Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހއ. މުރައިދޫ

މުރައިދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތައް އެމްޓީސީސީން ކުރަމުން ދިޔަ ނަމަވެސް މިވަގުތު މަސައްކަތް ކުރަން ތިބީ 4 ބިދޭސީން: ކައުންސިލް

މުރައިދޫގައި ފަށާފައިވާ މިސްކިތާއި، ޕޮލިސް ސްޓޭޝަން އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް އެމްޓީސީސީން ކުރިއަށް ގެންދަނީ އެންމެ 4 މުވައްޒަފުންނާއެކު ވަރަށް ލަސް ދުވެއްޔެއްގައި. ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، އެރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ އިންތިޚާބުތަކާ ދިމާކޮށް ކަމަށާއި، މިހާރު ވެސް މިމަޝްރޫއުތަކުގެ އަމަލީ މަސައްކަތް މަޑުމަޑުން ނަމަވެސް ކުރިއަށްދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ކަމަށް. އަދި އިންތިޚާބުގެ ފަހުން މަސައްކަތްތައް ކުރިއަށްދާނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 06:49
ހއ. މުރައިދޫ ބަނދަރުގެ 95 އިންސައްތަ މަސައްކަތް ނިންމާފައިވަނީ ކުރީގެ ސަރުކާރުގައި.

ހއ. މުރައިދޫ ބަނދަރުގެ 95 އިންސައްތަ މަސައްކަތް ނިންމާފައިވަނީ ކުރީގެ ސަރުކާރުގައި. | އެމްޓީސީސީ

ހއ. މުރައިދޫ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް މިހާރު އެރަށުގައި މަސައްކަތް ކުރަމުންދަނީ އެމްޓީސީސީގެ އެންމެ 4 ބިދޭސީ މުވައްޒަފުން ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ. 

ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިޔުއެއްގައި އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަބްދުލްކަރީމް އަލީ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގަންނަވައި، ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ ބިންގާ އަޅުއްވައި ދެއްވި ކަމަށާއި، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވި ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ޕޮލިސް ސްޓޭޝަނުގެ މަސައްކަތް، އައު މިސްކިތެއްގެ އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓާފް އަޅައިގެން ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުގެ ބޭރުގެ ފެންސް ޖެހުމުގެ މަސައްކަތް މިސަރުކާރުން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެމަސައްކަތް ކުރިއަށް ނުދާ ކަމަށާއި، ދަނޑު ބޭރުގައި ހުރި ފާރު ވައްޓާލުމުގެ ސަބަބުން ފުޓްބޯޅަ ކުޅޭއިރު، ބޯޅަ ވަލަށް ދާތީ އެކަމުގެ އުދަނގޫ ކުރިމަތިވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. 

މިމަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާކަން ފާހަގަކުރައްވައި އަބްދުލްކަރީމް ވިދާޅުވީ، މިވަގުތު އެރަށުގައި މަސައްކަތް ކުރަމުންދަނީ އެންމެ 4 ބިދޭސީން ކަމަށެވެ. 

އެހެންކަމުން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާން ޖެހޭ ގޮތަށް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމީހުން މަސައްކަތްތައް ކުރިއަށް ގެންދަނީ ވަގުތު ބަހައިގެން ކަމަށެވެ. 

އަޅުގަނޑުމެން ހީކުރީ ވަރަށް ބިޔަ ޕްރޮޖެކްޓެއް ކަމަށް މިތާގައި މިހިންގަނީ. އެފާރު ވައްޓާލައިގެން ފެންސްއެއް ހަމައެކަނި ގޯލާ ދިމާލުގައި ޖަހާލަން މިޖެހެނީ. އެވެސް މުރައިދޫގެ ރައްޔިތުންނަށް މިއަދު ވެފައި މިވަނީ ތަކުލީފަކަށް. އަޅުގަނޑުމެންގެ ޒުވާނުންނާއި ކުޑަކުދިން މިހާރު ބޯޅަ ޖަހާ ކޮންމެ ފަހަރަކު ފާރު ވައްޓާލާފައި އޮތީމަ މިރިހިވަލަށް ބޯޅަ ބަލާ ދާން މި ޖެހެނީ. އެ ހާލަތުގައި އެތަން އޮތީ. އެތަން ވެސް ކުރިއަށް ނުކަނޑާ. އެމްޓީސީސީއާ ހަވާލު ކޮށްފައި އޮތީ. ފުޓްބޯޅަ ދަނޑުގެ ޕްރޮޖެކްޓް، ޕޮލިސް ސްޓޭޝަން އަޅަން އެމްޓީސީސީއާ ހަވާލު ކޮށްފައި އޮތީ، މިސްކިތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ. އެމްޓީސީސީގެ ސައިޓޫގައި މިތާގައި ވޯކް ކުރަނީ 4 ބިދޭސީން. 
ކައުންސިލްގެ ނައިބު ރައީސް އަބްދުލްކަރީމް އަލީ

މިހާރު އެރަށުގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން އިތުރަށް އަބްދުލްކަރީމް ވިދާޅުވީ އެރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ އިންތިޚާބުތަކާ ދިމާކޮށް ކަމަށެވެ. އަދި ކައުންސިލް އިންތިޚާބުގެ ފަހުން މަސައްކަތްތައް ކުރިއަށްދާނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އަބްދުލްކަރީމް ވިދާޅުވީ، ފެނަކަ އިންޖީނުގެއާއި، އައު އޮފީސް އިމާރާތްކޮށް 250 ކިލޯވޮޓްގެ ޖެންސެޓެއް ގެނެސްފައިވާ ކަމަށާއި، ފުޓްބޯޅަ ދަނޑު، އައުޓްޑޯ ޖިމް، ސްކޫލުގެ އައު ފާހަނާ ބަރި އިމާރާތް ކުރުމާއި، އަރޓިފިޝަލް ބީޗެއް ތަރައްގީ ކުރުމުގެ އިތުރުން ފެނުގެ އާރުއޯ ބިލްޑިން އިމާރާތްކޮށް، ފެނުގެ ޚިދުމަތް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އަބްދުލްކަރީމް ވިދާޅުވީ ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް ފެށި ކަމަށާއި، ބަނދަރުގެ 95 އިންސައްތަ މަސައްކަތް ކުރީ ސަރުކާރުގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރާއެކު މި މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަނދަރުގެ ބޭރުގައި ޖަހާފައި އޮތް ހިލަ ތޮށިގަނޑު ކޮޅިގަނޑަކާއެކު ވެއްޓިފައިވާ ކަމަށާއި، އެތަން އަދިވެސް އޮތީ އެގޮތަށް ކަމަށެވެ.

އެމްޓީސީސީއަބްދުލްކަރީމް އަލީހއ. މުރައިދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޓީސީސީ އިން އެމްޑީޕީގެ ކެމްޕެއިން ބެނާތަކަކަށް ގެއްލުންދީ ނަގައިފި

އެމްޓީސީސީ އިން އެމްޑީޕީގެ ކެމްޕެއިން ބެނާތަކަކަށް ގެއްލުންދީ ނަގައިފި

24 މާރިޗު 2026
މުރައިދޫއަށް ޖެންސެންޓް ގެނައި މަންޒަރު ލައިވްކުރި އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަށް ޕީއެންސީގެ އެކްޓިވިސްޓުން ފުރައްސާރަކޮށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފި

މުރައިދޫއަށް ޖެންސެންޓް ގެނައި މަންޒަރު ލައިވްކުރި އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަށް ޕީއެންސީގެ އެކްޓިވިސްޓުން ފުރައްސާރަކޮށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފި

23 މާރިޗު 2026
އެމްއޭސީއެލް ގައި ޑޮލަރު ހުންނާތީ މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑުކޮށްފަ: އާޒިމް

އެމްއޭސީއެލް ގައި ޑޮލަރު ހުންނާތީ މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑުކޮށްފަ: އާޒިމް

18 މާރިޗު 2026
އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

17 މާރިޗު 2026
ކައުންސިލް އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރިޔާސީ ވައުދެއް ކަމަށްވާ ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް އިއުލާން ކުރައްވައިފި

ކައުންސިލް އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރިޔާސީ ވައުދެއް ކަމަށްވާ ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް އިއުލާން ކުރައްވައިފި

13 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު