Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޓީސީސީ ބަސް

އެމްޓީސީސީ ބަސް ތަކުގެ ބަސް ކާޑު މެޝިންތައް ހަލާކުވެ، ރައްޔިތުން ބޮޑު ތަކުލީފެއްގައި!

މާލެ ސަރަހައްދުގެ ބަސްތަކުގައި ހުރި ކާޑު މެޝިންތައް ހަލާކުވެފައި ހުރުމުގެ ސަބަބުން، ބަސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ދަތުރުކުރުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެ އާންމުންގެ ޝަކުވާ ވަނީ އިތުރުވެފަ. ޓިކެޓް ލިބޭނެ ފަސޭހަ އިންތިޒާމެއް ނެތުމާއި ކޭޝް ކާޑު ނެތް ނަމަ ދަތުރު ނުކުރެވޭ މައްސަލައިގައި އެމްޓީސީސީގެ މެނޭޖްމަންޓަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، މިކަމާ ގުޅޭގޮތުން އެ ކުންފުނިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 17:54
މާލެ ސަރަހައްދުގައި ދުއްވާ އެމްޓީސީސީ ގެ ބަސް

މާލެ ސަރަހައްދުގައި ދުއްވާ އެމްޓީސީސީ ގެ ބަސް | އެޑިޝަން.އެމްވީ

މާލެ އާއި ހުޅުމާލެ ހިމެނޭހެން ގްރޭޓާ މާލެ ސަރަހައްދުގައި އެމްޓީސީސީން ދެމުންގެންދާ ބަހުގެ ހިދުމަތުގައި ބޭނުންކުރާ ކާޑު މެޝިންތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މާލެ ސަރަހައްދުގައި ދަތުރުކުރާ ގިނަ ބަސްތަކުގައިވާ ބަސް ކާޑު މެޝިންތައް ވަނީ ހަލާކުވެފަ އެވެ. މީގެ ސަބަބުން، ބަހުގެ ހިދުމަތް ހޯދާ މީހުން އަތުގައި ކޭޝް ކާޑު ނުވަތަ ކާޑުން ފައިސާ ދެއްކޭނެ ގޮތެއް ނެތް ނަމަ، ބަހުގައި ދަތުރު ނުކުރެވޭ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ. 

Advertisement - newsAdvertisement

އެގޮތުން ބަސް ކާޑުން ފައިސާ ނުކެނޑޭ ކަމަށާ ކާޑު މެޝިން ހަލާކުވެފައި ވުމާއެކު ކޭޝް ކާޑު ނެތް ނަމަ ދެން އަންނަ ބަހަށް މަޑުކުރަން ބުނުން ނުވަތަ ޓިކެޓް ނަގައިގެން ދަތުރުކުރަން ބަސްތަކުން ބުނާ ކަމަށް ވެސް ރާއްޖެއެމްވީ އާ ކަންބޮޑުވުން ހިއްސާ ކުރި ބައެއް މީހުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެކަމުގައި ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ފަސޭހައިން ޓިކެޓް ނުލިބުން ކަމަށާ ޓިކެޓް ލިބެނީ މާލޭ ގެ މެއިން ބަސް ސްޓޮޕާއި ހުޅުމާލެ ފޭސް 2 ގެ މެއިން ސްޓޮޕުން އެކަނި ކަމަށް ވުމާއެކު އެކަމުގައި ވެސް ހުރީ ހުސް އުނދަގޫ ކަމަަށް ވެސް ކަންބޮޑުވުން ހިއްސާކުރި ފަރާތްތަކުން ވަނީ ބުނެފަ އެވެ.    

ގިނަ ބަޔަކު ބުނާ ގޮތުގައި، ޓެކްނޮލޮޖީގެ އެހީގައި ހިދުމަތް ފަސޭހަކުރަން އުޅުނު ނަމަވެސް، މެޝިންތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ޓިކެޓް ލިބޭނެ އިތުރު ގޮތްތަކެއް ނުވަތަ ބަސް ތެރެއިން ފައިސާ ދެއްކޭނެ ފަސޭހަ އިންތިޒާމެއް ނެތުމުން، އެމްޓީސީސީގެ މެނޭޖްމަންޓަށް އާންމުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މި މައްސަލައާ ގުޅިގެން އެމްޓީސީސީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މާލެހުޅުމާލެ ގްރޭޓަރ މާލޭއެމްޓީސީސީއެމްޓީސީސީ ބަސްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޓީސީސީން ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑު ކޮށް، އެ މަޝްރޫއުތައް ހިންގުމަކީ އަމާޒެއް: ސައުދީ

އެމްޓީސީސީން ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑު ކޮށް، އެ މަޝްރޫއުތައް ހިންގުމަކީ އަމާޒެއް: ސައުދީ

11 އެޕްރީލު 2026
 ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން އަމީނީ މަގުގައި އަލުން ތާރު އަޅަނީ

ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން އަމީނީ މަގުގައި އަލުން ތާރު އަޅަނީ

11 އެޕްރީލު 2026
ބަދަލުތަކަކާ އެކު މާލޭގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

ބަދަލުތަކަކާ އެކު މާލޭގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

11 އެޕްރީލު 2026
ދޯދި 11 ކައިރީ ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، ހަ ގަޑިއިރު ފަހުން ނިއްވާލައިފި

ދޯދި 11 ކައިރީ ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، ހަ ގަޑިއިރު ފަހުން ނިއްވާލައިފި

11 އެޕްރީލު 2026
2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

10 އެޕްރީލު 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު