Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޓީސީސީ ހިންގުން

އެމްޓީސީސީން ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑު ކޮށް، އެ މަޝްރޫއުތައް ހިންގުމަކީ އަމާޒެއް: ސައުދީ

ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑުކޮށް، ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރުމަކީ އެމްޓީސީސީގެ ބޮޑު އަމާޒެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެ. މިކަމަށްޓަކައި ބޭރުގެ ބައެއް ކުންފުނިތަކާއެކު މަޝްވަރާ ކުރަމުންދާއިރު، ކުންފުނީގެ ޕޯޓްފޯލިއޯ ވަރުގަދަ ކުރުމުން ބޭރުގެ ބިޑުތައް ކާމިޔާބު ކުރުމަށް ފަސޭހަވާނެ ކަމަށް އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 13:15
ގާދިއްފުށި ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރުން

ގާދިއްފުށި ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރުން | ހައުސިންގް މިނިސްޓްރީ

ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑުކޮށް، އެ ބިޑުތައް ކާމިޔާބުކޮށްގެން އެފަދަ މަޝްރޫއުތަކުގެ މަސައްކަތް ކުރުމަކީ އެމްޓީސީސީގެ ވަރަށް ބޮޑު އަމާޒެއްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ސައުދީ އެފަދައިން ވިދާޅުވީ ސަރުކާރުގެ ކަންކަން ޕްރޮމޯޓު ކުރާ ޗެނަލެއްގައި ދެއްކެވި ވާހަކަފުޅެއްގައެވެ.

Advertisement - newsAdvertisement

ސައުދީ ވިދާޅުވީ، އެމްޓީސީސީއަކީ އާންމުކޮށް ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ހިންގަމުން އައި ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން ގިނަ އަދަދެއްގެ އުމްރާނީ ތަރައްޤީވެސް ހިންގާ ކަމަށެވެ.

އެހެންކަމުން އެމްޓީސީސީއާއެކު މަސައްކަތް ކުރުމަށް ގިނަ އަދަދެއްގެ ބޭރުގެ ކުންފުނިތަކުން ހުށަހަޅަމުންދާކަން ފާހަގަ ކުރައްވައި ސައުދީ ވިދާޅުވީ، އެ ކުންފުނިން ބައިނަލްއަޤުވާމީ ބިޑުތަކުގައި ބައިވެރިވުމުން އެކަމުގެ ފައިދާ ފެންނާނެ ކަމަށެވެ. އަދި ވިދާޅުވީ، ކުންފުނީގެ ޕޯޓްފޯލިއޯ ވަރުގަދަ ކުރުމުން އެފަދަ ބިޑުތައް ކާމިޔާބު ކުރަންވެސް ފަސޭހަވާނެ ކަމަށެވެ.

ސައުދީ ވަނީ ބޭރުގެ މަޝްރޫއުތައް ހިންގުމުގައި އެމްޓީސީސީއާ ބައިވެރިވެގެން މަސައްކަތް ކުރުމަށް ޝައުގުވެރިވާ ބޭރުގެ ކުންފުނިތަކާ އެކު މަޝްވަރާތަކެއް ކުރިއަށްދާކަންވެސް ހާމަ ކުރައްވާފައެވެ. އަދި ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑުކޮށް އެ ބިޑުތައް ކާމިޔާބުކޮށްގެން އެފަދަ މަޝްރޫއުތަކުގެ މަސައްކަތް ކުރުމަކީ އެމްޓީސީސީގެ ވަރަށް ބޮޑު އަމާޒެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޭރުގެ ބިޑުތަކުގައި ބައިވެރިވުމުގެ ވާހަކަ ސައުދީ ދައްކަވާފައިވާއިރު، ރާއްޖޭގައި އެމްޓީސީސީން ހިންގަން ޙަވާލުކޮށްފައިވާ ބައެއް މަޝްރޫއުތައް ބާރަށް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން އެރަށްރަށުގެ ރައްޔިތުން ގެންދަނީ ފާޅު ކުރަމުންނެވެ. އެގޮތުން އެކި ރަށްރަށުގައި ފަށާފައިވާ ތަރައްޤީގެ އެކި މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެމްޓީސީސީއަހުމަދު ސައުދީމަޝްރޫޢު

ކޮމެންޓް

އިތުރަށް ކިޔާލަން

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

10 އެޕްރީލު 2026
އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

09 އެޕްރީލު 2026
މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

07 އެޕްރީލު 2026
އެމްޓީސީސީން "މާލެ ޓެކްސީ އެޕް" ތަރައްގީ ކުރުމަށް 13 މިލިއަން ރުފިޔާއަށް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ހަވާލުކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު!

އެމްޓީސީސީން "މާލެ ޓެކްސީ އެޕް" ތަރައްގީ ކުރުމަށް 13 މިލިއަން ރުފިޔާއަށް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ހަވާލުކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު!

03 އެޕްރީލު 2026
އެމްޓީސީސީ ޓެކްސީލައިންގެ ޓެކްސީތައް ގަވާއިދުގައި ބުނާ މިންގަނޑަށް ނުފެތޭ

އެމްޓީސީސީ ޓެކްސީލައިންގެ ޓެކްސީތައް ގަވާއިދުގައި ބުނާ މިންގަނޑަށް ނުފެތޭ

03 އެޕްރީލު 2026

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު