Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބު 2026

ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އެމްޑީއޭ އިން އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި. ވޯޓު ނުލާ މީހުންގެ ނަމުގައި ވޯޓުލާފައިވާ ކަމަށާއި، ޕީއެންސީގެ ކެންޑިޑޭޓް މޮޅުކުރުމަށް މަކަރު ހަދާފައިވާ ކަމަށް އެ ޕާޓީގެ އޮބްޒާވަރުން ފާހަގަކުރޭ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީއަށް ވުރެ އިދިކޮޅު އެމްޑީޕީން ވަނީ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 5 އެޕްރީލު 2026 | އާދީއްތަ 18:15
ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ކުރިއަށް ގެންދިއަ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް މޮޅު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލާފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފަ

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ކުރިއަށް ގެންދިއަ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް މޮޅު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލާފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފަ | ރާއްޖެ އެމްވީ

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ކުރިއަށް ގެންދިއަ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް މޮޅު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކޮށްފި އެވެ. 

ދ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކޮށްފައިވަނީ ޕީއެންސީ ގެ ކެންޑިޑޭޓް ސުހާ އިބްރާހިމް، އެމްޑީއޭ ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް ނަސީމް އެވެ. 

Advertisement - newsAdvertisement

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ކުރިއަށް ދިއަ އިންތިޚާބުގެ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާތަކުން އެމްޑީއޭ ގެ ކެންޑިޑޭޓް އަދި ޕީއެންސީގެ ކެންޑިޑޭޓް އަށް ވޯޓު ލިބިފައިވަނީ ދާދި އެއްވަރަކަށެވެ. އެގޮތުން މީދޫ 2 ނަންބަރު ވޯޓު ފޮށިން  ސުހާ އިބްރާހިމް އަށް ލިބިފައިވަނީ 115 ވޯޓެވެ. އަދި މުހައްމަދު ޝާހިދު އަށް 127 ވޯޓު ލިބިފައިވާއިރު 1 ނަންބަރު ވޯޓު ފޮށިން ސުހާ އަށް ލިބިފައި ވަނީ 136 ވޯޓެވެ. ޝާހިދަށް ލިބުނީ 135 ވޯޓެވެ. 

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާ ގޮތުގައި އެ ފޮށިތަކުގެ އިތުރުން ވެސް އެހެނިހެން ފޮށިތައް ހިމެނޭހެން ހުރިހާ ފޮށްޓަކުން ސުހާ އަށް ލިބިފައިވަނީ ޖުމްލަ 377 ވޯޓެވެ. އަދި ޝާހިދު އަށް ލިބިފައިވަނީ 367 ވޯޓެވެ. ނަމަވެސް މި ވޯޓުތަކުގެ ސައްހަކަމާމެދު އެމްޑީއޭގެ ފަރާތުން ވަނީ ސުވާލު އުފައްދާފަ އެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން އެމްޑީއޭ ގެ އޮބްޒާވަރަކު ވިދާޅުވީ ވޯޓު ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށެވެ. އެގޮތުން ލ. ފޮނަދޫ ގައި ވާ މީދޫ މީހުން ވޯޓު ލުމަށް ހަމަޖެހިފައިވާ ފޮއްޓަށް 4 މީހުން ވޯޓު ލާފައިވާ ކަމަށް އީސީގެ ވެބްސައިޓުން ދައްކާ ކަމަށާއި ވޯޓު ލާފައިވާ 4 މީހުން ވެސް ވޯޓު ލީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އަށް ކަމަށް ދައްކާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ވޯޓު ލާފައިވާ ކަމަށް ބުނާ އެކަކު ފޮނަދޫގައި ނުވެސް ނެތް ކަމަށާއި މީދޫގައި ހުރި މީހަކު ފޮނަދޫ ފޮށްޓަކަށް ވޯޓު ލާފައިވާ ކަމަށް އީސީގެ ވެބްސައިޓުގައި ވުމުން ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ. މިއީ ވަރަށް ބޮޑު ވައްކަމެއް ކަމަށާއި ވޯޓު ލާފައިވާ ކަމަށް އީސީގެ ތަފާސްހިސާބުން ދައްކާ އެ މީހާ ވޯޓު ނުވެސް ލާ ކަމަށް އަމިއްލަ އަށް ވެސް ބުނެފައިވާ ކަމަށް އޮބްޒާވަރު ކިޔައިދިނެވެ. އެހެން ކަމުން ވޯޓުތަކުގެ އަދަދު ހާމަ ކުރުމުގައި ވަރަށް ބޮޑެތި މަކަރުތަކެއް ހަދައި، ޕީއެންސީގެ ކެންޑިޑޭޓް ސުހާ މޮޅު ކުރަން މަސައްކަތް ކޮށްފައިވާ ކަން ހާމަވާ ކަމަށް ވެސް އޭނާ ބުންޏެވެ.

100 އިން ސައްތަ އިން ލ. ފޮނަދޫ ފޮށިން ސުހާ އަށް ކާމިޔާބުވެފައިވާ ކަމަށް. އެކަމު މިއަދު އަޅުގަނޑުމެން މި ޔަގީން ކުރަނީ  އިލެކްޝަންސް ވެބްސައިޓް ވެސް ބަލާފަ އެތަނުން ފޮނަދޫ ފޮށްޓަށް ވޯޓު ލާފައިވާ ކަމަށް ބުނާ އެކަކު ހުރީ ދ. މީދޫގައި. އޭނަ ހުވާ ކޮށްފަ އެބަ ބުނޭ އޭނަ ވޯޓު ލާން ނުދާ ވާހަކަ. މިހާރު އެ މީހުން އެ ބަލަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓު ނުލާ ތިބި މީހުންގެ ނަމުގައި ވޯޓު ލަނީ މިހާރު.  ރަށުގައި ތިއްބައި ވޯޓު މި ލަނީ. ލ. ފޮނަދޫ ފޮށިން ދ. މީދޫގެ ނަތީޖާ އައިއިރުގަ އެ މީހާ ވެސް ވޯޓު ލީ ކަމަށް އިނީ ޕީއެންސީ ކެންޑިޑޭޓް ސުހާ އަށް. އޭނަ ލ. ފޮނަދޫ އަކަށް ނުދޭ. އެކަމު އެ ރަށަށް އޭނަ ވޯޓު ލާފަ އިން ކަމަށް އެބަ އިނދޭ. މި މައްސަލަ ޖެހިގެން މި އުޅެނީ. އެމީހުން ވައްކަން ކޮށްގެން ވޯޓުން ވައްކަން ކޮށްގެން ކެންޑިޑޭޓް ނަންބަރު 1 ކުރި ހޯދާފަ އޮތް ކަމަށް ވަނީ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް ގަ. ވަކިވަކި މީހުންނަށް އެމީހުން ގުޅާ ކަމަށް ވެސް މައުލޫމާތު ލިބޭ މީހުން ވޯޓުލާން ދިއަތޯ ނުވަތަ ނުދޭތޯ ބަލައި ޔަގީން ކޮށްފަ އެމީހުން ވޯޓުލާން ނުދާ މީހުންނަށް މި އަންގަނީ ތިމީހުންގެ ނަމުގައި ފާހަގަ ޖަހާލަ ދޭނަމޭ. 
އެމްޑީއޭ ގެ އޮބްޒާވަރު

 ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ނަތީޖާ އިން ފެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެމަނިކުފާނުގެ ޕާޓީ ޕީއެންސީ އަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމެވެ.  އެގޮތުން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ. މާލެ ސިޓީގެ ވިލިމާލެ ފިޔަވައި އެހެން ހުރިހާ ދާއިރާ ތަކެއްގެ ކައުންސިލް އެމްޑީޕީ އިން ކާމިޔާބު ކޮށްފައިވާއިރު، ފުވައްމުލައް ސިޓީ ކައުންސިލްގެ އެންމެ ގޮނޑިއެއް ވެސް ރައީސް މުއިއްޒުގެ ޕީއެންސީ އަށް ކާމިޔާބު ކުރެވިފައި ނުވެ އެވެ. 

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ބަލާއިރު ވެސް، ރާއްޖޭގެ ފަސް ސިޓީގެ އަންހެނުންގެ ކޮމެޓީގެ ރައީސާކަން ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީ އިންނެވެ. މީގެ އިތުރުން ކޮމެޓީގެ ގިނަ ގޮނޑި ތަކެއް ވެސް އެމްޑީޕީ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ.

ދ. މީދޫސުހާ އިބްރާހިމްމުހައްމަދު ޝާހިދުއެމްޑީޕީއިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

05 އެޕްރީލު 2026
ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް: ނިޒާރު

ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް: ނިޒާރު

05 އެޕްރީލު 2026
ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް

ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް

05 އެޕްރީލު 2026
ސިޓީތަކުން ޕީއެންސީއަށް ލިބުނީ 5 ގޮނޑި، އެމްޑީޕީއަށް 46 ގޮނޑި

ސިޓީތަކުން ޕީއެންސީއަށް ލިބުނީ 5 ގޮނޑި، އެމްޑީޕީއަށް 46 ގޮނޑި

05 އެޕްރީލު 2026
ރައްޔިތުންގެ ވިންދާއެކު....!

ރައްޔިތުންގެ ވިންދާއެކު....!

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު