Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަލިފާނުގެ ޙާދިސާ

ދިގުރަށުގައި ހިނގި އަލިފާނުގެ ޙާދިސާގައި ބިދޭސީންތަކެއް މަރުވުން: ކަމާބެހޭ އިދާރާތަކުން ޒިންމާ އަދާކޮށްފައިވާ މިންވަރު ބެލުމަށް މަޖިލީހަށް މައްސަލައެއް!

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 ބިދޭސީން ނިޔާވި މައްސަލައިގައި، ކަމާބެހޭ އިދާރާތަކުން ޒިންމާ އަދާކޮށްފައިވާ މިންވަރު ބެލުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މަޖިލީހަށް ސިޓީއެއް ފޮނުއްވައިފި. މި ސިޓީގައި އެ އިމާރާތަކީ ގަވާއިދާ އެއްގޮތަށް ހިންގާ ތަނެއްތޯ އާއި، ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން 12 ސުވާލެއް ހިމަނާފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2026 | އާދީއްތަ 06:38
މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާސަންދައާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާސަންދައާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި | ރައްޔިތުންގެ މަޖިލިސް

އދ. ދިގުރަށު އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން 5 ބިދޭސީ މަސައްކަތްތެރިން ނިޔާވެފައިވާތީ އެކަމާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކޮށްފައިވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް އެޑްރެސް ކުރައްވައި ފޮނުއްވެވި ސިޓީއެއްގައި މެމްބަރު ވަނީ އެ މައްސަލައާ ގުޅިގެން ސާފު ކުރަން ބޭނުންވާ ބައެއްކަންކަން ހިމަނުއްވާފައެވެ.

Advertisement - newsAdvertisement

މެމްބަރު ހުށަހެޅުއްވި ސިޓީގައި އެ ޙާދިސާއާ ގުޅޭގޮތުން 12 ސުވާލެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާ ހިނގި ޢިމާރާތަކީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް، ދިރިއުޅުމަށް ބޭނުންކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއްތޯއާއި، މި ހާދިސާގައި ނިޔާވި 5 ބިދޭސީ މަސައްކަތްތެރިންނަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ސައްހަ ވަރކް ޕާމިޓެއްގެ ދަށުން މަސައްކަތް ކުރަމުންދިޔަ ބައެއްތޯ ސާފުކޮށްދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން، ބިދޭސީން ދިރިއުޅޭ ތަންތަން މޮނިޓަރކޮށް އިންސްޕެކްޓް ކުރުމުގެ ބާރު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއަށް ލިބިދީފައިވާއިރު، އަލިފާނުގެ ހާދިސާ ހިނގި ޢިމާރާތަކީ މި ގަވާއިދާ އެއްގޮތަށް ބިދޭސީން ބޭތިއްބުމުގެ މިންގަނޑުތަކަށްފެތޭތޯ  ބެލުމަށް ވުޒާރާގެ ފަރާތުން އިންސްޕެކްޓްކޮށްފައިވާ ތަނެއްތޯވެސް އަހާފައިވެއެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގައި ބިދޭސީން ވާޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކްތައް އިންސްޕެކްޓްކުރުމަށް ވުޒާރާއިން ގެންގުޅޭ އުސޫލަކީ ކޮބައިތޯ ވެސް އަހާފައިވާއިރު، މިފަދަ ނުރައްކާތެރި ހާލަތްތަކުގައި ހުރި ތަންތަން ދެނެގަތުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލު މަޖިލީހާއި ހިއްސާ ކޮށްދެއްވުމަށް ވެސް އެދިފައިވެއެވެ. އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް، އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯއާއި އޭގެ ތަފްސީލް ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކުރެއްވުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން، މިހާދިސާ ހިނގަން ދިމާވި ސަބަބު ބެލުމަށްޓަކައި، ހާދިސާ ހިނގައި ދިޔަ ގޮތުގެ ތަހުޤީޤެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހިންގިފައިވޭތޯ އާއި، އިމާރާތްތައް ހުންނަނީ ދިރިއުޅެން އެކަށީގެންވާ ރައްކާތެރި ޙާލަތެއްގައިތޯ ބެލުމުގެ ޢާންމު ދައުރެއް ކައުންސިލަށް އޮތްއިރު، މި ހާދިސާ ހިނގި ތަނަކީ ކައުންސިލްގެ 'މުނިސިޕަލް އިންސްޕެކްޝަން' ތަކުގައި ސަލާމަތީ ގޮތުން ނުރައްކާތެރި ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެއްތޯވެސް ވަނީ ސުވާލުކޮށްފައެވެ.

މީގެ އިތުރުންވެސް އިތުރު ސުވާލުތައް ހިމަނާފައިވާއިރު، އެ މަޢުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ 'ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ' މެދުވެރިކޮށް ސާފުކޮށްދެއްވުމަށް މެމްބަރު ވަނީ އެދިވަޑައިގެންފައެވެ.

 

މުޙައްމަދު އިބްރާހީމް (ކުޑޫ)އދ. ދިގުރަށްބިދޭސީންއަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދޯދި 11 ކައިރީ ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، ހަ ގަޑިއިރު ފަހުން ނިއްވާލައިފި

ދޯދި 11 ކައިރީ ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، ހަ ގަޑިއިރު ފަހުން ނިއްވާލައިފި

11 އެޕްރީލު 2026
ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!

ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!

09 އެޕްރީލު 2026
މަޖިލިސް މެދުވެރިކޮށް މިނިސްޓަރުންނާ ކުރި ސުވާލުތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ ސުވާލަށް މިހާތަނަށް ޖަވާބު ނުލިބޭ: ކުޑޫ

މަޖިލިސް މެދުވެރިކޮށް މިނިސްޓަރުންނާ ކުރި ސުވާލުތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ ސުވާލަށް މިހާތަނަށް ޖަވާބު ނުލިބޭ: ކުޑޫ

08 އެޕްރީލު 2026
މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

07 އެޕްރީލު 2026
އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

22 މާރިޗު 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު