Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލިފާނުގެ ހާދިސާ

ދޯދި 11 ކައިރީ ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، ހަ ގަޑިއިރު ފަހުން ނިއްވާލައިފި

ހުޅުމާލޭ ފޭސް 2 ގެ ދޯދި ފުލެޓްތައް ކައިރީގައި ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، އެމްއެންޑީއެފުން ހަ ގަޑިއިރަށްވުރެ ގިނަ އިރު ކުރި މަސައްކަތުން ވަނީ ނިއްވާލާފަ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ފުލެޓުތައް ކައިރިއަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެފައިވާތީ އާންމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 07:15
ދޯދި ފްލެޓް 11 ކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގެ ތެރެއިން

ދޯދި ފްލެޓް 11 ކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގެ ތެރެއިން | އެމްއެންޑީއެފް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ޓަވަރުތަކެއް ކައިރީ ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، ހަ ގަޑިއިރަށްވުރެ ގިނަ އިރުގެ މަސައްކަތުން އެމްއެންޑީއެފުން ނިއްވާލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލޭ ފޭސް 2 ގެ ދޯދި ފުލެޓް 11 ކައިރީ ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން ރިޕޯޓް ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 02:21 ހާއިރު އެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފަ އެވެ.

ފަޔަ ފައިޓަރުން މެދުކެނޑުމެއްނެތި ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 08:18 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އަދި މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ބޮޑު ބަޔަކަށް ބޯ ދުންގަނޑު ފެތުރިފައި އޮތް މަންޒަރު ފެނެ އެވެ.

އެފްޑީސީން އިމާރާތްކުރި މި ޓަވަރުތަކަކީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުކޮޅުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާ ތަނެކެވެ. ނަމަވެސް، ފުލެޓުތަކަށް މީހުން ބަދަލުވާން ފެށި ފަހުން ޓަވަރުތައް ކައިރިއަށް ކުނި އެޅުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ބައެއް ޓަވަރުތައް ކައިރީގައި ބޮޑެތި ކުނިފުނިތައް އުފެދިފައި އޮތުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން އަންނަނީ ތަކުރާރުކޮށް ނުރުހުން ފާޅުކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން އެފްޑީސީ އިން މީގެ ކުރިން ބުނެފައިވަނީ، ކުނި ސާފުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އަދި އުސޫލާ ޚިލާފަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދިނުމުގެ އިތުރުން، ބައެއް ފަރާތްތައް މިހާރު ވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ. މިފަދަ ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާފައި މިވަނީ ކުނީގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ހުޅުމާލެ އެފްޑީސީއެމްއެންޑީއެފްއަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ

09 އެޕްރީލު 2026
ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!

ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!

09 އެޕްރީލު 2026
"އުދަރެސް" ބޯޓުން ގެއްލުނު މީހާ ފިލާގަނޑެއްގެ މަތީ ސަލާމަތުން އޮއްވައި ފެނިއްޖެ، އޭނާ އަށް ދަނީ ފަރުވާ ދެމުން!

"އުދަރެސް" ބޯޓުން ގެއްލުނު މީހާ ފިލާގަނޑެއްގެ މަތީ ސަލާމަތުން އޮއްވައި ފެނިއްޖެ، އޭނާ އަށް ދަނީ ފަރުވާ ދެމުން!

09 އެޕްރީލު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފި

08 އެޕްރީލު 2026
ދިވެހި ވަތަނީ ޚިދުމަތުގެ ތިން ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހި ވަތަނީ ޚިދުމަތުގެ ތިން ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

06 އެޕްރީލު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު