Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ބަލި ގަބޫލުކުރެއްވުން

3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީ ސަރުކާރުން ވަނީ ގަބޫލުކޮށްފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 4 އެޕްރީލު 2026 | ހޮނިހިރު 20:08
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި  ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ | ރައީސް އޮފީސް

 ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުން ސަރުކާރަށް ލިބުނު ބަލި ގަބޫލުކުރައްވާ، އިންތިޚާބު ކާމިޔާބު ކުރި ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުޙަބާ ވިދަޅުވެއްޖެ އެވެ.

ވަގުތީ ނަތީޖާތަކުންފެންނަ ގޮތުންއި ލޯކަލް ކައުންސިލުގެ 479 ގޮނޑީގެ ތެރެއިން އެމްޑީޕީ އިން ވަނީ 230 ގޮނޑި ހޯދާފަ އެވެ. އަދި ވެރިކަން ހިންގާ ޕީއެންސީއަށް އަދި ލިބުނީ 202 ގޮނޑި އެވެ. އަދި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް 70 ޕަސެންޓު ރައްޔިތުން ވަނީ ދެކޮޅު ހަދާފަ އެވެ.

Advertisement - newsAdvertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށެވެ. އަދި ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ. 

މި އިންތިޚާބުތަކާއި ދިމާކޮށް އެކި ގޮތް ގޮތުން ސަރުކާރުން ނުފޫޒު ފޯރުވުމާއި ވަޒީފާގެ ބިރު ދެއްކުމުގެ ތުހުމަތު ވަނީ އުފުލިފަ އެވެ. އަދި އިންތިޚާބާއި ގުޅުން ހުރި ކޮރަޕްޝަންގެ އެތައް މައްސަލަ އެއް އިލެކްޝަންސް ކޮމިޝަނާއި، އޭސީސީ އަށް ވެސް އެކި އެކި ފަރާތްތަކުން ވަނީ ހުށަހަޅާފަ އެވެ.

އިންތިޚާބު ފެށެން ކުޑަތަން ވެފައި ވަނިކޮށް ވެސް ސަރުކާރުން އެތައް ވަޒީފާތަކެއް އިއުލާން ކުރި އެވެ. އެމްޑީޕީ އިން އިންތިޚާބު ކާމިޔާބުކޮށްފައި މި ވަނީ މިފަދަ އެތައް ފިއްތުންތަކާއި އެކުގަ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުލޯކަލް ކައުންސިލް އިންތިޚާބު 2026އިލެކްޝަންސް ކޮމިޝަންއޭސީސީއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު

ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު

04 އެޕްރީލު 2026
އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

04 އެޕްރީލު 2026
ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި: ފައިސަލް

ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި: ފައިސަލް

04 އެޕްރީލު 2026
މިއަދު ނެގި ވޯޓުގައި އެމްޑީޕީ އިން ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށްފި، ރައްޔިތުން ބުނީ ނޫނެކޭ: ކުރީގެ ރައީސް ނަޝީދު

މިއަދު ނެގި ވޯޓުގައި އެމްޑީޕީ އިން ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށްފި، ރައްޔިތުން ބުނީ ނޫނެކޭ: ކުރީގެ ރައީސް ނަޝީދު

04 އެޕްރީލު 2026
ސިޓީތަކުން ބުނީ އެމްޑީޕީގެ މޭޔަރުންނާއި އެކު ކުރި ތަޖުރިބާ ރަނގަޅު ކަމަށް: ހުރިހާ ގޮނޑި އެއް އެމްޑީޕީ އަށް!

ސިޓީތަކުން ބުނީ އެމްޑީޕީގެ މޭޔަރުންނާއި އެކު ކުރި ތަޖުރިބާ ރަނގަޅު ކަމަށް: ހުރިހާ ގޮނޑި އެއް އެމްޑީޕީ އަށް!

04 އެޕްރީލު 2026

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު