Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ޓެކްސީ ލައިން

150 ކާރާއެކު ސަރުކާރުގެ ޓެކްސީ ލައިން އިފްތިތާހްކޮށްފި

އެމްޓީސީސީން 24 ގަޑިއިރު ޚިދުމަތް ދޭ މި ޓެކްސީތައް ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 20:50
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އިފްތިތާހުކުރަން ބޭއްވި ހަފްލާގެ ތެރެއިން

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އިފްތިތާހުކުރަން ބޭއްވި ހަފްލާގެ ތެރެއިން | ރައީސް އޮފީސް

ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތް 150 އިލެކްޓްރިކް ކާރާ އެކު ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ. ބުރާސްފަތި ދުވަހުގެރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ފެށި މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް އުޅަނދުތަކެވެ. މި ޓެކްސީ ލައިންގެ ޚިދުމަތަށް ގެނެސްފައިވާ ކާރުތަކުގެ ތެރޭގައި މާލޭގެ ހަނި މަގުތަކުގައި ދުއްވުމަށް ފަސޭހަ ކުދި ކާރުތަކާއި، މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުމަށް އެކަށީގެންވާ ބޮޑެތި ސައިޒުގެ ކާރުތައް ހިމެނެއެވެ.

Advertisement - newsAdvertisement

މި ޚިދުމަތަށް ގެނައި އުޅަނދުތަކުގެ ތަފްސީލަށް ބަލާއިރު، ޗަންގަން އޮޓޯމޮބައިލް ބްރޭންޑުގެ "އެސް.ސުމެއް.ފަހެއް" މޮޑެލްގެ 60 ކާރާއި، "ލުމިން" އަދި "އެސް.ސުމެއް.ހަތެއް" މޮޑެލްގެ 90 ކާރު ހިމެނެ އެވެ. މިއީ މާލެ ސަރަހައްދުގައި އެއްފަހަރާ މިހާ ގިނަ އަދަދެއްގެ އިލެކްޓްރިކް ކާރު ޓެކްސީގެ ޚިދުމަތަށް ނެރުނު ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، މި ޓެކްސީ ލައިންގެ ޚިދުމަތް 24 ގަޑިއިރު އާންމުންނަށް ލިބޭނެ އެވެ. މި ޚިދުމަތް ހޯދުމަށްޓަކައި ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް ބޭނުންކުރެވޭނެ ކަމަށާއި، އެ އެޕް މެދުވެރިކޮށް ޓެކްސީއަށް އެދޭ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ ހުރި ތަން ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

މީގެ އިތުރުން، ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި އެޕްލިކޭޝަން ބޭނުންކުރުމުގައި ދިމާވާ އެކި މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްޓީސީސީން ވަނީ ޚާއްސަ ހޮޓްލައިން ނަންބަރެއްވެސް ގާއިމުކޮށް ފައެވެ. އެގޮތުން 1655 އަށް ގުޅައިގެން ޓެކްސީގެ ޚިދުމަތާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ހޯދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މާލެ ޓެކްސީ ލައިންއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި

ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި

31 މާރިޗު 2026
މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!

މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!

30 މާރިޗު 2026
ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

29 މާރިޗު 2026
ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި

ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި

28 މާރިޗު 2026
އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ވިދާޅުވެެފައިވަނިކޮށް ރައީސްގެ ބަސްފުޅާ ދެކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި

އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ވިދާޅުވެެފައިވަނިކޮށް ރައީސްގެ ބަސްފުޅާ ދެކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި

25 މާރިޗު 2026

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު