Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި

މަޖިލީހުގެ ފުރަތަމަ ދައުރުގައި މިހާތަނަށް ބާއްވާފައިވަނީ އެންމެ ފަސް ޖަލްސާ ކަމަށްވާއިރު، އެކަށީގެންވާ ސަބަބެއް ހާމަކުރުމެއްނެތި ޖަލްސާތައް މެދުކަނޑާލާފައިވާތީ އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ހަނިކޮށް މަޖިލިސް ހިސޯރުކޮށްފައިވާ ކަމަށް މެންބަރުން ތުހުމަތު ކުރައްވާއިރު، ޖަލްސާތައް ނުބާއްވާ މަޑުޖައްސާލީ އިންތިޚާބާ ދިމާކޮށް ސަރުކާރަށް އަތުވެދާނެ ފާޑުކިޔުންތަކަކަށް ބިރުން ކަމަށްވެސް އިދިކޮޅުން ބުނޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 8 އެޕްރީލު 2026 | ބުދަ 08:14
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން - 35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން - 35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 35 ދުވަހަށް ފަހު އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް އަނެއްކާ ވެސް ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ މާޗު މަހުގެ 8 ވީ އާދިއްތަ ދުވަހުގަ އެވެ. ފެބްރުއަރީ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގެ ފަހުން 18 ދުވަހަށް ފަހު ބޭއްވި އެ ޖަލްސާގައި ވެސް މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. 

Advertisement - newsAdvertisement

އެ ޖަލްސާ އާދިއްތަ ދުވަހެއްގައި ބޭއްވި އިރު އާދިއްތަ ދުވަހަކީ އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ބާއްވާ ދުވަހެއް ނޫނެވެ. މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ދައުރު ފެށުމަށްފަހު ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގަ އެވެ. 

މި ހިނގާ 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާ އެވެ. 2 މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު މި އަހަރަށް މަޖިލިސް ހުޅުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ފެށިގެން 3 މަސް ވެފައިވާއިރު ޖަލްސާތައް ނުބާއްވާ ޖަލްސާތައް ކެންސަލް ކުރަމުން ދިއަ ސަބަބު ވެސް ހާމަ ކޮށްފަ އެއް ނުވެ އެވެ.

މިކަމުގެ ކަންބޮޑުވުން އިދިކޮޅު މެންބަރުން ވަނީ އެތައް ފަހަރެއްގެ މަތިން ކޮށްފަ އެވެ. އެގޮތުން މެންބަރުންނަށް ވާނުވާ އެންގުމެއް ނެތި، ޖަލްސާ ނުބާއްވާ، މި ސަރުކާރުން ވަނީ މުޅި މަޖިލިސް ހިސޯރު ކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ. 

ޝަމްހީދު ވިދާޅުވީ ޖަލްސާ އޮންނާނެތޯ ނުވަތަ ނޫންތޯ މަޖިލިސް އޮންނަ ކޮންމެ ދުވަހަކު ވެސް ޔަގީން ނުވެފައި ތިބެން ޖެހޭ ކަމަށެވެ. ސަބަބަކީ މަޖިލީހުގެ އިދާރާ އިން ވެސް އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މެންބަރުންނަށް ވަކި އެއްޗެއް ނާންގަވާތީ ކަމަށް މެންބަރު ވިދާޅުވި އެވެ. 

މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ އެންމެ މުހިއްމު އެއް ބާރު ކަމަށާއި، ޚާއްޞަކޮށް ދުނިޔޭގައި މިވަގުތު ހިނގަމުންދާ މުހިއްމު ކަންކަމާ އޭގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ގުޅިގެން ވެސް ސަރުކާރާއި ސުވާލު ކުރަން ތިބި ރައްޔިތުންގެ މަންދޫބުން ތިބި ތަނަކީ މަޖިލިސް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. ނަމަވެސް ޖަލްސާތައް ނުބާއްވާ މި ސަރުކާރު ޖަބާދާރީ ކުރުވުމުގެ ފުރުސަތު ވެސް ހުއްޓުވާފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ. 

އިދިކޮޅު މެންބަރުން އޭރު ބުނަމުން ދިޔައީ މަޖިލީހުގެ ޖަލްސާތައް ކެންސަލް ކޮށްފައިވަނީ އޭޕްރީލް 4 ވަނަ ދުވަހު އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް، އިދިކޮޅު އެމްޑީޕީ ގެ މެންބަރުން ދައްކަވާ ވާހަކަތަކާ ގުޅިގެން ސަރުކާރަށް އޭގެ ނެގެޓިވް އިމްޕެކްޓެއް އައިސް، ވޯޓު މަދުވެދާނެ ކަމުގެ ބިރަށް، އެ މެންބަރުންގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. އެމްޑީޕީ މެންބަރުން ވިދާޅުވި ގޮތުގައި މެންބަރުން އަވަދި ނެތި އުޅުއްވީ ކެމްޕެއިން ދަތުރުތަކުގަ އެވެ. 

ރައްޔިތުންގެ މަޖިލިސްއަހްމަދު ޝަމްހީދުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

07 އެޕްރީލު 2026
ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

07 އެޕްރީލު 2026
ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު

ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު

07 އެޕްރީލު 2026
މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

07 އެޕްރީލު 2026
މަޖިލީހުގެ މެމްބަރުންނަށް ޝާހިދު: އަނގައިގައި އަޅުވާފައިވާ ކަސްތޮޅު ނައްޓާލާ ރައްޔިތުންނާއި އެކު ނުކުންނަވާ!

މަޖިލީހުގެ މެމްބަރުންނަށް ޝާހިދު: އަނގައިގައި އަޅުވާފައިވާ ކަސްތޮޅު ނައްޓާލާ ރައްޔިތުންނާއި އެކު ނުކުންނަވާ!

06 އެޕްރީލު 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު