Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޝްވަތު ނުފޫޒު ތަޙުޤީޤު

ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި

31 މާރިޗު 2026 | އަންގާރަ 07:54

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަކި ރަށެއްގެ ކެންޑިޑޭޓުން ހޮވައިދީފިނަމަ ފައިސާގެ އިނާމު ދޭނެ ކަމަށް ބުނެ ރިޝްވަތު ހުށަހެޅި މައްސަލައެއް އޭސީސީ އާއި އީސީ އަށް ވަނީ ހުށަހަޅާފަ. ފެންނަ ނުފެންނަ ވޯޓަށް ސަރުކާރުން މިދަނީ ފާޅުގައި ނުފޫޒު ފޯރުވަމުން ކަމަށް އެ މައްސަލައިގައި ވަނީ ބުނެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 31 މާރިޗު 2026 | އަންގާރަ 07:54
އަހުމަދު ސަލީމް އޭސީސީ އަށް މައްސަލަ ހުށަހަޅުއްވަނީ، ހުށަހެޅުއްވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ދިމާކޮށް ރިޝްވަތު ހުށަހަޅާ މައްސަލަ އެއް.

އަހުމަދު ސަލީމް އޭސީސީ އަށް މައްސަލަ ހުށަހަޅުއްވަނީ، ހުށަހެޅުއްވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ދިމާކޮށް ރިޝްވަތު ހުށަހަޅާ މައްސަލަ އެއް. | ރާއްޖެ އެމްވީ

ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހީމް ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ  ބޭނުން ކުރި މައްސަލަ އިލެކްޝަންސް ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އަންގާރަ ދުވަހު އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު  އަޙުމަދު ސަލީމް އެވެ.

Advertisement - newsAdvertisement

ސަރުކާރުން ރިޝްވަތު ހުށަހަޅާ ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ. މިގޮތުން ޕީއެންސީގެ ޕާރލަމެންޓުރީ ގުރޫޕުގެ ލީޑަރ، އަދި މި އިންތިޚާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރ އިބްރާހީމް ފަލާޙް ވަނީ ކުރިޔަށް މި އޮތް ލޯކަލް ކައުންސިލް އިންތުޚާބުގައި ކުރިމަތިލާފަ ތިބި ވަކި ރަށެއްގެ 6 ކެންޑިޑޭޓަކު ހޮވައިދީފި ނަމަ އެޕްރިލް 5 ވަނަ ދުވަހު އެއްލައްކަ ރުފިޔާގެ ފައިސާގެ ޢިނާމް އެ ރަށަށް ދެއްވާނެކަމަށާއި އަދި އޭގެ އިތުރުން އެރަށުގެ އަންހެން ބޭފުޅުންނަށް އަމާޒުކޮށް ދޮޅުލައްކަ ރުފިޔާގެ ވޮލީ މުބާރާތެއް ބާއްވާދޭނެ ކަމަށް ވަޢުދުވެ ވަޑާއިގެންފަ އެވެ. މީގެ އިތުރުން ހއ. ހޯރަފުށީގައި ބޭއްވި ޕީއެންސީގެ ޖަލްސާއަށް ރަށްރަށުން މީހުން އުފުލުމަށްޓަކައި، ޤަވާޢިދުތަކާއި އުސޫލުތަކާ ޚިލާފަށް އާރްޓީއެލް ފެރީ ވަނީ ބޭނުންކޮށްފަ އެވެ.

އެގޮތުން 20 މާރޗް 2026 ވަނަ ދުވަހުގެރޭ ހއ. ހޯރަފުށީގައި ބޭއްވި ޕީއެންސީގެ ޖަލްސާއަށް ހއ. އަދި ހދ. އަތޮޅުގެ ރަށްރަށުގެ މީހުން އުފުލުމަށް އެމްޓީސީސީ އިން ވަނީ އާންމު ޝެޑިއުލް އިން ބޭރުން ހާއްސަ ދަތުރުތަކެއް ކޮށްފަ އެވެ. އެމްޓީސީސީ އިން އޮޕަރޭޓުކުރަމުންދާ ފެރީތަކަކީ ހަވީރު ފަހެއްގެ ފަހުން އޮޕަރޭޓުކުރާ ފެރީތަކެއްނޫނެވެ. ފެރީގެ ޝެޑިއުލްގެ ބޭރުން ދަތުރު މިކުރީ ހއ. ހޯރަފުށީގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި މީހުންގިނަކަމަށް ދައްކައިގެން ވޯޓަށް ނުފޫޒު ފޯރުވުމުގެ މަޤުސަދުގައެވެ. އަދި މިކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން މި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރި ކަމަކެވެ. ސަބަބަކީ އެމްޓީސީސީން އޮޕަރޭޓުކުރާ އާރުޓީއެލް ފެރީތަކުގެ އުސޫލު އޮންނަނީ، ޝެޑިއުލްގެ ބޭރުން އެއްވެސް ދަތުރެއް ނުކުރެވޭ ގޮތަށް ކަމަށް ވުމެވެ.

ސަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ  މިއުޅަނދުތަކަކީ އެހެން ފަރާތްތަކަށް ކުއްޔައް ދޫކުރާ އުޅަނދު ތަކެއް ނޫން ކަމަށެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އާރުޓީއެލް ފެރީތައް ސިޔާސީ މަޤުޞަދެއް ޙާޞިލު ކުރުމަށް ބޭނުންކުރި ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ. ފައިސާ އާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ލޯކަލް ކައުންސިލް އިންތިޚާބާއި އަދި ފެންނަ ނުފެންނަ ވޯޓަށް ސަރުކާރުން މި ދަނީ ފާޅުގައި ނުފޫޒު ފޯރުވަމުން ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ.

އިބްރާހިމް ފަލާހްޕީއެންސީއެމްޑީޕީހޯރަފުށީއެމްޓީސީސީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް

31 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް
31 މާރިޗު 2026

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް

31 މާރިޗު 2026
ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް
30 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓް: ސަރުކާރުން ވަކިކޮޅެއް ނަގައިގެން ރައްޔިތުން ވާނުވާގައި ބައިތިއްބަނީ ކީއްވެ؟

30 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓް: ސަރުކާރުން ވަކިކޮޅެއް ނަގައިގެން ރައްޔިތުން ވާނުވާގައި ބައިތިއްބަނީ ކީއްވެ؟
30 މާރިޗު 2026

ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ރައީސް ސޯލިހު އަށް ހޫނު މަރުހަބާއެއް.

30 މާރިޗު 2026
ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ރައީސް ސޯލިހު އަށް ހޫނު މަރުހަބާއެއް.
30 މާރިޗު 2026

ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު

30 މާރިޗު 2026
ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު
30 މާރިޗު 2026

ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

30 މާރިޗު 2026
ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ
30 މާރިޗު 2026

މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!

30 މާރިޗު 2026
މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!
29 މާރިޗު 2026

އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ

29 މާރިޗު 2026
އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ
29 މާރިޗު 2026

ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

29 މާރިޗު 2026
ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް