Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރު

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 72.88 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 5 އިންސައްތައިގެ އިތުރުވުމެއް. އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމާއި ކައުންސިލްތަކުގެ މެޖޯރިޓީ ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީން. މީގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް ވޯޓު ދީފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 5 އެޕްރީލު 2026 | އާދީއްތަ 11:32
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އާންމުންގެ މީހަކު ވޯޓުލާން އައިސް.

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އާންމުންގެ މީހަކު ވޯޓުލާން އައިސް. | ރާއްޖެ އެމްވީ

ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހުގައި އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓުލާފައިވަނީ މި ފަހަރުގެ އިންތިހާބުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ވަގުތީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 294،876 މީހަކަށެވެ. އޭގެތެރެއިން 214،898 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެ އެވެ. މިއީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 72.88 އިންސައްތަ އެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން ބުނީ މީގެކުރިން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކާއި އަޅާބަލާއިރު އެންމެ ގިނަ ބަޔަކު ވޯޓުލާފައިވަނީ މި ފަހަރުކަމަށެވެ. އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ އަޅާބަލާއިރު މި ފަހަރުގެ އިންތިހާބުގައި 5 އިންސައްތަ މީހުން އިތުރަށް ވޯޓުލި އެވެ. 2021 ވަނަ އަހަރު ވޯޓުލީ 189,517 މީހުންނެވެ. މި ފަހަރު ވޯޓުލީ 214،898 މީހުންނެވެ. މިއީ 25،381 މީހުންގެ ތަފާތެކެވެ.

ހެނދުނު 8 ޖެހިއިރު ވޯޓުލާން ފެށި މި އިންތިހާބުތަކުގައި ވޯޓުލުމުގެ ފުރުސަތު ދޭގޮތަށް ފުރަތަމަ އޮތީ ހަވީރު ހަތަރު ޖެހުމާ ހަމައަށެވެ. އެ ވަގުތާ ހަމައަށް 68 އިންސައްތަ މީހުން ވޯޓުލި އެވެ. ކިއޫތައް ބަންދުކުރި ނަމަވެސް ވޯޓުލުން ނިމި ހުރިހާ ފޮއްޓެއް ބަންދުކުރެވުނީ ރޭ ދިހަ ޖަހާއިރު ތިރީސް މިނެޓް ވެފައިވަނިކޮށެވެ.

އިންތިހާބުގެ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީ އިންނެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން ސިޓީތަކުގެ މޭޔަރުކަން ހޯއްދަވާފައިވާ ގޮތަށް ބަލާނަމަ އައްޑޫގެ މޭޔަރުކަމަށް އަލީ ނިޒާރު، މާލޭގެ މޭޔަރުކަމަށް އާދަމް އާޒިމް، ތިނަދޫގެ މޭޔަރުކަމަށް ސައުދު އަލީ، ކުޅުދުއްފުށީ މޭޔަރުކަމަށް މުހައްމަދު އާތިފް، ފުވައްމުލަކު މޭޔަރު ކަމަށް އިސްމާއީލް ރަފީގް ވަނީ ހޮވިފަ އެވެ. މީގެ އިތުރުން ފަސް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ވެސް އެމްޑީޕީ އިން ކާމިޔާބުކޮށްފަ އެވެ.

ސިޓީ ކައުންސިލްތަކުގެ ގޮނޑިތަކުގެ ތެރެއިން މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ސަރުކާރު ފަޅިން އިބްރާހިމް ސަމާހު އެވެ. މާލޭގެ ދެން ހުރި ގޮނޑިތައް ކާމިޔާބުކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. އައްޑޫ ސިޓީ އިން ވެސް ސަރުކާރަށް ލިބުނީ 1 ގޮނޑި އެވެ. އެއީ ހިތަދޫ މޫލެކެ ގޮނޑިއަށް ކުރިމަތިލި ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު އެވެ. ދެން ހުރި ގޮނޑިތައް ކާމިޔާބު ކުރީ އެމްޑީޕީ އިންނެވެ. 

ފުވައްމުލައް ސިޓީ އިން އެމްޑީޕީ އިން ކުރިމަތިނުލާ ގޮނޑި ފިޔަވައި ދެން ހުރި ހުރިހާ ގޮނޑިތަކެއް ކާމިޔާބު ކުރި އެވެ. އެމްޑީޕީ އިން ކުރިމަތި ނުލީ ދަޑިމަގު ގޮނޑި އަށެވެ. އަދި އެ ގޮނޑިއަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން ހޮވުނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް އެވެ. ހަމަ މިފަދައިން ކުޅުދުއްފުށި ސިޓީ އިން ވެސް 1 ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރި އެވެ. ޕީއެންސީއަށް 1 ގޮނޑި ލިބުނު އިރު އެ ގޮނޑި ކާމިޔާބު ކުރީ މިހާރު ވެސް ކައުންސިލަރު އިބްރާހިމް އަހުމަދު އެވެ. 

ތިނަދޫ ސިޓީއަށް ބަލާއިރު، 2 ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރީ އެމްޑީޕީ އިންނެވެ. ޕީއެންސީއަށް ލިބުނީ ހުޅަނގު ދެކުނު އަދި ދެކުނު މެދު ގޮނޑި އެވެ. 4 ގޮނޑި އެމްޑިޕީ އިން ނެގި އެވެ. 

ވަގުތީ ނަތީޖާތައް ދައްކާގޮތުގައި ކައުންސިލުގެ ގިނަ ގޮނޑިތައް ވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީ އިންނެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލަން އާއްމުން ވަނީ ބޮޑުތަކުން ނޫނެކޭ ބުނެފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026އިލެކްޝަންސް ކޮމިޝަންއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތް: ޓްރާންސްޕޭރެންސީ

އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތް: ޓްރާންސްޕޭރެންސީ

05 އެޕްރީލު 2026
ރައްޔިތުން އެބުނީ ބޮޑުތަނުން ނޫނެކޭ، މުއިއްޒު އިސްތިއުފާ!؟

ރައްޔިތުން އެބުނީ ބޮޑުތަނުން ނޫނެކޭ، މުއިއްޒު އިސްތިއުފާ!؟

05 އެޕްރީލު 2026
ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު

ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު

04 އެޕްރީލު 2026
3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް

3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް

04 އެޕްރީލު 2026
އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

04 އެޕްރީލު 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު