Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސަރުކާރުގެ ކުންފުނި އެމްޕީއެލް އިން ލޮޖިސްޓިކްސް ވިޔަފާރިއަށް

7 ފެބުރުއަރީ 2026 | ހޮނިހިރު 10:33

މޯލްޑިވްސް މެރިން އެކްސްޕޯގައި ފިނޭންސް މިނިސްޓަރު އިފްތިތާހުކޮށްދެއްވި މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުން. މި ކުންފުނީގެ ދަށުން ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓާއި ތިލަފުށީގައި މުދާ ރައްކާކުރާނެ ކޮމާޝަލް ވެއާހައުސިންގެ ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ. ނަމަވެސް، ސަރުކާރުގެ ކުންފުންޏަކުން މިފަދަ ވިޔަފާރިއެއްގެ ތެރެއަށް ވަނުމާ ގުޅިގެން، މި ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

އަލީ ޝާހީން
އަލީ ޝާހީން | 7 ފެބުރުއަރީ 2026 | ހޮނިހިރު 10:33
މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް | އެމްޕީއެލް

ވިޔަފާރި ބަނދަރުތައް ހިންގުމުގެ ޒިންމާ މަތިކޮށްފައިވާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިގެން ލޮޖިސްޓިކްސް ވިޔަފާރިއަށް ނިކުމެއްޖެ އެވެ.

މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން އެމްޕިއެލް އިން މިކުންފުނި ލޯންޗްކޮށްފައިވާއިރު، އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކެއް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށެވެ. ނޭޝަނަލް ލޮޖިސްޓިކްސްގެ ދަށަށް ބަދަލުކުރި ހިދުމަތްތަކުގެ ތެރޭގައި އެ ކުންފުނިން ފަށައިގެން އުޅޭ ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް ހިމެނެ އެވެ. މިއީ މާލޭ ވިޔަފާރި ބަނދަރަށް އަންނަ ޓްރާންސްޝިޕްމަންޓް ކޮންޓޭނަރުތައް، އެމްޕީއެލްގެ އުޅަނދުތަކުގައި ހިތަދޫ ޕޯޓާއި ކުޅުދުއްފުށީ ޕޯޓަށް ފޮނުވަން ފެށި ހިދުމަތެކެވެ. 

އެމްޕީއެލް އިން ބުނިގޮތުގައި އެ ކުންފުނިން އަލަށް ތައާރަފުކުރާ ހިދުމަތަކީ ކޮމާޝަލް ވެއާހައުސިން އެވެ. ތިލަފުށީގައި ހުންނަ ގުދަންތަކެއްގައި ކްލިއަރެންސް ނިމިފައިވާ ވިޔަފާރި މުދާ ބަހައްޓައިދޭ މި ހިދުމަތަކީ، ހަ މަސް ކުރިން ފެށި "ޕްރޮޖެކްޓް ކާގޯ ހޭންޑްލިން" ކާމިޔާބީއަށް ބިނާކޮށް ދާއިމީކުރި ހިދުމަތެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލް އިން މި ކުންފުނި އުފައްދާ ލޮޖިސްޓިކް ވިޔަފާރިއަށް ވަނުމާއިގުޅިގެން މި ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރު އެހެން ކުންފުނިތައް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށް ވަންނަ މައްސަލައިގައި ވިޔަފާރިވެރިން މީގެކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްމޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްމޫސާ ޒަމީރުމޯލްޑިވްސް މެރިން އެކްސްޕޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2026

ސަރުކާރުން ލޮޖިސްޓިކްސް ވިޔަފާރިއަށް ނުކުތުމުން އަމިއްލަ ވިޔަފާރިތަކުގެ ދުވަސްދާނެ: އަމީރު

07 ފެބުރުއަރީ 2026
ސަރުކާރުން ލޮޖިސްޓިކްސް ވިޔަފާރިއަށް ނުކުތުމުން އަމިއްލަ ވިޔަފާރިތަކުގެ ދުވަސްދާނެ: އަމީރު
22 ޖެނުއަރީ 2026

ޑިއުޓީގައި ހުރި އެމްޕީއެލްގެ މުވައްޒަފެއް ފިޓް ޖެހިގެން ނިޔާވެއްޖެ

22 ޖެނުއަރީ 2026
ޑިއުޓީގައި ހުރި އެމްޕީއެލްގެ މުވައްޒަފެއް ފިޓް ޖެހިގެން ނިޔާވެއްޖެ
05 ޖެނުއަރީ 2026

އެމްޕީއެލްގެ މުވައްޒަފުންނަށް ބޯނަސް ނުދެވިގެން އުޅެނީ ބޯޑު މީޓިންއެއް ނުބޭއްވިގެން

05 ޖެނުއަރީ 2026
އެމްޕީއެލްގެ މުވައްޒަފުންނަށް ބޯނަސް ނުދެވިގެން އުޅެނީ ބޯޑު މީޓިންއެއް ނުބޭއްވިގެން
15 ޑިސެމްބަރު 2025

ބާޒާރު މަތީ މަގު ފުޅާ ކުރަން މަސް ދޯނިތަކާއި ބޯޓު ފަހަރުތައް ނަގަން އަންގައިފި

15 ޑިސެމްބަރު 2025
ބާޒާރު މަތީ މަގު ފުޅާ ކުރަން މަސް ދޯނިތަކާއި ބޯޓު ފަހަރުތައް ނަގަން އަންގައިފި
11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
06 ނޮވެމްބަރު 2025

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
31 އޮކްޓޯބަރު 2025

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް
30 އޮކްޓޯބަރު 2025

މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް

30 އޮކްޓޯބަރު 2025
މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
28 އޮކްޓޯބަރު 2025

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!
18 ސެޕްޓެމްބަރު 2025

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

18 ސެޕްޓެމްބަރު 2025
 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް