Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަބްދުﷲ ނާޒިމް އިބްރާހިމް

ވަޒީރު ތިޔަ ވިދާޅުވަނީ ސިއްހީ ނިޒާމް ބަލިކަށިވީ ސީދާ ރައީސް އޮފީހާއި ގުޅުން ނެތިގެން ކަމަށްތޯ؟

ރަށްރަށުގެ ސިއްހީ މަރުކަޒުތައް ހިންގުން ސީދާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، މައި ސަރުކާރާ ގުޅުވާލުމުން ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި. ނަމަވެސް، ހަމައެކަނި ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ ބަދަލުގައި، ބޭހާއި ވަސީލަތްތައް ހޯދުމާއި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ފަދަ އަސާސީ މައްސަލަތަކަށް އަމަލީ ހައްލެއް ލިބިގެން ނޫނީ ރައްޔިތުންނަށް މި ބަދަލުގެ ފައިދާއެއް ނުކުރާނެ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 13:25
މިނިސްޓަރ ނާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

މިނިސްޓަރ ނާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ސިއްހީ ދާއިރާގެ އިހުމާލުގެ ވާހަކަ އަކީ އިއްޔެ އަކު މިއަދަކު ދެކެވޭ ވާހަކަ އެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް ސިއްހީ އިހުމާލުތަކުގެ ވާހަކަ މި ވަނީ ވަރަށް ގަދަ ވެފަ އެވެ. ތުއްތު ކުއްޖަކު ރަނގަޅު ފަރުވާ ނުލިބި ނިޔާވި ޚަބަރާއި، މާބަނޑު އަންހެނަކު ހާލު ބަލިވެ މާލެ ގެންނަން ޖެހުނު ވަގުތު އެކަން ނުވުމާއި، ޑޮކްޓަރަކު ނެތިގެން ފަރުވާ ނުދެވުމުގެ ކޭސްތައް ފެންމަތިވެފައި އެބަ ހުއްޓެވެ. އެ ހުރިހާ ކަމަކާއި އާއްމުން އައީ އެކަމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ ސުވާލުކުރަމުންނެވެ. 

ކަން މިހެން އޮތް އިރު ސަރުކާރުން ސިއްހީ ޚިދުމަތްދޭ ތަންތަން ސީދާ މައި ސަރުކާރާއި ގުޅުވާލައި ސަރުކާރުގެ ބެލުމުގެ ދަށަށް އެތަންތަން ގެނެސްފަ އެވެ. މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް ވިދާޅުވަނީ ދެން ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ ކަމަށެވެ. ވަޒީރު ވިދާޅުވާ ގޮތުން ނަމަ ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަނާއި ސިއްހީ ވުޒާރާ އާއި އޮންނަ ގުޅުން ކުރިން ކުޑަ ވުމަކީ ގިނަ މައްސަލަތަކުގެ ފެށުމެވެ. 

އެހެންކަމުން ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ހިންގުން ސީދާ ސިއްހީ ވުޒާރާގެ ދަށަށް މިހާރު ބަދަލުކުރުމާއި އެކު އެކަމަށް ހައްލު ލިބުނީ ކަމަށް ވަޒީރު ވިދާޅުވެ އެވެ. އަދި ހަމަ އެހެންމެ އިދާރީ އޮނިގަނޑަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. 

ގެނައި ބަދަލުގެ ފުރިހަމަ ކަމުގެ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވި ރަށްރަށުގެ ހެލްތު ފެސިލިޓީތައް ހަމައެކަނި ސިއްޙީ ވުޒާރާ މެދުވެރިވުމުގެ ބަދަލުގައި ސީދާ މައި ސަރުކާރުގެ އޮފީހާ ގުޅިގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ޤާއިމުކުރެވިފައިވާ ކަމަށެވެ. ގޮތަކަށް ބުނާ ނަމަ މިއީ މައިކްރޯ މެނޭޖް ކުރުމެވެ. ހިންގުމުގެ އެންމެ ތިރީ ފަށަލަ އަށް ވެސް ވެރި މީހާ އަށް އަތް ބޭނޭނޭނެ މަގު ފަހިކޯށްދިނީ އެވެ. 

އެކަމަކު ވަޒީރު ގަބޫލުކުރައްވާ ގޮތުން މިއީ ސިއްހީ ނިޒާމްގައި ހުރި އުނިކަންކަމުގެ ހައްލެވެ. ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުން ހޯދުން ދެން ފަސޭހަ ވާނެ ކަމަށެވެ. އެމްބިއުލާންސާއި ސީއެމްބިއުލާންސާއި ބަލި މީހުން އުފުލުހުން ދެން ފަސޭހަ ވާނެ ކަމަށެވެ.

ބަޖެޓު ހޯދުމަށް ވެސް ދެން ފަސޭހަ ވާނެ ކަމަށް ވިދާޅުވި އެވެ. ވަޒީރު އެ ވިދާޅުވާ ގޮތުން ނަމަ މައި ސަރުކާރުގައި ޑެސްކެއް ނެތި އެއްވެސް ކަމެއް ސްމޫތްކޮށް އޮމާންކަމާއި އެކު ހިނގާ ކަމަށް ނުވަނީތާ އެވެ.  ސިއްހީ ނިޒާމް ބަލިކަށިވީ ސީދާ ރައީސް އޮފީހާއި ގުޅުން ނެތިގެން ކަމަށް މި ވެރިން ބުނާ ކަހަލަ އެވެ.

ސިއްހީ ނިޒާމް މަރުކަޒުކޮށް ބާރުވެރިކަން މައި ސަރުކާރުގެ މައި އޮފީހާއި، ރައީސް އޮފީހާއި ގުޅުމަކީ ރައްޔިތު މީހާ އަށް ލިބޭ ޚިދުމަތް އެންމެ ރަނގަޅަށް ލިބޭ ގޮތް ކަމަށް ވާނަމަ އަތޮޅު ތެރޭގެ ސިއްހީ ނިޒާމް މިއަދު ވެސް އަޅުދާސް ވެފައި ވަނީ މާލޭގައި ހުންނަ މީހަކު އަންގާ އެންގުމަކަށެވެ. ތަމްރީންތަކާއި އެހެނިހެން ކަންކަމަށް، ވިލަސްރެސް ކުރުމުގެ ހުއްދައަކަށް ވެސް އެދެންވީ މައި ސަރުކާރުގެ އޮފީހެއްގަ އެވެ. ވެރިޔާ ވިދާޅުވިއްޔާ ވިދާޅުވި ގޮތަކަށް، އެންގެވި ގޮތަކަށް ކަންކަން ހިންގަންވީ އެވެ.

އަތޮޅުތެރޭގެ ސިއްހީ ނިޒާމް އަދި މައި ސަރުކާރަކާއި ގުޅުވުމަކުން ޖާދުވީ ގޮތަކަށް މައްސަލަތަކަށް ހައްލެއް ނުލިބޭނެ އެވެ. އާއްމު މީހާ ދައްކަނީ ބޭސް ނުލިބޭ ވާހަކަ އެވެ. ދާއިމީ ބަލިބައްޔަށް ފަރުވާ ކުރާ މީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ވެސް އަތޮޅު ތެރެއިން ނުލިބޭ ވާހަކަ އެވެ. ސީޓީ ސްކޭނާއި އެކްސްރޭ ނުހެދި ފުނިޖެހޭ ވާހަކަ އެވެ. ޑޮކްޓަރުންނާއި ނަރުހުން މަދު ވާހަކަ އެވެ. ނުކަތާ ވަރަށް ބަލި މީހުން އޮތް އިރު ފަރުވާގެ ނިޒާމް ދޯހަޅި ވާހަކަ އާއި ފަރުވާ ކުޑަ ވާހަކަ އެވެ. މިކަންކަން ރަނގަޅު ނުވާ ނަމަ އަދި ރައީސް އޮފީހާއި ވިއުގައަކުން ގުޅާލުމަކުން ސިއްހީ ނިޒާމަށް ކުރާނެ ރާހަތެއް އާއްމު މީހާ އަށް ލިބޭނެ ލުޔެއް ހަރާމެވެ. 

އަބްދުﷲ ނާޒިމް އިބްރާހިމްޔޫތު މިނިސްޓްރީރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޞިއްޙީ ޚިދުމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަން ހިންގުން ސީދާ ސިއްހީ ވުޒާރާގެ ދަށަށް !

ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަން ހިންގުން ސީދާ ސިއްހީ ވުޒާރާގެ ދަށަށް !

10 އެޕްރީލު 2026
ސްޕޯޓްސް މިނިސްޓްރީގައި 250، އެނިމަލް މިނިސްޓްރީގައި 50ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިބި!

ސްޕޯޓްސް މިނިސްޓްރީގައި 250، އެނިމަލް މިނިސްޓްރީގައި 50ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިބި!

08 އެޕްރީލު 2026
ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި ކަރެކްޝަނުގެ މުއައްޒަފުންގެ މުސާރަ އަދި ވެސް ބޮޑެއް ނުވޭ، ޖަވާބުދާރީ ވާނެ މީހެއް ވެސް ނެތް!

ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި ކަރެކްޝަނުގެ މުއައްޒަފުންގެ މުސާރަ އަދި ވެސް ބޮޑެއް ނުވޭ، ޖަވާބުދާރީ ވާނެ މީހެއް ވެސް ނެތް!

10 މާރިޗު 2026
ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ

ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ

06 މާރިޗު 2026
 ރާއްޖޭގައި ޝީޝާ މަނާކުރަނީ

ރާއްޖޭގައި ޝީޝާ މަނާކުރަނީ

05 މާރިޗު 2026

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު