Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ޓެކްސީ ލައިން

ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އާ ގުޅޭ ހޮޓްލައިން ނަންބަރުން ފޯނު ނުނަގާ ކަމުގެ ކަންބޮޑުވުން!

އެމްޓީސީސީން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތް 150 އިލެކްޓްރިކް ކާރާއެކު ފަށާފައިވާއިރު، އެ ޚިދުމަތަށް ބޭނުންކުރާ އެޕްލިކޭޝަން ތަރައްގީކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 11:03
އެމްޓީސީސީ ޓެކްސީ ލައިންގެ ޓެކްސީތައް 03.04.2026

އެމްޓީސީސީ ޓެކްސީ ލައިންގެ ޓެކްސީތައް 03.04.2026 | އެމްޓީސީސީ

ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އާ ގުޅޭ ހޮޓްލައިން ނަންބަރުން ފޯނު ނުނަގާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަން ފަށައިފިއެވެ.

ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތް 150 އިލެކްޓްރިކް ކާރާ އެކު ރަސްމީކޮށް އިފްތިތާހްކޮށްފައިވަނީ 2 އޭޕްރީލް 2026 ގައެވެ. އެގޮތުން ފުރަތަމަ ހަފްތާގައި ހިލޭ ދަތުރުކުރެވޭ  ގޮތް އެމްޓީސީސީން އޮތީ ހަމަޖައްސާފައެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، މި ޓެކްސީ ލައިންގެ ޚިދުމަތް 24 ގަޑިއިރު އާންމުންނަށް ލިބޭނެ އެވެ. މި ޚިދުމަތް ހޯދުމަށްޓަކައި ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް ބޭނުންކުރެވޭނެ ކަމަށާއި، އެ އެޕް މެދުވެރިކޮށް ޓެކްސީއަށް އެދޭ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ ހުރި ތަން ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

މީގެ އިތުރުން، ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި އެޕްލިކޭޝަން ބޭނުންކުރުމުގައި ދިމާވާ އެކި މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްޓީސީސީން ވަނީ ޚާއްސަ ހޮޓްލައިން ނަންބަރެއްވެސް ގާއިމުކޮށް ފައެވެ. އެގޮތުން 1655 އަށް ގުޅައިގެން ޓެކްސީގެ ޚިދުމަތާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ހޯދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެހެންނަމަވެސް، ހިލޭ ދަތުރު ކުރެވޭ މުއްދަތުގައިވެސް އާންމު ޓެކްސީތަކަށް ލިބޭ ދަތުރުތައް މަދުވެފައިނުވާކަމަށް ޑްރައިވަރސް އެސޯސިއޭޝަނުން ފާހަގަކޮށްފައިވާއިރު، އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1655 އިން ފޯނު ނުނަގާ ކަމުގެ ކަންބޮޑުވުންވެސް ގިނަ ބަޔަކު މީސްމީޑިއާގައި ހިއްސާކޮށްފައިވެއެވެ.  

މީގެ އިތުރުން، މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން ތައްޔާރުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާކަމުގެ ކަންބޮޑުވުން އާއްމުން ހިއްސާކުރަމުންދާއިރު، އެކަންކަން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށްވެސް މައްސަލަ ހުށަހެޅިފައިވެއެވެ.

އެ މައްސަލައިގައި ކޮށްފައިވާ ސުވާލަށް ބަލާއިރު، ބީލަމުގައި ބައިވެރިވުމަށް ދައުވަތު ދިން ކުންފުނިތަކަކީ ކޮބާތޯ އާއި އެކަމުގައި ބެލި މިންގަނޑުތަކަކީ ކޮބާތޯ ސުވާލުކޮށްފައި ވެ އެވެ. އަދި  އެ ބީލަމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޮވުމުގައި ކަނޑައެޅި ޝަރުތުތަކާއި މި މަސައްކަތުގައި އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓުގެ ދައުރެއް އޮތްތޯ ސާފުކޮށްދިނުމަށް އެދިފައިވެ އެވެ. އަދި މަސައްކަތް ހަވާލުކުރި ފަރާތުގެ މަސައްކަތުގެ ތަޖުރިބާ އާއި، އެ ތަޖުރިބާ ހާމަކޮށްދޭ ފަދަ ލިޔުމެއް ހުށަހަޅާފައިވާނަމަ އެ ލިޔުން މަޖިލީހާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އެޕްލިކޭޝަނެއް ހެދުމަށް 13 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އެމްޓީސީސީއަށް ވަނީ އަމާޒުވެފަ އެވެ. މިއީ ކޮރަޕްޝަންގެ ބޮޑު އަމަލެއް ކަމަށާއި، މިމަސައްކަތް ކުރިއަށް ގެންދިޔަ ޕްރޮކިއުމަންޓް ޕްރޮސެސް ސާފުކޮށް ދިނުމަށް ވެސް ގިނަ ބަޔަކު ގޮވާލާފައިވެ އެވެ.  އަދި ބޭރު ދުނިޔޭގެ ގައުމުތަކުގައި ވެސް ބޭނުންކުރާ މިފަދަ އެޕްލިކޭޝަންތައް ތަރައްގީ ކުރުމަށް ވެސް މިއަދަދަށް ހަރަދު ނުކުރާކަން ފާހަގަކޮށް ގިނަ ބަޔަކު މިމައްސަލަ ބެލުމަށް އެދިފައިވެ އެވެ. 

 

ޓެކްސީލައިންކޮރަޕްޝަންގެ މައްސަލަޓެކްސީ ލައިން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބާ ކައިރިކޮށް ކޮރަޕްޝަން ހިންގުމުގެ ޒިންމާ ނަގަންޖެހޭނީ ރައީސް، ތަންތަނުގައި ތިބި ސިޔާސީ މުވައްޒަފުންނެއް ނޫން: ޑރ ދީދީ

އިންތިޚާބާ ކައިރިކޮށް ކޮރަޕްޝަން ހިންގުމުގެ ޒިންމާ ނަގަންޖެހޭނީ ރައީސް، ތަންތަނުގައި ތިބި ސިޔާސީ މުވައްޒަފުންނެއް ނޫން: ޑރ ދީދީ

07 އެޕްރީލު 2026
ވެރިކަމުގައި ތިބި ފަރާތްތަކަށް ހީވީ ދައުލަތް ބަންޑުން ޖަހާލައިގެން ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް، ރައްޔިތުން ތިބީ އެހެނެއް ނޫން: އާޒިމް

ވެރިކަމުގައި ތިބި ފަރާތްތަކަށް ހީވީ ދައުލަތް ބަންޑުން ޖަހާލައިގެން ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް، ރައްޔިތުން ތިބީ އެހެނެއް ނޫން: އާޒިމް

06 އެޕްރީލު 2026
އެމްޓީސީސީ ޓެކްސީލައިންގެ ޓެކްސީތައް ގަވާއިދުގައި ބުނާ މިންގަނޑަށް ނުފެތޭ

އެމްޓީސީސީ ޓެކްސީލައިންގެ ޓެކްސީތައް ގަވާއިދުގައި ބުނާ މިންގަނޑަށް ނުފެތޭ

03 އެޕްރީލު 2026
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަމަށް ދިން 3 ވަނަ ތާރީހު ފަހަނައަޅައިގޮސް އަނެއްކާވެސް އިތުރު ތާރީހެއް ދީފި

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަމަށް ދިން 3 ވަނަ ތާރީހު ފަހަނައަޅައިގޮސް އަނެއްކާވެސް އިތުރު ތާރީހެއް ދީފި

04 މާރިޗު 2026
ސްޓެލްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރި މައްސަލަ އާއި ލީކުވި އޯޑިއޯ މައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ: އެމްޑީޕީ

ސްޓެލްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރި މައްސަލަ އާއި ލީކުވި އޯޑިއޯ މައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ: އެމްޑީޕީ

12 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު