Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަސުރުޚީ

ރައްޔިތުން ނިކަމެތިކޮށް ވިޔަފާރިވެރިން ހަލާލުކޮށްގެން މުއިއްޒުއަށް ދެވަނަ ދައުރެއް ހާސިލެއް ނުކުރެވޭނެ: ސައުދުﷲ

ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ، ކުދި ވިޔަފާރިތައް ނެތިދާ ފަދަ ސިޔާސަތުތަކެއް ސަރުކާރުން ގެންގުޅޭތީ ޓްރޭޑް އެސޯސިއޭޝަންގެ ޗެއަރޕާސަން ސައުދުﷲ އަހުމަދު ކަންބޮޑުވުން ފާޅުކުރައްވާފައިވޭ. ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފެއިލްވެ، ތަކެތީގެ އަގު އުފުލެމުންދާތީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ޤައުމުގެ މުސްތަޤުބަލަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދައުލަތުގެ ކުންފުނިތަކުން އާދައިގެ ވިޔަފާރިތަކުގެ ތެރެއަށް އަތްބާނައި، މަދު ބަޔަކަށް މަންފާވާ ގޮތަށް ކަންކަން ކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 14 އެޕްރީލު 2026 | އަންގާރަ 13:33
ޓްރޭޑް އެސޯސިއޭޝަންގެ ޗެއަރޕާސަން ސައުދުﷲ އަހުމަދު.

ޓްރޭޑް އެސޯސިއޭޝަންގެ ޗެއަރޕާސަން ސައުދުﷲ އަހުމަދު. | ރާއްޖެ އެމްވީ

ރައްޔިތުން ނިކަމެތިކޮށް، ވިޔަފާރިވެރިންގެ މަސައްކަތްތައް ހަލާކުކޮށްލައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ޓްރޭޑް އެސޯސިއޭޝަންގެ ޗެއަރޕާސަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައުދުﷲ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް މަސައްކަތްޕުޅު ކުރައްވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ސައުދުﷲ ވިދާޅުވީ، ރައީސް މުއިއްޒު ހުވާކުރެއްވި ހިސާބުން ފެށިގެން ފެންނަނީ ރައްޔިތުން ނިކަމެތިކޮށްގެން ދެވަނަ ދައުރެއް ކަށަވަރުކުރުމުގެ މަގްސަދުގައި މަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ. ނަމަވެސް މި ޒަމާނުގައި ރައްޔިތުން އަޅުދާސްކޮށްގެން އެފަދަ ކަމެއް ހާސިލު ނުކުރެވޭނެކަން ދާދިފަހުން ބޭއްވި އިންތިޚާބުގެ ނަތީޖާއިން ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ރާއްޖޭގެ ނާޒުކު އިގްތިސާދުގެ ތެރެއަށް އަތްބާނައިގެން ކުދި ވިޔަފާރިތައް ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ގަބޫލުކުރައްވަންޖެހޭ ޙަޤީޤަތަކީ، ރައްޔިތުން ނިކަމެތިކޮށް ވިޔަފާރިވެރިން ހަލާކުކޮށްގެން، ރައްޔިތުން އަޅުދާސްކޮށްގެން، މި ޒަމާނަކު، މި ގަރުނުގެ ތެރޭގައި ނުވަތަ ދެން ކުރިއަށް އޮތް ތާނގައި ވެސް އެކަމެއް ހާސިލެއް ނުކުރެވޭނެ އިނގޭތޯ. މި ފަހަރު އިންތިޚާބުން އެ އޮތީ ވަރަށް ސާފުކޮށް އެނގިލައްވާފައި. ވިސްނާ ބައްލަވާ! ރާއްޖޭގެ އިޤްތިޞާދު، ނާޒުގެ އިޤްތިޞާދެއް އޮންނައިރު އެ މަނިކުފާނުގެ އިޤްތިޞާދުގެ ތެރެއިން އަތްބާނާލައިގެން އިނގޭތޯ، ކުދި ވިޔަފާރިތައް ނައްތާލުމަށްޓަކައި ކުރަމުން އައި މަސައްކަތްތަކަށް ނިކަން ވިސްނާ ބައްލަވާ! އެމް.އޭސީ.އެލް ކަހަލަ ތަންތަން އެއީ ރާއްޖޭގެ އިޤްތިޞާދީ ހަމަ ވަރަށް ބޮޑު ހިއްސާއެއް އަދާކުރާ އެއް ކުންފުނި އިނގޭތޯ. އެ ކުންފުނީގެ ތެރެއިން އަތްބައިނުއްވައިގެން މި ކުރެއްވި ކަމަކީ، ކުދި ވިޔަފާރިތަކަށް ކުރަމުން އަންނަ ވިޔަފާރިތަކުގެ ތެރެއިން އެ ކުންފުނި ވެސް ވައްދާލީ އިނގޭތޯ. ހަމައެއާއެކީގައި އެމްޑަބްލިއުއެސްސީ އަކީ މީހުންނަކީ ވެސް ވަރަށް ގިނަ ސަބް ކޮންޓެކްޓް ދޭ ތަނެއް، އާދައިގެ ކުދި، ތިން މީހުން، ހަތަރު މީހުން ގެންގުޅޭ ކުދި، މަސައްކަތް ކުރައްވާ ބޭފުޅުންނަށް އިނގޭތޯ. އެގޮތަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެ ބޭފުޅުން ހަމަ ސީދާ ރަސްމީކޮށް މުވައްޒަފުން ނަންގަވައިގެން އެ މަސައްކަތްތެރެއަށްވެސް އެ ބޭފުޅުން ވެސް ވެންނެވީ. 
ޓްރޭޑް އެސޯސިއޭޝަންގެ ޗެއަރޕާސަން ސައުދުﷲ އަހުމަދު

ޚާރިޖީ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ސައުދުﷲ ވިދާޅުވީ، ރާއްޖެއަކީ ބައިނަލްއަގުވާމީ އެހީތެރިކަމަށް ބަރާސާވާ ގައުމަކަށް ވާއިރު، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފެއިލްވެ، އެހީތެރިވާނެ ގައުމެއް މިހާރު ނުފެންނަ ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރު ބަދަލުކުރެއްވި ނަމަވެސް، ގައުމުގެ އިގްތިސާދީ ހާލަތު ރައްޔިތުންނަށް ކިޔައިދޭން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ އަތްމަތި ދަތިވެ، ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާތީ، ރައްޔިތުން މިހާރު ވަނީ ރައީސް މުއިއްޒަށް "ނޫނެކޭ" ބުނެފައިވާ ކަމަށް ސައުދުﷲ ފާހަގަކުރެއްވި އެވެ.

ފިނޭންސް މިނިސްޓަރަށް މިއަދާ ހަމައަށް ވެސް، މިއަދާ ހަމަޔަށް ވެސް މިވަރުގެ ކްރައިސިސްއެއް ދުނިޔޭގައި ހިނގަމުންދާއިރު، އެ މަނިކުފާނަށް ނޭނގޭ މި ޤައުމުގެ އިޤްތިޞާދު އޮތް ހާލަތެއް ކިޔާދޭން ރައްޔިތުންނަށް. އެކަމަކު ރައްޔިތުންނަށް އެބައިނގޭ ރައްޔިތުންނަށް ދިމާ ކަންތައްތައް. ރައްޔިތުންގެ އަތްމަތި ދަތިވަމުންދާ ވަރާއި، ކާބޯތަކެތީގެ އަގުބޮޑުވަމުންދާ ވަރާއި، ރާއްޖޭގެ ރައްޔިތުން އުޅެމުންދާ ހާލު އެ ރައްޔިތުންނަށް އިހުސާސްކުރެވޭތީ އެ މަނިކުފާނަށް މި އިންތިޚާބުގައި ރައްޔިތުން އެ ބުނީ ނޫނެކޭ. މިހާރު އެ މަނިކުފާނުގެ އިޚްލާޞްތެރިކަން މި ހުރެއްޖެއްޔާ އެންމެ ބޮޑަށް ކުރައްވަންޖެހޭ ވަޑައިގެންނަކަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ވެރިކަމުން އެ މަނިކުފާނު އިސްތިޢުފާދިނުން. އެއީ މި ޤައުމުގެ މުސްތަޤުބަލަށްޓަކައި މި ޤައުމުގެ އެތައް ރައްޔިތުންގެ ޙައްޤަށްޓަކައި މި ޤައުމުގެ ސްކޫލުތަކުގައި ކިޔަވާ ކުދީންގެ މުސްތަޤުބަދު އުޖާލާކުރުމަށްޓަކައި ވެސް އެ މަނިކުފާނު ކުރައްވަންޖެހޭ ވަޑައިގެންނެއް ކަމަކީ އެ މަނިކުފާނަށް ވަރަށް ސާފުކޮށް އެ އޮތީ ބުނެފައި، ނޯ އޭ ރައްޔިތުން. ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ތިމަންނަމެން ދެން މުޢިއްޒު ބޭނުމެއް ނޫނޭ މުޢިއްޒު ވެރިކަމުން ފައިބާ ވަޑައިގަންނަވާށޭ. އެ އޮތީ ނަތީޖާ ވަރަށް ސާފުކޮށް އެނގެން. އެ ނަތީޖާ އެގޮތަށް ލިބުނު އެންމެ ބޮޑު އެއް ސަބަބަކީ، ރާއްޖޭގެ ރައްޔިތުން އިޤްތިޞާދީ، ފުދުންތެރިކަން، ނައްތާލުމަށް ޓަކައި ކުރަމުން އައި މަސައްކަތް.
ޓްރޭޑް އެސޯސިއޭޝަންގެ ޗެއަރޕާސަން ސައުދުﷲ އަހުމަދު

ސައުދުﷲ އިތުރަށް ވިދާޅުވީ، ގައުމުގެ މުސްތަގުބަލަށްޓަކައި ރައީސް މުއިއްޒު މިހާރުން މިހާރަށް އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ. ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން އެމަނިކުފާނު ބޭނުން ނޫންކަން ހާމަކޮށްފައިވާ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ ރެޑްވޭވް ސަލީމް ފަދަ މަދު ވިޔަފާރިވެރިންތަކެއް ކުރިއެރުވުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ދުނިޔޭގެ މަސްރަހުގައި ހިނގާ ހަނގުރާމަތަކުގެ އަސަރު ރާއްޖެއަށް ކުރާއިރު، އެކަމުން ރައްޔިތުން ސަލާމަތްކުރުމަށް ދައުލަތުގެ މުއައްސަސާތަކުން އެއްވެސް މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށާއި، ކުރިއަށް އޮތީ ވަރަށް ބަނަ ދުވަސްތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުސައުދުﷲ އަހުމަދުޓްރޭޑް އެސޯޝިއޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

14 އެޕްރީލު 2026
އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު

އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު

14 އެޕްރީލު 2026
މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ

މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ

14 އެޕްރީލު 2026
"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

14 އެޕްރީލު 2026
މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

13 އެޕްރީލު 2026

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު