ގައުމުގެ ލީޑަރުން ވައިޓް ހައުސްއަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުގެ މަދަދުލިބޭ ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުاللهގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އިބްރާހީމް އަލް މޫސަވީ އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާޗް މަހުގެ ކުރީކޮޅުން ފެށިގެން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެ ޖަމާއަތުން، އިޒްރޭލުގެ ހަމަލާތައް ހުއްޓާލައިފި ނަމަ މި އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަމަށެވެ.

ވޮޝިންޓަނާއި ތެހެރާނާ ދެމެދު އާ މަޝްވަރާތަކެއް ބޭއްވުމަށް ޕާކިސްތާނުން ދަނީ ޑިޕްލޮމެޓިކް ގޮތުން މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރު، އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފްއާ ބައްދަލުކުރައްވާ މަންޒަރު އީރާނުގެ ދައުލަތުގެ ޓީވީން ބުރާސްފަތި ދުވަހު ވަނީ ދައްކާފައެވެ. ގާލީބާފް އަކީ މިދިޔަ ހަފުތާގައި އެއްވެސް ނަތީޖާއެއް ނުނިކުމެ ނިމުނު ފުރަތަމަ ބުރުގެ މަޝްވަރާތަކުގައި އީރާނުގެ ވަފުދުގެ އިސްވެރިޔާއެވެ.

އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ފަހުން ވިދާޅުވީ، އެމެރިކާއާއެކު ކުރިއަށްދާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާތަކާ މެދު ތެހެރާނުން އޮތީ "ސަމާލުކަމާއެކު އުންމީދީ" ވިސްނުމެއްގައި ކަމަށާއި، މާނަހުރި ނަތީޖާއެއް ނިކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ހެގްސެތު ބުރާސްފަތި ދުވަހު ވިދާޅުވީ، އީރާނުން ނުބައި ނިންމުމެއް ނިންމައިފި ނަމަ، އެ ގައުމުގެ ބަނދަރުތައް ބަންދުކޮށް، އުމްރާނީ ވަސީލަތްތަކާއި ކަރަންޓާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ބޮން އަޅާނެ ކަމަށެވެ.

ރައީސް ޓްރަމްޕް ފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ތެހެރާނާއެކު އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި، އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޕާކިސްތާނަށް ވަޑައިގަތުމަށް ވެސް ވިސްނަވަމުންދާ ކަމަށެވެ.

ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ ކަމަށް އެމެރިކާއިން ބުނާ އީރާނުގެ ޔުރޭނިއަމް ރައްކާކޮށްފައިވާ މިންވަރަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، "އެމީހުންގެ ނިއުކްލިއާ ކުނިތައް އަހަރެމެންނާ ހަވާލުކުރަން އެމީހުން އެއްބަސްވެއްޖެ" ކަމަށެވެ.

ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ

އީރާނާއެކު ވެވޭ ކޮންމެ އެއްބަސްވުމެއްގެ ދަށުން، އެ ގައުމަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ދާއިމީކޮށް ބަންދުވާން ޖެހޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އދ. ގެ ނިއުކްލިއާ ވޮޗްޑޯގުން އެކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ތެހެރާނުން ދަނީ ނިއުކްލިއާ ބޮމެއް އުފެއްދުމުގެ މަސައްކަތް އަވަސް ކުރަމުން ކަމަށް ބުނެ ޓްރަމްޕް ވަނީ މި ހަނގުރާމަ ފައްޓަވާފައެވެ.

އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލުމަށް ވޮޝިންޓަނުން ބޭނުންވާއިރު، ތެހެރާނުން ހުށަހަޅާފައިވަނީ ފަސް އަހަރަށް އެ މަސައްކަތް ހުއްޓާލުމަށެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުން ވަނީ އެ ހުށަހެޅުން ގަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ.

އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ބުދަ ދުވަހު ބުނީ، ޔުރޭނިއަމް މުއްސަނދިކުރުމަކީ އެ ގައުމަށް ލިބިގެންވާ ނިގުޅައިނުގަނެވޭނެ ހައްގެއް ކަމަށާއި، ނަމަވެސް އެކަން ކުރާނެ މިންވަރާ މެދު މަޝްވަރާ ކުރެވިދާނެ ކަމަށެވެ.

އަނެއްކޮޅުން، އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓްރަމްޕަށް ލިބިދީފައިވާ ބާރުތައް ހަނިކުރުމަށް ޑިމޮކްރެޓުން ކުރި މަސައްކަތް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ބުރާސްފަތި ދުވަހު ވަނީ ބޭރުކޮށްލާފައެވެ.

މި ވޯޓު ނަގާފައިވަނީ ހަ ހަފުތާއަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ހަރަދުތައް އިތުރުވުމާއި، ހަނގުރާމަ ނިމޭނެ ސީދާ ގޮތެއް ނޭނގުމާއި، އަދި މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްއީރާން-ލުބުނާންހިޒްބުﷲނިއުކްލިއަރ ހަތިޔާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލާއި ލުބުނާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާކަން އެމެރިކާގެ ރައީސް އިއުލާނު ކުރައްވައިފި

އިޒްރޭލާއި ލުބުނާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާކަން އެމެރިކާގެ ރައީސް އިއުލާނު ކުރައްވައިފި

17 އެޕްރީލު 2026
އީރާން ހަނގުރާމަ ހުއްޓުވުުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ބޭރު ކޮށްލައިފި

އީރާން ހަނގުރާމަ ހުއްޓުވުުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ބޭރު ކޮށްލައިފި

16 އެޕްރީލު 2026
ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އީރާން އަށް ވަޑައިގެންފި

ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އީރާން އަށް ވަޑައިގެންފި

16 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާގެ ދެ ވަނަ ބައްދަލުވުން ވަރަށް އަވަހަށް އޮންނާނެ: ޓްރަމްޕް

އެމެރިކާ އާއި އީރާންގެ މަޝްވަރާގެ ދެ ވަނަ ބައްދަލުވުން ވަރަށް އަވަހަށް އޮންނާނެ: ޓްރަމްޕް

15 އެޕްރީލު 2026
އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު

އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު

14 އެޕްރީލު 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު