Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒުގެ ވެރިކަން

ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

5 އެޕްރީލު 2026 | އާދީއްތަ 21:00

ރާއްޖޭގައި ޤާނޫނީ ބާރުވެރިކަމާއި އިޖުތިމާއީ އަދާލަތު ޤާއިމުވެފައި އޮތުމަކީ ރައްޔިތުންގެ އެދުމެއް ކަމަށް ޣަފޫރު ވިދާޅުވި. އަދި ރައްޔިތުންގެ ބާރުތައް ގެއްލޭ ކޮންމެ ހިނދެއްގައި، އާންމު ރައްޔިތުން އެކަމާ ދެކޮޅަށް ބަސްބުނަމުން ދާނެކަން އޭނާ ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 5 އެޕްރީލު 2026 | އާދީއްތަ 21:00
އެމްޑީޕީގެ ޗެއަރޕަރސަން ޣަފޫރު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާންގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ޗެއަރޕަރސަން ޣަފޫރު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާންގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަންކަން އިސްލާހުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މިހާރު ގައުމުގެ ކަންކަން ވަނީ ވަރަށް ގޯސްވެފައި ކަމަށާއި އެކަންކަން ރަނގަޅު ކުރަން ވަރަށް އުނދަނގޫ ވާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އަށް އިޙްތިރާމާ އެކު ބަލައިގަންނަ ކަމަށެވެ. އަދި ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެކަމަށް އިޝާރާތް ކުރައްވައި ޣަފޫރު ވިދާޅުވީ، ގައުމުގެ ކަންކަން އިސްލާހު ކުރާ ނަމަ އިސްލާހުކޮށްފައި ނުކުރާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެހާވެސް ބޮޑަށް ގައުމުގެ ރައީސް މުއިއްޒުގެ އުމުރަށް ވުރެ އެ މަނިކުފާނު ވެވަޑައިގަންނަވާފައިވާ ވައުދުތައް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ. ދައުލަތް ހިންގަން ދީފައިވާ ފައިސާ އަށް ވެސް ރައީސް މުއިއްޒު ގެންދަވަނީ ޚިޔާނާތްތެރިވެ ވަޑައިގަންނަވަޑަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ޓެކްސް ފައިސާ މިއީ. ރައްޔިތުން ތަހައްމަލް ކުރާނީ ވެސް ވަކި ވަރަކަށް. ކައުންސިލް އިންތިޚާބަކީ އާއިލާތަކަށް ބެހެ އިންތިޚާބެއް އެކަމަކު މި އިންތިޚާބުގައި ނިކުމެ މި ބުނީ ނޫނެކޭ. މިހާވަރު ވީމަ އަމިއްލަ އަށް އިސްތިއުފާދީފަ ގެއަށް ވަޑައިގަންނަވާ ހިސާބަށް މި ދިޔައީ. ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ." ޣަފޫރު ވިދާޅުވި އެވެ.

މީގެ އިތުރުން، ރައްޔިތުން ބޭނުން ވަނީ ރާއްޖޭގައި ޤާނޫނުގެ ބާރުވެރިކަން ހިނގާ ރާއްޖެ އެއް ކަމްށާއި، އިޖުތިމާއީ އަދާލަތު ގާއިމްވެފައި އޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޣަފޫރު ވަނީ ރައްޔިތުންގެ ބާރު ގެއްލޭ ކޮންމެ ފަހަރަކު ރައްޔިތުންގެ ބަސް ރައްޔިތުން ދާނީ އިއްވަމުން ކަމަށާއި އެއީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ޣަފޫރު ވަނީ ވިދަޅުވެފަ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއަބްދުލްޣަފޫރު މޫސާއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2026

ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ހޯމަ ދުވަހު ސައުދީ އަށް

05 އެޕްރީލު 2026
ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ހޯމަ ދުވަހު ސައުދީ އަށް
05 އެޕްރީލު 2026

ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ

05 އެޕްރީލު 2026
ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ
05 އެޕްރީލު 2026

5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

05 އެޕްރީލު 2026
5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް
05 އެޕްރީލު 2026

ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް: ނިޒާރު

05 އެޕްރީލު 2026
ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް: ނިޒާރު
05 އެޕްރީލު 2026

ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް

05 އެޕްރީލު 2026
ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް
05 އެޕްރީލު 2026

ސިޓީތަކުން ޕީއެންސީއަށް ލިބުނީ 5 ގޮނޑި، އެމްޑީޕީއަށް 46 ގޮނޑި

05 އެޕްރީލު 2026
ސިޓީތަކުން ޕީއެންސީއަށް ލިބުނީ 5 ގޮނޑި، އެމްޑީޕީއަށް 46 ގޮނޑި
05 އެޕްރީލު 2026

ރައްޔިތުންގެ ވިންދާއެކު....!

05 އެޕްރީލު 2026
ރައްޔިތުންގެ ވިންދާއެކު....!
05 އެޕްރީލު 2026

މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރު

05 އެޕްރީލު 2026
މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރު
05 އެޕްރީލު 2026

އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތް: ޓްރާންސްޕޭރެންސީ

05 އެޕްރީލު 2026
އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތް: ޓްރާންސްޕޭރެންސީ
05 އެޕްރީލު 2026

ރައްޔިތުން އެބުނީ ބޮޑުތަނުން ނޫނެކޭ، މުއިއްޒު އިސްތިއުފާ!؟

05 އެޕްރީލު 2026
ރައްޔިތުން އެބުނީ ބޮޑުތަނުން ނޫނެކޭ، މުއިއްޒު އިސްތިއުފާ!؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް