Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައްޔިތުން އެބުނީ ބޮޑުތަނުން ނޫނެކޭ، މުއިއްޒު އިސްތިއުފާ!؟

ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރާއި މުއިއްޒަށް ރައްޔިތުން އެވަނީ ބޮޑުތަނުން ނޫނެކޭ ބުނެފައެވެ. އެމްޑީޕީން އެވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 5 އެޕްރީލު 2026 | އާދީއްތަ 09:15
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު. | ރާއްޖެ އެމްވީ

ޖާހާއި މަންސަބާއި އާރާއި ބާރުގެ ވެރި ޑރ މުހައްމަދު މުއިއްޒަށް ނުހަނު ފަސާހަތްތެރިކަމާއެކު އެހާމެ ޚުޝޫއަތްތެރިވެހުރެ ބަލާޣާތްތެރި ކަމުގެ ވެދުމަކުން ސަލާން ބަރުތީލަ ކުރަމެވެ.

މަށަކީ މުއިއްޒު އެދޭހާ ގޮތަށް ބައެއް ފަހަރަށް ވާހަކަ ނުދެއްކޭތީ ކިތައްމެ ދުރުގައި ބެހެއްޓިއަސް އެންމެ ހެޔޮއެދޭ އެންމެ ގާތުގައި ހުރިކަމަށް ލޮލުން ބޮލުން ގަބޫލުކުރާ މީހަކީމެވެ. މިފަދަ ޚައްސާސް ވަގުތެއްގައި ހިނދުން ހިނދަށް މަނިކުފާނަށް މިފަދަ ސިޓީއެއް މި ފޮނުވާލަނީވެސް އެކަމުގެ ދިރިހުރި މިސާލެއްގެ ގޮތުގައެވެ. ނިކަން ރަނގަޅަށް އަޑުއައްސަވައި ގަބޫލުކުރާނެ ކަމަށް މަ ހީކުރަމެވެ.

މުއިއްޒޫ އެވެ. މި ނަތީޖާއާއެކު ބަޔަކު ކިތައްމެ އުފަލެއް ވިއަސް މުއިއްޒުގެ ހާލަތާމެދު މަހަމަ ބޮޑުތަނުން ކަންބޮޑުވަމެވެ. ގިސްލާ ނުރުޔެއް ކަމަކު މަށަކު މިހުރީ މިވީގޮތުން މަނިކުފާނަށް ހަމްދަރުދީ ވެގެންނެވެ.

މުއިއްޒޫ އެވެ. މަ އަބަދުވެސް ބުނާ ވާހަކައެއް އޮންނާނެއެވެ. މަތިން ގަޑި ޖެހުނީމާ ލަހެއް ފަހެއް ނުވެ އެކަން ނިމިގެންދާނެ އެވެ. އެއަށް ކުރެވޭނެ ޖަދަލެއް، ދެއްކޭނޭ ބާރެއް އަމުދަކުން ނޯންނާނެއެވެ. މިފަހަރުވެސް މިވީ މިހެންނެވެ.

މުއިއްޒޫ އެވެ. އެކަމަކު މުއިއްޒުއާއި މުއިއްޒުގެ ގާތުގައި ތިޔަތިބި މީހުން ތިޔަ އަރުވާލީކީ އަމަށަކު ވަރެއް ނޫނެވެ. ތިޔަ ކުރިވަރުގެ ސަބަބުން އޭރުވެސް ބައެއް ނަސޭހަތްތައް މަ ދީ އުޅުނީމެވެ. އެކަމަކު މަށަކީ މަށޭބުނެ ގަދަފައި ވިއްދާފައި ތިޔަވަރު ނެތިގެން އުޅުނީމާ މިއަދު މަށަށާ މުއިއްޒަށް މިވީ ހާދަހާވަ ދެރަގޮތެކެވެ.

މުއިއްޒޫ އެވެ. މިކެންޕޭނު ފެށުނީންސުރެ ތިޔަ ގެންގުޅުނީ އާދައިގެ ގަބޫލުކުރުމެއް ނޫނީވިއްޔާ އެވެ. ބާރު އޮތީ މަގޭ އަތުގައޭ، މަ ހަދާނީ ހަދާނެ އެއްޗެކޭ މަށަކާ ނުކުޅެވޭނެއޭ ބުނާ ޒާތަކަށެވެ. ދައުލަތުގެ ޚަޒާނާ އޮތީ މަގޭ އަތުގައޭ، ބައިތުލްމާލު ހުސްވިއަސް މަމިކަން ކުރާން ފަހަކަށް ނުޖެހޭނަމޭ ބުނާފަދަ ގޮތަކަށެވެ. މުޅި ދުނިޔެ ހަނގުރާމައިގައިޖެހި ހަފުސްވަމުންދާއިރުވެސް މުއިއްޒުގެ ތިޔަ ވިސްނުން ބެހެއްޓީ ވަޒީފާއާއި ޕްރޮމޯޝަންގެ ދަލުގައި ރައްޔިތުން ޖައްސައި އެމީހުން އަޅުވެތިކޮށްގެން މިކަން ކުރުމަށެވެ.

މުއިއްޒޫ އެވެ. މިހާރު ހެޔޮ އެއްޗެއް ވިސްނިއްޖެ ދޯއެވެ. އެންމެންނަކު ތިޔަ ގޮތައް ދަލުގައި ނުޖެއްސޭނެ ކަމެވެ. ކިތައްމެ ވަރަކަށް ރައްޔިތުންނަށް ފުރައްސާރަކޮށް އެވެރިންނަކީ ބައެއް ނޫންކަމަށް ދެކުނަސް ހަގީގަތަކީ އެއީ ނޫންކަން މިހާރު ފަހުމް ވެއްޖެ ދެއްތޯއެވެ.

މުއިއްޒޫ އެވެ. މިއީކީ މަކަހަލަ މުއިއްޒަށް ހެޔޮއެދޭ މީހަކު ބުނާން ހެޔޮވާވަރުގެ އެއްޗެއް ނޫނެވެ. އެކަމަކު އެވެރިން އެހެދީ ހަމަ ރަނގަޅަށެވެ. ވަޒީފާ ލިބުނު މީހުން ސުއްބުވެސް ނުބުނެ ތިބީ ރުހިގެނެއް ނޫނެވެ. އެނޫން ގޮތެއް ނެތިގެންނެވެ. މުއިއްޒު ތިޔަ ގެންގުޅޭ ބިރުދެއްކުމުގެ ސިޔާސަތުގެ ސަބަބުން ހަމަހިމޭން ވެލައިގެންނެވެ. މުއިއްޒު ވަޒީފާގެ ބިރު ދެއްކި މީހުން ކުޑައިކޮށް ފަހަތަށް ފިޔަވަޅެއް އަޅާލައި އޭރު ހަނު އެތިބީ މީދަލަކަށް ދުވަހެއް އައްޔާ ހިކަންޖަކަށްވެސް ދުވަހެއް އަންނާނެތީއެވެ. ކާފަގެ މަސްބެހުމަށް ބޮޑެތި އާއިލާތަކުން، ނެތް ވަޒީފާތަކަށް މީހުން ނަގައި ރަށްރަށުގެ އޮފީސްތައް ފުރާލިއިރުވެސް ވަޒީފާ ނުލިބުނު މީހުން އެތިބީ އެކަން ހަނދުމަ ކޮށްލައިގެންނެވެ. ނިކަން ސާފުކޮށް މިދުވަސް ދައްކަން ކަމަރު ބަނދެގެންކަން މިހާރު ވިސްނިއްޖެ ދެއްތޯ އެވެ.

މުއިއްޒޫ އެވެ. މަ އަބަދުވެސް ބުނަމުން އައިމެވެ. ދައުރު މެދަށް އެޅުނުއިރު އެއްވެސް ކަމެއް ނުވެ ބަޖެޓް ހުސްވެގެން ދިޔައިމާ ރައްޔިތުން ތިބީ ވަރަށް ހޭލައިގެންނެވެ. އިބުރާހީމާ ދެކޮޅަށް ބަދަލަކަށް ލެވުނު ވޯޓުގެ މޮޅެއް ނުފެނުނީމާ ފުރުސަތަކަށް ބަލަބަލައެވެ. ވޯޓާ ދިމާކޮށް ޒުވާނުންނަށް ކިތަންމެ ކޮފީއެއް ބޯންދިނަސް އަދި ކިތަންމެ ދަނޑަކާ ރޭސް ޓްރެކެއް އަޅާނަމޭ ބުންޏަސް ވަރަށް ފަރުވާ ވެގެންނެވެ. ކުލިތައް މައާފްކޮށް، އެކްސްކަވޭޓަރަކާ ދެބަސްތާ ހިލަ ރަށްރަށަށް ގެންދިއުމަކުން ޗަލުވައެއް ނުލެވޭނެއޭ ބުނަމުންނެވެ. ބިންގާތައް އަޅަމުން ދިޔައީ މަޖިލިސް އިންތިޚާބުގައިވެސް އެޅި ބިންގާ މަތީގައިކަން ރައްޔިތުން ތިބީ ވަރަށް ރަނގަޅަށް ލޯ ދީގެން ބަލާށެވެ. ނުނިމުނަސް ރިބަންފަށް ކެނޑުމާއި ވޯޓުލާން ކުޑަތަންވީމާ ނުކުމެ ކަޑަޖެހިއަކަސް މިހާރަކު ބަލައި ނުގަންނާނެކަން ފަހުމްވެއްޖެ ދެއްތޯއެވެ.

މުއިއްޒޫއެވެ. މަހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ގަދަފައި ވިއްދާފައި ފައިސާ ބަހައިގެން ނިކަމެތި ރައްޔިތުންގެ ނިކަމެތިކަން ދައްކަން ތިޔަ ކުރި މަސައްކަތުގެ ހިތިނަތީޖާ ފެންނާނެކަން ގަބޫލު ނުކުރީތީއެވެ. އޭރުވެސް ރައްޔިތުންނަށް އެނގޭ އެއްޗަކީ ތިޔަ ކާންދެނީ ވެންމަސް ވެނަށް ކަމެވެ. ބަހަމުން ތިޔަ ދިޔައީ އެރައްޔިތުންގެ ގުދާރު ބިންދައިގެން ހޯދައި އެރައްޔިތުންގެ ޓެކްސް ފައިސާ ކަމެވެ.

މުއިއްޒޫ އެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ. ވޯޓަށް 24 ގަޑިއިރަށްވީމާ ތިޔަ ފުނޑާލަން އުޅުނީވެސް އެތައް ބައެއްގެ ދިރިއުޅުން ވިއްޔާ އެވެ. ސަރުކާރުގެ ޓެކްސީ ލައިނެކޭ ކިޔައިގެން ތިޔަ ކުޅެލީ ނިކަމެތި އެތައް ރައްޔިތަކު ކާންބޯން ކުރާ އަމިއްލަ މަސައްކަތާއެވެ. ތިޔަކުރި ކަމަކުން އެވެރިންވެސް ނުރުހުމުގެ އިތުރުން ތިޔަގެނައި އެއްޗެއްގެ މަންފާއެއް ރައްޔިތުންނަށް ނުކުރީމާ އެވެރިންވެސް އެވީ ބޮޑު ފޫއްސެއްކަން އެދެއްކީ ވޯޓުންނެވެ.

މުއިއްޒޫ އެވެ. މަނިކުފާނުގެ ބައެއް މިނިސްޓަރުންނާ، ޕީޖީ ލީޑަރު އަދި ސަރުކާރުގެ މޫނުމަތި ރީތިކުރާން ގެންގުޅުނު ކުދިންތައްވެސް އެއުޅުނީ ހާދަހާވާ ހުތުރު ގޮތަކަށެވެ. ގަރުދިޔައާއި ބަތާ ކައިގެން މަޑުންތިބުމަށް ބުނެ އެކުރީ ހާދަހާ މަލާމާތެކެވެ. ތިޔަ ގެންގުޅޭ ބާންދީންތައް ސޯޝަލް މީޑިޔާގައި މީހުންނަށް ހަޑިވެގެންވެސް ނުކިޔާ އެއްޗެއް ނެތެވެ. އޭގެ އަސަރުވެސް ތިޔަކުރީ ބޮޑުތަނުންނެވެ.

މަނިކުފާނެވެ. ބަލި އެވީ ހާދަ ބޮޑުބައްޔަކުންނެވެ. ހުރިހާ އާރަކާ ބާރެއް އަދި ފައިސާއާއި މުޅި ދައުލަތް ކަޅާކޮށްލައިގެން ހަރަދަށްވެސް ކަނޑާލެވޭވަރު ނުވީއެވެ. 80 ޕަސެންޓޭ، މުސްކުޅިވެއްޖެއޭ، ދެން މައްޗަކަށް ނާރާނެޔޭ ބުނެ ތިޔަ ކެނޑި ސަޅިއާއި މަލާމާތް ތިޔަވަނީ އަމިއްލަ އަނގަޔަށެވެ. ގަދަބާރުން އެމްޑީޕީ މީހުންގެ ނަން ނެގުވި ރަށްރަށުންވެސް އެބުނީ ބޮޑުތަނުން ނޫނެކޭއެވެ. އަހަރެމެންގެ ގައުމީ ބަތަލަށްވެސް އެވީ ހާދަ ދެރަގޮތެކެވެ. އެފަކީރަށްވެސް ތިޔަދިނީ ރީތި ލަނޑެކެވެ. ގާސިމު ސޭޓުމެންގެ އުރައްޕަތެއް ނެތްކަންވެސް ހާމަވިއިރު ތިޔަވަނީ ވާނެ ހައެއްޗެއް ވެ ނިމިފަ އެވެ.

މުއިއްޒޫއެވެ. ނިންމާލާނަމެވެ. ވެރިކަމަށް އަންނަން ޖެހީ ހާދަ ބޮޑުމަޅިއެކެވެ. ރޯ ބުހުތާނު ދޮގު ހަދައިގެން އޭރު ޖެއްސީ ރައްޔިތުންނާ ސަރުކާރާއެވެ. ދީނާ ގައުމުގެ ހައްގުގައޭ ބުނެ ދެއްކީ ކޮންފަދަ ނުބައި ވާހަކަ ތަކެއް ހެއްޔެވެ. މިއަދު އެކުރީ އޭގެ އަސަރެވެ. ރައްޔިތުންނަށް އަސްލު ފާޅުވީ އެވެ. ހެދުނު ގޯސް ރޭކާލީއެވެ. ތިޔަބުނާ ރޫޅި، ބައިބައިވެ، ވަސްވެސް ފުހެވިގެންދިޔަކަމަށް ބުނާ އެމްޑީޕީ ހަށިފޮޅާލާފައި އެ ތެދުވީ އެވެ. ބިރުން ހިސާބަކަށް ފަހަތަށް ފިޔަވަޅެއްއެޅި ރައްޔިތުން މޭ ފުއްޕާލާފައި އާއަޒުމެއްގައި އެތެދުވަނީ އެވެ. މަގޭ ބަހެއް އަހާނިއްޔާ އެންމެ ރަނގަޅު ގޮތަކީ އަވަހަށް ތިޔަ ބޮޑު ބަލީގައި ދެންވެސް ފެޔަށް ޖެހިލުމެވެ. ރައްޔިތުން އެބުނި ބޮޑު ނޫނެކޭއަށް އިހުތިރާމްކޮށް އެއްކައިރި ވެލުމެވެ. މަށަކު އިސްތިއުފާ ދޭށެކޭ ނުބުނާނަމެވެ. ގޮތް ނިންމާނީ މުއިއްޒު އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީޤާސިމްއިބްރާހީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު

ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު

04 އެޕްރީލު 2026
3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް

3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް

04 އެޕްރީލު 2026
އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

04 އެޕްރީލު 2026
ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި: ފައިސަލް

ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި: ފައިސަލް

04 އެޕްރީލު 2026
މިއަދު ނެގި ވޯޓުގައި އެމްޑީޕީ އިން ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށްފި، ރައްޔިތުން ބުނީ ނޫނެކޭ: ކުރީގެ ރައީސް ނަޝީދު

މިއަދު ނެގި ވޯޓުގައި އެމްޑީޕީ އިން ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށްފި، ރައްޔިތުން ބުނީ ނޫނެކޭ: ކުރީގެ ރައީސް ނަޝީދު

04 އެޕްރީލު 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު