Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީ ލައިން

މާލޭ ޓެކްސީ ލައިނުގެ ޚިދުމަތް ގަވާއިދާ ހިލާފަށް ދެމުން އަންނަ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ގޮވާލައިފި

އެމްޓީސީސީން މާލޭގައި ޓެކްސީގެ ޚިދުމަތް ދޭން ފެށުމަކީ އަމިއްލަ ޑްރައިވަރުންގެ އާމްދަނީއަށް ގެއްލުންވެ، ވިޔަފާރީގެ ވާދަވެރިކަމުގެ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި. ސަރުކާރުގެ ކުންފުންޏަކުން ގަވާއިދާ ޚިލާފަށް މި ޚިދުމަތް ދެމުންދާ ކަމަށް ތުހުމަތުކޮށް، ހުރިހާ ފަރާތްތަކަކަށް ހަމަހަމަކަމާއެކު އުސޫލުތައް ތަންފީޒުކުރުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 12 އެޕްރީލު 2026 | އާދީއްތަ 08:26
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އިފްތިތާހުކުރަން ބޭއްވި ހަފްލާގެ ތެރެއިން.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އިފްތިތާހުކުރަން ބޭއްވި ހަފްލާގެ ތެރެއިން. | ރައީސް އޮފީސް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭ ޓެކްސީ ލައިނުގެ ޚިދުމަތް ގަވާއިދާ ހިލާފަށް ދެމުން އަންނަ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

ހޮނިހިރު ދުވަހު ޑްރައިވާސް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ އެމްޓީސީސީން މާލޭގައި ފެށި ޓެކްސީ ލައިން ޚިދުމަތާ ގުޅިގެން ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

Advertisement - newsAdvertisement

ޓެކްސީ ޑްރައިވަރުންނަކީ ޒަމާނުއްސުރެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ބައެއް ކަމާއި، މިއީ އެތައް ސަތޭކަ ދިވެހި އާއިލާއެއްގެ ދިރިއުޅުމާއި އާމްދަނީއާ ސީދާގޮތުން ގުޅިފައިވާ ދާއިރާއެއް ކަން ފާހަގަކޮށް ބަޔާނުގައި ބުނީ، ސަރުކާރުގެ ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ، އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލި، ރެގިއުލޭޓް ކުރުމުގެ ނިޒާމަށް ބުރޫއަރާނެ ކަމެއް ކަމަށެވެ. 

ޑްރައިވާސް އެސޯސިއޭޝަނުން ބުނީ އަމިއްލަ ޓެކްސީ ސެންޓަރު ތަކަށާއި، ޓެކްސީ އެޕްލިކޭޝަން ހިންގާ ފަރާތްތަކާއި، ޓެކްސީ ޑްރައިވަރުންނަށް، ހަރުކަށި އުސޫލުތަކަކުން ރެގިއުލޭޓްކޮށް، ގަވާއިދާ ހިލާފުވާ ހާލަތްތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، ސަރުކާރުން ހިންގާ ޓެކްސީގެ ޚިދުމަތް ދެމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. 

އެގޮތުން، ''ޓެކްސީ ގަވާއިދު''ގެ 7 ވަނަ މާއްދާގެ (ހ) އާއި، 11 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އާ ކަނޑައެޅިގެން ޚިލާފަށް މި ޚިދުމަތް ކުރިއަށްގެންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ގަވާއިދުތައް ތަންފީޒު ކުރުމުގައި ގެންގުޅޭ މިފަދަ ބޭއިންސާފު އަމަލުތަކުގެ ސަބަބުން، ރެގިއުލޭޓަރީ އޮނިގަނޑަށް އޮންނަ އިތުބާރު ގެއްލިގެންދާ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ. 

ބަޔާނުގައި ބުނީ، ދައުލަތުގެ ވަސީލަތްތަކުގެ އެހީގައި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މާކެޓަށް ސަރުކާރުން ވަނުމަކީ ''ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނު''ގެ އެތައް މާއްދާއަކާ ޚިލާފު ކަމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ސަރުކާރުގެ އަމިއްލަ އެޕްލިކޭޝަނެއް ތައްޔާރުވަންދެން މި ޚިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ، އިގްތިސާދީ ގޮތުން ދަތި، މި ދަނޑިވަޅުގައި އަމިއްލަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ލިބޭ ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް  ޑްރައިވާސް އެސޯސިއޭޝަނުން ބުނެ އެވެ. 

މީގެ އިތުރުން ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީއަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ސީދާގޮތުން ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުނެފައިވެ އެވެ. 

އެހެންކަމުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭހެން ކަމާބެހޭ ހުރިހާ އިދާރާތަކުން، އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ޓެކްސީ ތަކާމެދު ވެސް ހަމަހަމަ އުސޫލަކުން ގަވާއިދުތައް ތަންފީޒު ކުރުމަށް ވަނީ ގޮވާލާފަ އެވެ. 

އެމްޓީސީސީޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާމިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންޓެކްސީ ލައިން

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

އެމްޓީސީސީ ބަސް ތަކުގެ ބަސް ކާޑު މެޝިންތައް ހަލާކުވެ، ރައްޔިތުން ބޮޑު ތަކުލީފެއްގައި!

11 އެޕްރީލު 2026
އެމްޓީސީސީ ބަސް ތަކުގެ ބަސް ކާޑު މެޝިންތައް ހަލާކުވެ، ރައްޔިތުން ބޮޑު ތަކުލީފެއްގައި!
11 އެޕްރީލު 2026

އެމްޓީސީސީން ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑު ކޮށް، އެ މަޝްރޫއުތައް ހިންގުމަކީ އަމާޒެއް: ސައުދީ

11 އެޕްރީލު 2026
އެމްޓީސީސީން ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑު ކޮށް، އެ މަޝްރޫއުތައް ހިންގުމަކީ އަމާޒެއް: ސައުދީ
11 އެޕްރީލު 2026

ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އާ ގުޅޭ ހޮޓްލައިން ނަންބަރުން ފޯނު ނުނަގާ ކަމުގެ ކަންބޮޑުވުން!

11 އެޕްރީލު 2026
ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އާ ގުޅޭ ހޮޓްލައިން ނަންބަރުން ފޯނު ނުނަގާ ކަމުގެ ކަންބޮޑުވުން!
10 އެޕްރީލު 2026

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

10 އެޕްރީލު 2026
2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި
09 އެޕްރީލު 2026

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

09 އެޕްރީލު 2026
އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު