Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރު ފެއިލްވުން

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

މި ސަރުކާރުގެ ސިޔާސަތުތައް ގޯސްވެ، ވީ ވައުދުތައް ނުފުއްދޭތީ ރައްޔިތުންގެ ބޮޑެތި ޝަކުވާތަކެއް ހުރިކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވި. މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ހުރިހާ ބާރެއް މުށުތެރެއަށް ޖަމާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި. އެހެންކަމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރިއަށް އޮތް އިންތިހާބުގައި އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ސޯލިހު އިލްތިމާސްކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 08:46
ހުޅުމާލޭގައި ބޭއްވި "ހޭވައްލާ ތައްޔާރު ހުޅުމާލެ ޖަލްސާ" ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.

ހުޅުމާލޭގައި ބޭއްވި "ހޭވައްލާ ތައްޔާރު ހުޅުމާލެ ޖަލްސާ" ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. | ރާއްޖެ އެމްވީ

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ސަރުކާރުން އިންތިހާއަށް މަސައްކަތްކޮށް "ތެޅިފޮޅެމުން" ދަނީ ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މުޅި ސަރުކާރު ފެއިލްވެފައިވާތީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ހޭވައްލާ ތައްޔާރު ހުޅުމާލެ ބޮޑު ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ގިނަ ރަށްތަކަކަށް ދަތުރުކުރެއްވިއިރު ރައްޔިތުންގެ ފަރާތުން އިވެނީ މުޅިން ތަފާތު އަޑެއް ކަމަށެވެ. މި ސަރުކާރު ކަމަކުނުދާ ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ގޯސްވެފައިވާ ކަމުގެ ޝަކުވާ ކޮންމެ ދިމާއަކުންވެސް އިވެމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކަމުދާ އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، ރައްޔިތުންގެ މި ޝަކުވާތަކަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ނިކުމެ އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ. މި އިންތިހާބުގެ ކެމްޕެއިންގެ ފޯރި ހުރި ގޮތުން، މިއީ ރިޔާސީ އިންތިހާބެއްގެ ކެމްޕެއިންތޯ ނުވަތަ މަޖިލިސް އިންތިހާބެއްގެ ކެމްޕެއިންތޯ ބައެއް ފަހަރު ހިތަށް އަރާވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަޅުގަނޑު ބައެއް ފަހަރު ހިތަށްއަރާ މި ކުރެވުނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންބާއޭ. ނޫނިއްޔާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންބާއޭ. އެހާވެސް ހަރަކާތްތައް ގިނަ މުޅި ރާއްޖޭގައި ހަރަކާތްތައް ގިނަ. އަދި މާލޭގައި ވެސް އެހާ ހަރަކާތް ގިނަ. އިންތިޚާބަކަށް ވާދަވެރި ކެމްޕޭނަކަށް މިއީ ކެމްޕޭން ވެގެން ހިނގައްޖެ. މާލޭގައި ބަހައްޓާފައި ހުރި ފޮޓޯތަކަށް ބެލިޔަސް، ދަމާހުރި ދިދައަށް ބެލިޔަސް މި ހީވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެއް ހޮވަން އުޅޭނީ. ގައިމު މުހިންމު އިންތިޚާބަކަށް ވެއްޖެ. ސަރުކާރަށް ވެސް، ރައްޔިތުންނަށްވެސް އެކަން އަޅުގަނޑުމެންނަށް ފެނޭ. ސަބަބަކީ ކޮބައިތޯ؟ މި ވޭތުވެދިޔަ ދެ އަހަރު ބައިގެތެރޭގައި ރައްޔިތުން އިންތިޚާބުކުރި ސަރުކާރުން ފެއިލްވެފައިވާކަން. ކޮންކަމެއްތޯ ވީ ވަޢުދާ އެއްގޮތަށް ކުރެވިފައި އޮތީ؟ ފުރަތަމަ ދުވަހު ވަޑައިގެން ކުރައްވަން ފެއްޓެވި ކަންތައްތައް. މިނިވަން މުއައްސަސާތަކުގެ ބާރުތައް ކަނޑާލީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރެއްވީ މިނިވަން މުއައްސަސާތަކުގެ ބާރުތައް ކަނޑުވާލައި، ހުރިހާ ބާރެއް މުށުތެރެއަށް ޖަމާކުރަން ކަމަށެވެ. ހާއްސަކޮށް އޭ.ސީ.ސީ އާއި އިލެކްޝަންސް ކޮމިޝަން ފަދަ މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވާލާފައިވާ ކަމަށާއި، އެ މުއައްސަސާތަކުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބަދަލުގައި ރައީސް ވިދާޅުވާ ގޮތަށް ކަންކަން ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ޝަރުއީ ދާއިރާއަށް ބާރު ފޯރުވުމާއި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމަށްޓަކައި މަޖިލީހުން ފާސްކުރި ގާނޫނުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓަށް ނުފޫޒު ފޯރުވައި އެކަން ބަލަންތިބި ފަނޑިޔާރުން ވެސް މަގާމުން ދުރުކޮށްފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި ސަރުކާރުން ވައުދުތައް ނުފުއްދައި، ދޮގު ހަދަމުންދާ ކަމަށާއި، މުޅި ރާއްޖެއިން އިވެމުންދަނީ މި ސަރުކާރު ގޯސްވެފައިވާ ކަމުގެ އަޑުތައް ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވި އެވެ. 

އިބްރާހިމް މުހައްމަދު ސޯލިހުޑރ. މުއިއްޒުމާލެއެމްޑީޕީއޭސީސީއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

02 އެޕްރީލު 2026
އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

02 އެޕްރީލު 2026
މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީއަށް، މިހާތަނަށް އެއްވެސް މައްސަލައެއްގެ ޖަވާބެއް ނުލިބޭ: މާޒް ސަލީމް

މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީއަށް، މިހާތަނަށް އެއްވެސް މައްސަލައެއްގެ ޖަވާބެއް ނުލިބޭ: މާޒް ސަލީމް

02 އެޕްރީލު 2026
2 އިންތިހާބު އެއްކުރަނީ 2028 ގައި މުއިއްޒުއަށް އިންތިހާބު ނެގެން އޮތީ އެގޮތަށް ހަދައިގެން ކަމަށްވާތީ: ސޯލިހު

2 އިންތިހާބު އެއްކުރަނީ 2028 ގައި މުއިއްޒުއަށް އިންތިހާބު ނެގެން އޮތީ އެގޮތަށް ހަދައިގެން ކަމަށްވާތީ: ސޯލިހު

02 އެޕްރީލު 2026
ރައީސް މުއިއްޒު ގަބޫލުކުރައްވަނީ އެމަނިކުފާނުގެ މައްޗަށް އެއްވެސް މީހަކަށް ބަސް ބުނެވޭނެ ގޮތެއް އޮވެގެން ނުވާނެ ކަމަށް، ގާނޫނުތައް ބަދަލު ކުރަނީ އެހެންވެ: ނިޔާޒް

ރައީސް މުއިއްޒު ގަބޫލުކުރައްވަނީ އެމަނިކުފާނުގެ މައްޗަށް އެއްވެސް މީހަކަށް ބަސް ބުނެވޭނެ ގޮތެއް އޮވެގެން ނުވާނެ ކަމަށް، ގާނޫނުތައް ބަދަލު ކުރަނީ އެހެންވެ: ނިޔާޒް

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު