Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބުތަކުން ސަރުކާރު ބަލިވުން

މަޖިލީހުގެ މެމްބަރުންނަށް ޝާހިދު: އަނގައިގައި އަޅުވާފައިވާ ކަސްތޮޅު ނައްޓާލާ ރައްޔިތުންނާއި އެކު ނުކުންނަވާ!

އިލެކްޝަންތަކުން އެމްޑީޕީ ހޯދި ކާމިޔާބީއަކީ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތްކަން ހާމަވި ކަމެއް ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި. ޝާހިދު ގޮވާލެއްވީ ޚިޔާލުތަފާތުވުންތައް އެކަހެރިކޮށް، ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި ސަރުކާރު ބަލިކުރުމަށް އެންމެން އެކުގައި ނުކުތުމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 6 އެޕްރީލު 2026 | ހޯމަ 18:39
 އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ހޭވައްލާތައްޔާރު ކާމިޔާބީ ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ހޭވައްލާތައްޔާރު ކާމިޔާބީ ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

މަޖިލިސް މެމްބަރުންގެ އަނގައިގައި އަޅުވާފައިވާ ކަސްތޮޅު ނައްޓާލާ ރައްޔިތުންނާއި އެކު ނުކުމެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ. 

ޝާހިދު އެފަދައިން ވިދާޅުވީ "ހޭވައްލާ ތައްޔާރު" ޝިޔާރުގެ ދަށުން ނުކުމެ، ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީ އިން  ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީ އިން އާޓިފިޝަލް ބީޗްގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުން ވަނީ ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި ސަރުކާރަށް އިތުބާރު ނެތްކަން ބުނެދީފައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވަނީ ޤާނޫނުއަސާސީގެ ހިމާޔަތުގައި ތެދުވުމަށް ވެސް ގޮވާލައްވާފަ އެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ މިއީ ވަކިވަކި ފަރުދުން ކުރި މަސައްކަތަކަށް ވުރެ އެންމެން އެކުގައި ގުޅިގެން ކުރި މުހިންމު މަސައްކަތެއް ކަމަށެވެ. މިއީ ރާއްޖެ އަށް އުންމީދީ ބަދަލެއް ގެނައުމަށް އެމްޑީޕީގެ ހިތްވަރުގަދަ އާއްމު މެމްބަރުންގެ ފަރާތުން ދެއްކި އަޒުމުގެ ނަތީޖާ ކަމަށް ޝާހިދު ވިދާޅުވި އެވެ. މިހާރު އަމާޒަކަށް ވާން ވާނީ އަމާޒަކަށް ވާން ވާނީ މުޅި ރާއްޖެ ރަން ރީނދޫކޮށް ފެށި މަސައްކަތް އެކުވެރިކަމާއި އެކު ކުރިއަށް ގެންގޮސް ނިންމާލުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މިއަދު މިއޮތް ސަރުކާރު ބަދަލުކޮށް ބަލިކޮށް ރާއްޖެ ހަމަމަގަށް އެޅުވުން މަސައްކަތް ކުރަން ވާނީ. ޚިޔާލު ތަފާތުވުންތައް އެކަހެރިކޮށް އެކުވެރިވެވަޑައިގަންނަވާ. ރާއްޖޭގެ ރައްޔިތުންގެ އުންމީދު ތިލަފަތަށް މާ ބޮޑު. އެކުގައި ތިއްބަވާ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ އެމްޑީޕީ އަށް ފަހަތަށް ޖެހެވެން ނެތް ކަމަށެވެ. ރައްޔިތުން އެދެނީ އެކުގައި ގޮސް ރިޔާސީ އިންތިޚާބު ވެސް އެމްޑީޕީ ކާމިޔާބު ކުރުން ކަމަށް ޝާހިދު ވިދާޅުވި އެވެ. މިއީ ސަރުކާރު ބަލިކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ޝާހިދު ވިދާޅުވި އެވެ. ކައުންސިލް އިންތިޚާބުގައި 70% އިން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށާއި އެއީ ސަރުކާރު ރިޔާސީ އިންތިޚާބުގައި ވެސް ބަލި ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށް ޝާހިދު ސިފަކުރެއްވި އެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީރައްޔިތުންގެ މަޖިލިސްކައުންސިލް އިންތިޚާބުޑަބްލިއުޑީސީ

އިތުރަށް ކިޔާލަން

06 އެޕްރީލު 2026

ހޮނިހިރު ދުވަހުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަން ނެތް އިންތިޚާބު: އެމްޑީޕީ

06 އެޕްރީލު 2026
ހޮނިހިރު ދުވަހުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަން ނެތް އިންތިޚާބު: އެމްޑީޕީ
06 އެޕްރީލު 2026

އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ

06 އެޕްރީލު 2026
އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ
05 އެޕްރީލު 2026

ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

05 އެޕްރީލު 2026
ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."
05 އެޕްރީލު 2026

ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ

05 އެޕްރީލު 2026
ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ
05 އެޕްރީލު 2026

5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

05 އެޕްރީލު 2026
5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު