Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫނެކޭ ކެމްޕެއިން

ފެންނަ ނުފެންނަ ވޯޓަށްފަހު އެއްބުރުން ރައީސަކު ހޮވުމަށް ގާނޫނު އިސްލާހުކުރާނެ، އެއީ 2028 މުއިއްޒު އަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތް: ދޮންބިލެތް

ޤާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރެވޭ ގޮތަށް ހެދުމަކީ، ރައީސް ޑރ. މުޢިއްޒަށް އޮތް ހަމައެކަނި މަގު ކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޙަލީމް ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ ސަރުކާރުގެ މިސްރާބު ހުރީ 51 އިންސައްތަ ވޯޓު ބޭނުންނުވާ ގޮތަށް ބަދަލުކޮށް، އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް ވެރިކަން ލިބޭ ގޮތް ހެދުމަށް ކަމަށް. މީގެ އިތުރުން، މިފަދަ ބަދަލުތަކުގެ ސަބަބުން ވެރިކަމުގެ ދައުރު ދިގުދަންމާލުމުގެ ނުރައްކާ އޮތްކަން ފާހަގަކުރައްވައި، މިއީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ނެތް ރައީސަކު އިންތިޚާބުވުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 10:18
ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް).

ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް). | ރާއްޖެ އެމްވީ

ފެންނަ ނުފެންނަ ވޯޓަށްފަހު އެއްބުރުން ރައީސަކު ހޮވުމަށް ގާނޫނު އިސްލާހުކުރާނެ ކަމަށާއި އެއީ 2028 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންތިހާބު ކާމިޔާބުކުރެވެން އޮތް ހަމައެކަނި ގޮތަކީ އެކީ ކަމަށް އެމަނިކުފާނު ވެސް ހުދު ގަބޫލުކުރައްވާތީ ކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭނުގައި ވާހަކަދައްކަވަމުން ދޮންބިލެތް ވިދާޅުވީ ސަރުކާރުން މިއަދު މިހާރު މިކުރާ ކަމަކީ ހީލަތްތެރިކަމާއެކީގައި މިބިލު ލީކަމުގައިވިޔަސް ފޮރުވިފައި އޮތީ މީގައި މުޅިން އެ މަޤްޞަދެއް ކަމަށެވެ. ޤާނޫނުއަސާސީގައި ލިޔެފައިވަނީ ވަރަށް ޞަރީޙަކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވާންވާނީ ދިވެހިރާއްޖޭގައި ވޯޓުލާ އާބާދީގެ 51 ޕަސެންޓްގެ ތާއީދާއެކީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ދޮންބިލެތް ވިދާޅުވީ މިއަދު ދެ އިންތިޚާބު އެއްކޮށް ބާއްވާ ވާހަކަ ދައްކަވަނީ ދެވަނަ ބުރެއް ނުބާއްވަން ކަމަށާއި، ޤާނޫނުއަސާސީއަށް އެބަދަލު އަދި ނުގެނައި ނަމަވެސް ސަރުކާރުގެ މިސްރާބު ހުރީ އެ ދިމާލަށް ކަމަށެވެ. 

އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ ލިޔެފައި ވަރަށް ޞަރީޙަކޮށް އެބައޮވޭ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވާންވާނީ ދިވެހިރާއްޖޭގައި ވޯޓުލާ އާބާދީގެ 51 ޕަސެންޓްގެ ތާއީދާ އެކީގައި. މިއަދު މި އިންތިޚާބު، ދެ އިންތިޚާބު އެއްކޮށް އެ ބާއްވާ ވާހަކަ، އެއްކޮށްލާ ވާހަކަ އެ ދައްކަވަނީ، ދެވަނަ ބުރެއް، ޤާނޫނުއަސާސީއަކަށް އަދި އެ ބަދަލެއް ނުވެސް އާދޭ. މި ބިލަކުން ވެސް އެ ބަދަލެއް ނާދޭ. ހަމަ ދެވަރުބުނެ އޮންނަންޖެހޭނެ 51 ޕަސެންޓް ނުލިބޭ ކަމަށް ވަންޏާ. ބައްލަވާ! ފުރަތަމަ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނާނީ ނިމިފައި ފުރަތަމަ ބުރުގަ. ދެން ދެވަނަ ބުރެއް އަންނައިރުގައި އެ ވިދާޅުވާ ޚަރަދެއް ވެސް ކުޑައެއް ނުވާނެ. އަނެއްކާ އަނެއް އިންތިޚާބު ބާއްވަން ވިހި ދުވަސް ނޫނީ ފަނަރަ ދުވަސް ޤާނޫނުއަސާސީގައި އެބަ ބުނޭ، މިވެނި މުއްދަތެއްގައި ދެވަނަ ބުރެއް އޮންނަންޖެހޭނެ. އެ ދެވަނަ ބުރު ބާއްވާއިރުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ ނިމިފަ. އެހެންވީމާ، އެ ބުނާ ޗެކް އެންޑް ބެލެންސްއަށް އެ ބުނާ ގޮތަށް އެކަން އެބަ ކުރެވޭތޯ.
ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) 

ދޮންބިލެތް ވިދާޅުވީ ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ފެންނަ ނުފެންނަ ވޯޓު ފާސްވުމާ ގުޅިގެން އަދި ވަރަށް ބައިވަރު ބަދަލު އެބަ ގެންނަންޖެހޭ ކަމަށާއި އެވިދާޅުވާ ބަދަލަކީ 51 ޕަސެންޓް އެއް ދިވެހިރާއްޖޭގެ ވެރިކަމަކަށް ބޭނުމެއް ނުވާ ވާހަކަ ކަމަށެވެ. ދެން ބޭނުންވާނީ އެންމެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު މީހަކު އެ އިންތިޚާބު މޮޅުވީ ކަމަށް ކަނޑައެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ ނަތީޖާއަކަށްވާނީ 100 މީހުން ވޯޓުލައިފިއްޔާ 70 މީހުންނަށް ނުފެންނަ ރައީސަކު ހުންނާނެ ކަމަށާއި ތިރީސް މީހުންނަށް ފެނުނު ރައީސަކު ހުންނާނެ ކަމަށެވެ. އޭގެ މާނައަކީ ރާއްޖޭގެ ބޮޑު އަގުލަބިއްޔަތެއް ވަރަށް ކުޑަކުޑަ މީސްކޮޅަކަށް ގަބޫލުކުރެވޭ ރައީސެއް ދެން މިރާއްޖޭގައި ހުންނަން ފަށާނެ ކަމަށް ދޮންބިލެތް ވިދާޅުވި އެވެ.

 ވަރަށް ކުޑަކުޑަ މީސްކޮޅަކަށް ގަބޫލުކުރެވޭ ރައީސެއް ދެން މި ރާއްޖޭގައި ހުންނަން ފަށާނެ. އެއީ، މިހާތަނަށް އައިއިރުގައި އަޅުގަނޑުމެންނަށް މި ފެނުނު ކޮންމެ އިންތިޚާބެއް ހަމަ ނިމިގެންދިޔައީ ދެވަނަ ބުރެއް އޮވެގެން. ހަމައެކަނި ރައީސް ޞާލިޙާއި ރައީސް ޔާމީނުގެ ދެ ފަރާތުން އެކަނި ކުރިމަތިލީ ބުރު ފިޔަވައި އެހެން ހުރިހާ ބުރެއްގައި ދެވަނަ ބުރަކަށް ދާންޖެހުނު. އެހެންވީމާ، މީގެން އަންނާނެ ބަދަލަކީ، ދެން ބަދަލުކުރަންޖެހޭނީ އެންމެ ގިނަ ވޯޓު ލިބޭ މީހެއް. އެހެންވީމާ، ރައީސް މުޢިއްޒަށް ދެކެވަޑައިގަންނަވަނީ، ކޮންމެ 100 އިން 70 މީހުން މިހާރު ރައީސް މުޢިއްޒަށް 2028 އަށް ތާއީދުނުކުރާނެކަން. އެ މަނިކުފާނު ޚުދު ހަމަ ސީދާ ހިތުގައި އަޑިން ގަބޫލުކުރައްވައިފި. މިއަދުގެ ނަތީޖާއަކީ އެއީ. ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވާ، ދެން ދުވަހަކުވެސް މި ރާއްޖޭގައި އަޣުލަބިއްޔަތެއް ރައީސް މުޢިއްޒަކަށް ނުލިބޭނެކަން. އެކަން ނިންމަވައިފި. މަނިކުފާނު ހިތުގައި އަޑިން ގަބޫލުކޮށްފި. އެހެންވީމާ، މި ގާނޫނުތަކާ ކުޅެން އެ ވިދާޅުވަނީ.
ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) 

ދޮންބިލެތް ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ރައީސް މުއިއްޒު ބޭނުންވާނަމަ ދައުރުވެސް ދިގުދައްމާލެވިދާނެ ކަމަށެވެ. ގާނޫނީ މާހިރުން އެވިދާޅުވަނީ ތެދެއް ކަމަށާއި ވިހި އަހަރަށް ވެރިކަމުގެ ދައުރު ދަންމާލުމުގެ ފުރުޞަތު މިބަދަލާއެކީގައި އެބައޮތް ކަމަށް ދޮންބިލެތް ވިދާޅުވި އެވެ.

ދޮންބިލެތް ވިދާޅުވީ ސަރުކާރުން ބުނާހާ ގޮތަކަށް ކޮންމެ ކޮމިޝަނަރެއް ހުންނެވިޔަސް ހައްދައިވައިގެން ނުވާނެ ކަމަށާއި، މިހާރުވެސް އިލެކްޝަނުން ފެންނަ ނުފެންނަ ވޯޓުގައި ވެސް މުޅިން ވެސް މަޢުލޫމާތު ދެނީ، މި ވޯޓަކީ ފާސްވާނެ އެއްޗެއްކަމަށް ދޭހަވާ ގޮތަކަށް ކަމަށެވެ. 

އަޙްމަދު ޙަލީމްޑރ. މުއިއްޒުއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

02 އެޕްރީލު 2026
މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

02 އެޕްރީލު 2026
މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީއަށް، މިހާތަނަށް އެއްވެސް މައްސަލައެއްގެ ޖަވާބެއް ނުލިބޭ: މާޒް ސަލީމް

މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީއަށް، މިހާތަނަށް އެއްވެސް މައްސަލައެއްގެ ޖަވާބެއް ނުލިބޭ: މާޒް ސަލީމް

02 އެޕްރީލު 2026
ރާއްޖެތެރެ ދޫކޮށްލައި މުޅި ސަރުކާރުން މާލޭގެ ގޮނޑި ނެގުމުގެ މަސައްކަތުގައި

ރާއްޖެތެރެ ދޫކޮށްލައި މުޅި ސަރުކާރުން މާލޭގެ ގޮނޑި ނެގުމުގެ މަސައްކަތުގައި

01 އެޕްރީލު 2026
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ކޮންމެ މީހަކަށްވެސް 3 ކަރުދާސްކޮޅު ދޫކުރާނެ: އީސީ

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ކޮންމެ މީހަކަށްވެސް 3 ކަރުދާސްކޮޅު ދޫކުރާނެ: އީސީ

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު