Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުހައްމަދު މުއިއްޒު

މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކާމެދު ރައްޔިތުންގެ ނުރުހުން އޮތްކަން މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާއިން ހާމަވާ ކަމަށް. މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ރައީސާއެކު ސާބިތުކަމާއެކު ތިއްބެވި ކަމަށް ފެނުނު ނަމަވެސް، ހަގީގަތުގައި އެ ބޭފުޅުން ތިއްބެވީ މަޖުބޫރީ ހާލަތެއްގައި ކަމަށް އޭނާ ފާހަގަކުރެއްވި. އަދި އިންތިޚާބަށްފަހު ސަރުކާރުގެ މަގާމުތަކުން މީހުން ވަކިކުރަމުންދާ ދިއުމަކީ ސަރުކާރުގެ އެތެރޭގައި އޮތް ބައިބައިވުން ހާމަވާ ކަމެއް ކަމަށްވެސް މެންބަރު ޒިޔާދު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 އެޕްރީލު 2026 | ބުދަ 08:09
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

މިސަރުކާރުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން  ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޒިޔާދު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނަވައި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދަވައި، މެންބަރުންގެ ފުލް ކޮންޓްރޯލް ނެންގެވި ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ މަންޒަރު ބަލާ މީހުންނަށް ޕީއެންސީގެ މެންބަރުން ތިއްބަވަނީ ރައީސް މުއިއްޒުއާއެކު ވަރަށް ގަދަކޮށް ކަމަށް ފެނުނު ކަމަކު އެއީ ހަގީގަތް ނޫންކަން މަޖިލީހުގެ ކުޑަ ދޮށުގައި ދައްކަވާ ވާހަކަތަކުން އެނގޭ ކަމަށެވެ. އަދި އެކަންކަން ހާމަކުރި ނަމަވެސް ބައެއް ރައްޔިތުންނަށް އެކަން ގަބޫލުނުކުރެވޭ ކަމަށާއި، ހުދު ރައީސް މުއިއްޒު ވެސް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ތިން އިންތިޚާބުގެ ނަތީޖާއިން އެކަން ހާމަވެފައިވާ ކަަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ މަޖިލިސް މެންބަރުން މެދުވެރި ކޮށްގެން ގާނޫނު އަސާސީއަށް ގެންނަމުންދާ ބަދަލުތަކަށް ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމަށާއި، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ. 

އެއީ އެ މެންބަރުން ވެސް ގަބޫލެއް ނުކުރޭ އެމީހުން ތިބެންޖެހޭނީ އެ ހާލަތުގެ ކަމަކަށް. އެހެންނަމަވެސް، ދެން އެ ގާނޫނު އިސްލާހު ކުރުމަށްފަހު އެތިބީ ފިތިފަތާ. ދެން އެ ފިތުމުގެ ތެރޭގައި ތިބީ. ތިބީމަ ރައީސުލްޖުމްހޫރިއްޔާ ވެސް މި ފެންނަނީ ޕާލަމެންޓު ވަރަށް ވަރުގަދައޭ. ޕާލަމެންޓު އޮތީ މިގޮތަށޭ. އެހެންވީމާ، ދާއިރާތައް ވެސް އޮންނާނީ އެހެންނޭ. އެހެން ހިތާ ގާނޫނަށާއި ގާނޫނުއަސާސީ އަށް ގެނައި ބޮޑެތި ބަދަލުތައް. ދެން އެހެން ގެނައި ބަދަލަކުން އެއް ބަދަލު މިއިންނަނީ ރައްޔިތުންނާ ހަމައަށް އަންނަން. ރައްޔިތުންނަށް ބަހެއް ބުނެލަން ލިބުނު ހަމައެކަނި ފުރުސަތުގައި ރައްޔިތުން ބަސް އެ ބުނީ. އޭގެ ކުރީގައި ރައްޔިތުންނަކަށް ނުލިބޭ. ރައްޔިތުން ހޮވާފައި ތިބި މެންބަރުން ފުރަތަމަ ހަމަ އަޅުވެތިކުރި. ކޮށްފައި އެ މީހުން އަޅުވެތިކަމުގައި ތިބެގެން ދައްކާ ވާހަކަތާ މިއަދާ ހަމައަށް އިވުނީ. އެ މީހުންނާ ނުލާ ކަމެއް ނިންމަން ސަރުކާރަށް ލިބުނު އެންމެ ފުރުސަތެއް. ރައްޔިތުންގެ މަޖިލީހުގައި ތިބި މެންބަރުންނާ ނުލާ ނިންމަން ލިބުނު އެންމެ ފުރުސަތެއް. އެ ފުރުސަތުގައި ރައްޔިތުން އެ ނިންމީ
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު 

މެންބަރު ޒިޔާދު ވިދާޅުވީ އިންތިޚާބަށްފަހު މިހާރު ސަރުކާރަށް އަންނަ ބަދަލުތަކާ އެކު ވެސް ވަރަށް  ބޮޑު މަންޒަރެއް ފެނިގެންދާ ކަމަށެވެ. 

އެގޮތުން ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫންކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މެންބަރު ޒިޔާދު މިމޭރުމުން ވާހަކަ ދެއްކެވިއިރު، އިންތިޚާބަށްފަހު ސަރުކާރު ބައެއް ކުންފުނިތަކުގެ ސީއީއޯއިންނާއި، އެކި މަގާމުތަކުގައި ތިއްބެވި ވެރިން ދަނީ މަގާމުތަކުން ދުރުކުރަމުންނެވެ. 

ޕީއެންސީލާމަރުކަޒުކުރުންވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

07 އެޕްރީލު 2026
ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

07 އެޕްރީލު 2026
ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

07 އެޕްރީލު 2026
މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

07 އެޕްރީލު 2026
އަސްމާގެ އޯޑިއޯގެ މައްސަލަ އެއް ފެންމަތިވެފައި ވަނިކޮށް މުންދު އަދި ސަލްމާ މަޤާމުން ވަކިކޮށްފި

އަސްމާގެ އޯޑިއޯގެ މައްސަލަ އެއް ފެންމަތިވެފައި ވަނިކޮށް މުންދު އަދި ސަލްމާ މަޤާމުން ވަކިކޮށްފި

06 އެޕްރީލު 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު