Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ކޮންމެ ފަދަ ފިއްތުމެއް ކުރިމަތިވި ނަމަވެސް، އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ: ބޮޑުވަޒީރު

އީރާނުގެ ބަނދަރުތަކަށް ވަދެނިކުންނަ އުޅަނދުތައް ހުއްޓުވުމަށް އެމެރިކާއިން ނިންމާފައިވީ ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް އިނގިރޭސިވިލާތުން ތާއީދުނުކުރާނެ ކަމަށް ބޮޑުވަޒީރު ކިއަރ ސްޓާމާ ވިދާޅުވެއްޖެ. އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް ބަންދު ކުރަން ފަށާފައިވާއިރު، އީރާނަށް ފީދައްކާ އުޅަނދުތައް ހުއްޓުވާނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް ވަނީ ދެއްވާފަ. ނަމަވެސް އިނގިރޭސިވިލާތުގެ އަމާޒަކީ އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރު ހުޅުވާލާފައި ބޭއްވުން ކަމަށް ސްޓާމާ ފާހަގަކުރެއްވި.

ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 09:47
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ރިޔާސީ ދައުރުގައި އިނގިރޭސިވިލާތަށް ކުރައްވާ ދެވަނަ ފުރަމާނަ ދަތުރުފުޅުގެ އެންމެ ފަހު ދުވަހު، 2025 ސެޕްޓެމްބަރު 18 ވާ ބުރާސްފަތި ދުވަހު، އޭލްސްބަރީގައި ހުންނަ ޗެކާސްގައި އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރއާ އެކު ރަސްމީ ބައްދަލުވުމެއް ބާއްވަވަނީ. މިއީ 2019 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު، އިނގިރޭސިވިލާތަށް ކުރެއްވި މިފަދަ ދެވަނަ ދަތުރުފުޅު.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ރިޔާސީ ދައުރުގައި އިނގިރޭސިވިލާތަށް ކުރައްވާ ދެވަނަ ފުރަމާނަ ދަތުރުފުޅުގެ އެންމެ ފަހު ދުވަހު، 2025 ސެޕްޓެމްބަރު 18 ވާ ބުރާސްފަތި ދުވަހު، އޭލްސްބަރީގައި ހުންނަ ޗެކާސްގައި އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރއާ އެކު ރަސްމީ ބައްދަލުވުމެއް ބާއްވަވަނީ. މިއީ 2019 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު، އިނގިރޭސިވިލާތަށް ކުރެއްވި މިފަދަ ދެވަނަ ދަތުރުފުޅު. | ގެޓީ އިމޭޖަސް

ކޮންމެ ފަދަ ފިއްތުމެއް ކުރިމަތިވި ނަމަވެސް، އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގައި ވެސް އެ ގައުމުން ބައިވެރިނުވާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމާ ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

ބީބީސީ ރޭޑިއޯ 5 ލައިވްއަށް ދެއްވި އިންޓަވިއުއެއްގައި ސްޓާމާ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ކުރާ މަސައްކަތަށް އިނގިރޭސިވިލާތުން ތާއީދު ނުކުރާ ކަމަށާއި، އެ ކަނޑުއޮޅި އަލުން ހުޅުވާލުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެ ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް އަމާޒުކުރީ އެކަމަށް، އަދި ކުރިއަށް އޮތް ތަނުގައިވެސް އެ މަސައްކަތް ކުރިއަށްދާނެ،" ސްޓާމާ ވިދާޅުވިއެވެ.

އެ ސަރަހައްދުގައި އިނގިރޭސިވިލާތުގެ މައިންސްވީޕަރުން (ބޮން ނައްތާލާ އުޅަނދުތައް) ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވައި ބޮޑުވަޒީރު ވިދާޅުވީ، އަސްކަރީ އޮޕަރޭޝަންތަކުގެ ތަފްސީލު ހާމަނުކުރެއްވި ނަމަވެސް، އިނގިރޭސި އަސްކަރީ ގާބިލުކަން މިވަގުތު އަމާޒުކޮށްފައިވަނީ ހޮރްމޫޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލުމަށް ކަމަށެވެ.

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ހަފުތާ ބަންދުގައި ކުރި މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން، އީރާނުގެ ބަނދަރުތަކަށާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް ވަދެ ނިކުންނަ ހުރިހާ ކަނޑު ދަތުރުފަތުރެއް ހޯމަ ދުވަހުން ފެށިގެން ހުއްޓުވާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، ހޯމަ ދުވަހުގެ ހެނދުނު އިރުމަތީ ގަޑިން 10:00 (ޖީއެމްޓީން 14:00) އިން ފެށިގެން އެމެރިކާއިން ހިންގާ މި ބްލޮކޭޑް ނުވަތަ މަގު ބަންދުކުރުމުގެ ހަރަކާތްތައް، އީރާނުގެ ބަނދަރުތަކަށާއި އައްސޭރިފަށަށް ވަދެ ނިކުންނަ ހުރިހާ ގައުމެއްގެ އުޅަނދުތަކަށް ހަމަހަމަކަމާއެކު ތަންފީޒުކުރާނެއެވެ. މީގެ ތެރޭގައި އަރަބި ކަނޑުއޮޅި އާއި އޮމާން ކަނޑުއޮޅީގައިވާ އީރާނުގެ ހުރިހާ ބަނދަރުތަކެއް ހިމެނެއެވެ.

ނަމަވެސް، އީރާނުގެ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދަތުރުކުރުމަށް ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް އާދިއްތަ ދުވަހު ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ދަތުރުކުރާއިރު އީރާނަށް ފީ ދައްކާ ކޮންމެ އުޅަނދެއް އެމެރިކާގެ ސިފައިން ހުއްޓުވާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނަށް ޣައިރު ގާނޫނީ ފީއެއް ދައްކާ އެއްވެސް ފަރާތަކަށް ބައިނަލްއަގުވާމީ ކަނޑުތަކުގައި ރައްކާތެރިކަމާއެކު ދަތުރު ނުކުރެވޭނެ ކަމަށެވެ. އަދި އެމެރިކާގެ ސިފައިންނަށް ނުވަތަ ސުލްހަވެރިކަމާއެކު ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭ ކޮންމެ އީރާނު މީހަކު "ނަރަކައަށް ފޮނުވާލާނެ" ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ކިއަރ ސްޓާމާއެމެރިކާ-އީރާންހޮރްމޫޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

13 އެޕްރީލު 2026

އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި

13 އެޕްރީލު 2026
އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި
13 އެޕްރީލު 2026

ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

13 އެޕްރީލު 2026
ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
12 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ޓްރަމްޕް އަންގަވައިފި

12 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ޓްރަމްޕް އަންގަވައިފި
12 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ތަޅުދަނޑި އޮތީ އީރާނުގެ އަތުގައި: ވަލަޔާތީ

12 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ތަޅުދަނޑި އޮތީ އީރާނުގެ އަތުގައި: ވަލަޔާތީ
10 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން ހުރަސް އަޅާތީ ޓްރަމްޕް ކޯފާ ވެއްޖެ

10 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން ހުރަސް އަޅާތީ ޓްރަމްޕް ކޯފާ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު