Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ ތިންވަނަ މަނަވަރު މެދުއިރުމައްޗަށް ދަތުރުކުރަނީ

1 އެޕްރީލު 2026 | ބުދަ 01:03

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރުމުގެ ގޮތުން، މިހާރު އެ ސަރަހައްދުގައި އޮތް ދެ މަނަވަރުގެ ތެރެއިން އެއް މަނަވަރުގެ ބަދަލުގައި "ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިއު. ބުޝް" ހަރަކާތްތެރިވާން ފަށާނެ. އިތުރު ފައުޖުތަކާއި ހަނގުރާމަމަތީ ބޯޓުތައް އެ ސަރަހައްދަށް ފޮނުވަމުންދާއިރު، އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ހަމަލާތައް ވަރުގަދަކޮށްފާނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް ވަނީ ދެއްވާފައި.

ރާއްޖެ އެމްވީ | 1 އެޕްރީލު 2026 | ބުދަ 01:03
އެމެރިކާގެ ކަނޑުގެ ސިފައިންގެ ނިމިޓްޒް ކްލާސްގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިޔު ބުޝް.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ނިމިޓްޒް ކްލާސްގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިޔު ބުޝް. | ގެޓީ އިމޭޖަސް

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، އެ ގައުމުގެ ތިންވަނަ މަތިންދާބޯޓު އުފުލާ މަނަވަރު މިހާރު ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުން ކަމަށް މި މައްސަލައާ ގުޅުންހުރި މަސްދަރުތަކުން ހާމަ ކޮށްފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އީރާނަށް އަމާޒުކޮށްގެން އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރަމުންދާ، މިހާރު އެ ސަރަހައްދުގައި އޮތް ދެ މަނަވަރުގެ ތެރެއިން އެއް މަނަވަރުގެ ބަދަލުގައި "ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިއު. ބުޝް" ހަރަކާތްތެރިވާން ފަށާނެ ކަމަށް ބެލެވެއެވެ.

"ޔޫއެސްއެސް އަބްރަހަމް ލިންކަން" އާއި "ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް" އެ މަނަވަރުތަކުގެ ސްޓްރައިކް ގްރޫޕްތަކާއެކު ކަނޑުމަތީގައި ހަރަކާތްތެރިވާތާ މިހާރު މަސްތަކެއް ވެފައިވާއިރު، ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އިތުރު އެތައް ހާސް މެރިން ފައުޖުތަކާއި ފަޅުވެރިން އެ ސަރަހައްދަށް ފޮނުވާފައެވެ.

އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަކުރަމުންދާ މިންވަރު ހާމަކޮށްދޭ ގޮތުން، އެންމެ ފަހުން ފޮނުވި އެހީތެރި ފައުޖުތަކުގެ ތެރޭގައި އެމްފިބިއަސް އެސޯލްޓް ޝިޕްތަކާއި އިތުރު ފައިޓާ ޖެޓްތައް ހިމެނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުގެ ނިއުކްލިއާ މުއްސަނދިކުރުމުގެ މަޝްރޫއާއި، މިސައިލް ޕްރޮގްރާމް އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަމާ ގުޅޭގޮތުން އެއްބަސްވުމަކަށް ނައިސްފިނަމަ، އީރާނަށް ދޭ ހަމަލާތައް ވަރުގަދަކޮށްފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މަސްދަރު: އަލްއަރަބިއްޔާ

އީރާންމެދު އިރުމަތިއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

އައިއާރުޖީސީން ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

01 އެޕްރީލު 2026
އައިއާރުޖީސީން ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
29 މާރިޗު 2026

ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި، ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް!

29 މާރިޗު 2026
ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި، ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް!
29 މާރިޗު 2026

ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާ ގޮއްވާލަން އުޅެފި

29 މާރިޗު 2026
ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާ ގޮއްވާލަން އުޅެފި
29 މާރިޗު 2026

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

29 މާރިޗު 2026
ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ
29 މާރިޗު 2026

ދުބާއީ ގައި ޔޫކްރެއިންގެ ޑްރޯން ހަމަލާތަކުން ދިފާއުވާ ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުން ބުނެފި

29 މާރިޗު 2026
ދުބާއީ ގައި ޔޫކްރެއިންގެ ޑްރޯން ހަމަލާތަކުން ދިފާއުވާ ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުން ބުނެފި
29 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު

29 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު
29 މާރިޗު 2026

އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

29 މާރިޗު 2026
އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
29 މާރިޗު 2026

އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ

29 މާރިޗު 2026
އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ
26 މާރިޗު 2026

އީރާނުގެ ރަށެއް ހިފުމަށް ދުޝްމަނުންނަށް އެހީތެރިވެއްޖެ ކޮންމެ ގައުމަކަށް އެއްވެސް ބެލުމެއް، މެދުކެނޑުމެއް ނެތި ހަމަލާ ދޭނަން: އީރާން

26 މާރިޗު 2026
އީރާނުގެ ރަށެއް ހިފުމަށް ދުޝްމަނުންނަށް އެހީތެރިވެއްޖެ ކޮންމެ ގައުމަކަށް އެއްވެސް ބެލުމެއް، މެދުކެނޑުމެއް ނެތި ހަމަލާ ދޭނަން: އީރާން
26 މާރިޗު 2026

އީރާން ހަނގުރާމަ ވެގެން މިދަނީ އެމެރިކާ އަށް ފެއިލްވެވެން ނެތް އުނދަގޫ އިމްތިހާނަކަށެވެ!

26 މާރިޗު 2026
އީރާން ހަނގުރާމަ ވެގެން މިދަނީ އެމެރިކާ އަށް ފެއިލްވެވެން ނެތް އުނދަގޫ އިމްތިހާނަކަށެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް