Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއަމިއްލަ ވިޔަފާރި

ސަރުކާރުން ލޮޖިސްޓިކްސް ވިޔަފާރިއަށް ނުކުތުމުން އަމިއްލަ ވިޔަފާރިތަކުގެ ދުވަސްދާނެ: އަމީރު

އަމީރު ވިދާޅުވީ، ލޮޖިސްޓިކްސް ވިޔަފާރިއަކީ ރާއްޖޭގެ އަމިއްލަ ކުންފުނިތައް ވަރަށް ރަނގަޅަށް ކުރަމުން އަންނަ ކަމެއް ކަމަށާއި، އެތައް އަމިއްލަ ކުންފުނިތަކެއް ހަރަކާތްތެރިވާ ސިނާއަތެއް ކަމަށް. މި ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަނުމުން މި ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 7 ފެބުރުއަރީ 2026 | ހޮނިހިރު 10:31
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިގެން ލޮޖިސްޓިކްސް ވިޔަފާރިއަށް ނުކުތުމުން އަމިއްލަ ވިޔަފާރިތަކުގެ ދުވަސް ދާނެ ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި އަމީރު ވިދާޅުވީ، ލޮޖިސްޓިކްސް ވިޔަފާރިއަކީ ރާއްޖޭގެ އަމިއްލަ ކުންފުނިތައް ވަރަށް ރަނގަޅަށް ކުރަމުން އަންނަ ކަމެއް ކަމަށާއި، އެތައް އަމިއްލަ ކުންފުނިތަކެއް ހަރަކާތްތެރިވާ ސިނާއަތެއް ކަމަށެވެ. އަދި ސަރުކާރުން މި ސިނާއަތަށް ވަނުމާއެކު މި އަމިއްލަ ވިޔަފާރިތަކުގެ ވެސް ދުވަސް ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު މިހެން ވިދާޅުވިއިރު، މި ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރު އެހެން ކުންފުނިތައް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށް ވަންނަ މައްސަލައި ގައި ވިޔަފާރިވެރިން މީގެކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. 

މި ވިޔަފާރިއާ ގުޅޭގޮތުން އެމްޕީއެލުން ބުނީ، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކެއް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށެވެ. ނޭޝަނަލް ލޮޖިސްޓިސްޓިކްސްގެ ދަށަށް ބަދަލުކުރި ޚިދުމަތްތަކުގެ ތެރޭގައި އެ ކުންފުނިން ފަށައިގެން އުޅޭ ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް ހިމެނެ އެވެ. މިއީ މާލޭ ވިޔަފާރި ބަނދަރަށް އަންނަ ޓްރާންސްޝިޕްމަންޓް ކޮންޓޭނަރުތައް، އެމްޕީއެލްގެ އުޅަނދުތަކުގައި ހިތަދޫ ޕޯޓާއި ކުޅުދުއްފުށީ ޕޯޓަށް ފޮނުވަން ފެށި ޚިދުމަތެއް ކަމަށް ވެސް އެމްޕީއެލުން ބުނެ އެވެ. 

މީގެ އިތުރުން ލޮޖިސްޓިކްސް ސާވިސްގެ ތެރެއިން ބޭރުން އަންނަ އުޅަނދުފަހަރަށް ފޯރުކޮށްދޭ، "ސްޓީވަޑޯރިން" ޚިދުމަތާއި ބޮންޑަޑް ވެއާހައުސް އަދި ސީ-ޓު-އެއާ ކާގޯގެ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްމޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވިޔަފާރި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2026

ޑިއުޓީގައި ހުރި އެމްޕީއެލްގެ މުވައްޒަފެއް ފިޓް ޖެހިގެން ނިޔާވެއްޖެ

22 ޖެނުއަރީ 2026
ޑިއުޓީގައި ހުރި އެމްޕީއެލްގެ މުވައްޒަފެއް ފިޓް ޖެހިގެން ނިޔާވެއްޖެ
05 ޖެނުއަރީ 2026

އެމްޕީއެލްގެ މުވައްޒަފުންނަށް ބޯނަސް ނުދެވިގެން އުޅެނީ ބޯޑު މީޓިންއެއް ނުބޭއްވިގެން

05 ޖެނުއަރީ 2026
އެމްޕީއެލްގެ މުވައްޒަފުންނަށް ބޯނަސް ނުދެވިގެން އުޅެނީ ބޯޑު މީޓިންއެއް ނުބޭއްވިގެން
15 ޑިސެމްބަރު 2025

ބާޒާރު މަތީ މަގު ފުޅާ ކުރަން މަސް ދޯނިތަކާއި ބޯޓު ފަހަރުތައް ނަގަން އަންގައިފި

15 ޑިސެމްބަރު 2025
ބާޒާރު މަތީ މަގު ފުޅާ ކުރަން މަސް ދޯނިތަކާއި ބޯޓު ފަހަރުތައް ނަގަން އަންގައިފި
05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
28 އޮކްޓޯބަރު 2025

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު