Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ޓެކްސީ އެޕް

އެމްޓީސީސީން "މާލެ ޓެކްސީ އެޕް" ތަރައްގީ ކުރުމަށް 13 މިލިއަން ރުފިޔާއަށް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ހަވާލުކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު!

މާލެ ޓެކްސީ އެޕް ތަރައްގީކުރުމުގެ މަޝްރޫއު ބިޑަކާ ނުލައި، އެ ދާއިރާގެ ތަޖުރިބާ ނެތް ކުންފުންޏަކާ ހަވާލުކޮށްފައިވާތީ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި. މިއެޕް ހަވާލުކޮށްފައިވަނީ "ފިކްސްޑް މޯލްޑިވްސް" ކިޔާ ކުންފުންޏަކާ. ގާތްގަނޑަކަށް 13 މިލިއަން ދިވެހި ރުފިޔާ އަށް މި އެޕްލިކޭޝަންގެ މަސައްކަތް ކުރުމަށް ހަވާލުކުރިއިރު، ފިކްސްޑް މޯލްޑިވްސް އަކީ 2022 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް. މި ވިޔަފާރީގެ ދަށުން އެއްވެސް ވިޔަފާރި ނަމެއް، މަސައްކަތް ކުރުމުގެ ހުއްދައެއް ނުވަތަ މިފަދަ މަސައްކަތަކާ ގުޅޭ އެއްވެސް ލައިސަންސެއް ލިސްޓުކުރެވިފައެއް ނުވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2026 | ހުކުރު 08:57
150 ކާރާއެކު ސަރުކާރުގެ ޓެކްސީ ލައިން ބުރާސްފަތި ދުވަހުގެ ރޭ ވަނީ އިފްތިތާހް ކޮށްފައި.

150 ކާރާއެކު ސަރުކާރުގެ ޓެކްސީ ލައިން ބުރާސްފަތި ދުވަހުގެ ރޭ ވަނީ އިފްތިތާހް ކޮށްފައި. | އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން "މާލެ ޓެކްސީ އެޕް" ތަރައްގީ ކުރުމަށް 13 މިލިއަން ރުފިޔާއަށް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ހަވާލުކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށްފި އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، "މާލެ ޓެކްސީ އެޕް" ހަވާލުކޮށްފައިވަނީ "ފިކްސްޑް މޯލްޑިވްސް" ކިޔާ ކުންފުންޏަކާ އެވެ. އެއީ  އާންމުކޮށް ބިޑަށް ހުޅުވާލުމެއް ނެތި، ވަކި ބަޔަކަށް ދައުވަތު ދީގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

Advertisement - newsAdvertisement

ގާތްގަނޑަކަށް 13 މިލިއަން ދިވެހި ރުފިޔާ އަށް މި އެޕްލިކޭޝަންގެ މަސައްކަތް ކުރުމަށް ހަވާލުކުރިއިރު، ފިކްސްޑް މޯލްޑިވްސް އަކީ 2022 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެކެވެ. މި ވިޔަފާރީގެ ދަށުން އެއްވެސް ވިޔަފާރި ނަމެއް، މަސައްކަތް ކުރުމުގެ ހުއްދައެއް ނުވަތަ މިފަދަ މަސައްކަތަކާ ގުޅޭ އެއްވެސް ލައިސަންސެއް ލިސްޓުކުރެވިފައެއް ނުވެ އެވެ.

އެ ކުންފުނީގެ ޕޯޓްފޯލިއޯއިން ދައްކާގޮތުގައި، އެއީ ހާޑްވެއާ، ކެމެރާ އަދި ނެޓްވޯކިންގެ ދާއިރާގައި ތަޖުރިބާ ހުރި ބައެކެވެ. ނަމަވެސް ސޮފްޓްވެއާ ޑިވެލޮޕްމަންޓް ނުވަތަ އެޕްލިކޭޝަން ތައްޔާރުކުރުމުގެ ތަޖުރިބާއެއް ނެތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަޝްރޫއު ނިންމަންޖެހޭ ތާރީޚަކީ މިދިޔަ ނޮވެމްބަރު މަސް ނަމަވެސް ބުރާސްފަތި ދުވަހާ ހަމައަށް މި އެޕްލިކޭޝަންގެ މަސައްކަތް ނިމިފައެއް ނުވެ އެވެ. ނަމަވެސް މި މަސައްކަތަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް މިހާރު ވެސް ދައްކާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ބުރާސްފަތި ދުވަހުގެ ރޭ ފަށާފައިވާއިރު، މި ޚިދުމަތް ދިނުމަށް ގެނެސްފައިވަނީ ޗައިނާގެ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ލުމިން އަދި S05 އާއި S07 މޮޑެލްގެ ކާރެވެ.

އެޕްލިކޭޝަނެއް ހެދުމަށް 13 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އެމްޓީސީސީއަށް ވަނީ އަމާޒުވެފަ އެވެ. މިއީ ކޮރަޕްޝަންގެ ބޮޑު އަމަލެއް ކަމަށާއި، މިމަސައްކަތް ކުރިއަށް ގެންދިޔަ ޕްރޮކިއުމަންޓް ޕްރޮސެސް ސާފުކޮށް ދިނުމަށް ވެސް ގިނަ ބަޔަކު ގޮވާލާފައިވެ އެވެ.  އަދި ބޭރު ދުނިޔޭގެ ގައުމުތަކުގައި ވެސް ބޭނުންކުރާ މިފަދަ އެޕްލިކޭޝަންތައް ތަރައްގީ ކުރުމަށް ވެސް މިއަދަދަށް ހަރަދު ނުކުރާކަން ފާހަގަކޮށް ގިނަ ބަޔަކު މިމައްސަލަ ބެލުމަށް އެދިފައިވެ އެވެ. 

އެމްޓީސީސީމާލެ ޓެކްސީ އެޕްފިކްސްޑް މޯލްޑިވްސްކަރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޓީސީސީ ޓެކްސީލައިންގެ ޓެކްސީތައް ގަވާއިދުގައި ބުނާ މިންގަނޑަށް ނުފެތޭ

އެމްޓީސީސީ ޓެކްސީލައިންގެ ޓެކްސީތައް ގަވާއިދުގައި ބުނާ މިންގަނޑަށް ނުފެތޭ

03 އެޕްރީލު 2026
150 ކާރާއެކު ސަރުކާރުގެ ޓެކްސީ ލައިން އިފްތިތާހްކޮށްފި

150 ކާރާއެކު ސަރުކާރުގެ ޓެކްސީ ލައިން އިފްތިތާހްކޮށްފި

02 އެޕްރީލު 2026
ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި

ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި

31 މާރިޗު 2026
މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!

މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!

30 މާރިޗު 2026
ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

29 މާރިޗު 2026

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު