Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގްރޮކް

ފޭކް ބަދުއަޚުލާގީ މަންޒަރުތައް ފެތުރުމުގެ ނުރައްކާ އޮތުމުން "ގްރޮކް" ޗެޓްބޮޓް ބްލޮކްކުރި ދުނިޔޭގެ ފުރަތަމަ ގައުމަކަށް އިންޑޮނޭޝިއާ ވެއްޖެ

ފޮޓޯތަކުގައި ތިބޭ މީހުންގެ އަންނައުނު ވަކިކޮށްލެވޭ ގޮތަށް ފޮޓޯ ބަދަލުކުރުމުގެ ފުރުސަތު ގްރޮކް އިން ދޭތީ، ބައެއް ގައުމުތަކުން ދަނީ އެކަމާ ދެކޮޅަށް ފާޅުގައި އަޑުއުފުލައި، މަސްކް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދެމުން.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 17:45
ގްރޮކް އާޓިފިޝަލް އިންޓެލިޖެންސް އެޕްލިކޭޝަންގެ ތަސްވީރެއް

ގްރޮކް އާޓިފިޝަލް އިންޓެލިޖެންސް އެޕްލިކޭޝަންގެ ތަސްވީރެއް | ގެޓީ އިމޭޖަސް

އޭއައި ބޭނުންކޮށްގެން އުފައްދާ ފޭކް ބަދުއަޚުލާގީ މަންޒަރުތައް ފެތުރުމުގެ ނުރައްކާ އޮތުމުން، އީލޮން މަސްކްގެ "ގްރޮކް" (Grok) ޗެޓްބޮޓް ބްލޮކްކުރި ދުނިޔޭގެ ފުރަތަމަ ގައުމަކަށް އިންޑޮނޭޝިއާ ވެއްޖެ އެވެ.

އިންޑޮނޭޝިއާގެ ކޮމިއުނިކޭޝަން އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓަރު ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، މީހުންގެ ނުރުހުމުގައި އޭއައި ބޭނުންކޮށްގެން އުފައްދާ ބަދުއަޚުލާގީ "ޑީޕްފޭކް" (deepfakes) ތަކަކީ އިންސާނީ ހައްގުތަކާއި، އިންސާނީ ކަރާމާތާއި، އަދި ޑިޖިޓަލް މާހައުލުގައި ރައްޔިތުންގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ.

"އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ފޭކް ބަދުއަޚުލާގީ މަންޒަރުތަކުގެ ނުރައްކަލުން އަންހެނުންނާއި، ކުޑަކުދިން އަދި އާންމު ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، ސަރުކާރުން މިވަނީ 'ގްރޮކް' އެޕްލިކޭޝަނަށް ވަދެވޭ މަގު ވަގުތީ ގޮތުން ބަންދުކޮށްފައި،" މިނިސްޓަރު މިއުތިއާ ހާފިޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އިންޑޮނޭޝި އާ އިން މި ފިޔަވަޅު އަޅާފައި މިވަނީ، ޑީޕްފޭކްތަކާ ގުޅިގެން ކުރިމަތިވަމުންދާ ފާޑުކިޔުންތައް ކުޑަކުރުމުގެ ގޮތުން، އެކްސް ގައި ގްރޮކް މެދުވެރިކޮށް ފޮޓޯ އުފެއްދުމާއި އެޑިޓްކުރުމުގެ ފުރުސަތު ހަމައެކަނި ފައިސާ ދައްކައިގެން ސަބްސްކްރައިބް ކުރާ މީހުންނަށް މަސްކް ހަނިކުރިތާ އެއް ދުވަސް ފަހުންނެވެ.

ފޮޓޯތަކުގައި ތިބޭ މީހުންގެ އަންނައުނު ވަކިކޮށްލެވޭ ގޮތަށް ފޮޓޯ ބަދަލުކުރުމުގެ ފުރުސަތު ގްރޮކް އިން ދޭތީ، ބައެއް ގައުމުތަކުން ދަނީ އެކަމާ ދެކޮޅަށް ފާޅުގައި އަޑުއުފުލައި، މަސްކް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދެމުންނެވެ. މަސްކް ބުނާ ގޮތުގައި ގްރޮކް ބޭނުންކޮށްގެން ޣައިރުގާނޫނީ އެއްޗެއް އުފައްދާ ކޮންމެ މީހަކަށް ވެސް، އެފަދަ އެއްޗެއް ސީދާ އިންޓަނެޓަށް އަޕްލޯޑް ކުރުމުން ލިބޭ ފަދަ ހަރުކަށި އަދަބު ލިބޭނެ އެވެ.

ނަމަވެސް، ޔޫރަޕްގެ އިސް އޮފިޝަލުންނާއި ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ، ފައިސާ ދައްކާ މީހުންނަށް އެކަނި މި ޚިދުމަތް ހަނިކުރުމަކީ އެ މީހުންގެ ކަންބޮޑުވުންތަކަށް އޮތް ހައްލެއް ނޫން ކަމަށް ބުނެ، މި ހަފުތާގައި އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމާގެ އޮފީހުން ބުނި ގޮތުގައި، މިއީ މިފަދަ ކަންކަމުގެ ޝިކާރައަކަށްވާ މީހުންނަށް ކުރެވޭ "މަލާމާތެއް" ކަމަށާއި، މިއީ އެއްވެސް ހައްލެއް ނޫން ކަމަށެވެ. ޑައުނިންގް ސްޓްރީޓްގެ ތަރުޖަމާނަކު ހުކުރު ދުވަހު ވިދާޅުވީ، "މީގެ މާނަ އަކީ ޣައިރުގާނޫނީ ފޮޓޯ އުފެއްދުމަށް މަގުފަހިކޮށްދޭ އޭއައި ވަސީލަތެއް 'ޕްރީމިއަމް' ޚިދުމަތަކަށް ބަދަލުކުރުމެވެ. 

އިންޑޮނޭޝިއާގެ މިނިސްޓްރީން ބުނީ މި މައްސަލައިގައި މަޝްވަރާ ކުރުމަށް އެކްސްގެ އޮފިޝަލުން ހާޒިރުކޮށްފައިވާ ކަމަށެވެ. 285 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ އިންޑޮނޭޝިއާ ގައި، ބަދުއަޚުލާގީ ކަންކަން ހިމެނޭ އެއްޗެއް އިންޓަނެޓްގައި ފެތުރުމާ ދެކޮޅަށް ވަރަށް ހަރުކަށި ގަވާއިދުތަކެއް އޮވެ އެވެ.

އީލޮން މަސްކްގްރޮކްއިންޑޮނޭޝިޔާޑީޕްފޭކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެކްސް ގެ ސޯޝަލް މީޑިއާ ގައި ޗެޓްބޮޓް ގްރޮކް ބޭނުންކޮށްގެން ބަދުއަޚުލާގީ ފޮޓޯ އުފެއްދުމުގެ ފުރުސަތު ބަންދުކޮށްފި

އެކްސް ގެ ސޯޝަލް މީޑިއާ ގައި ޗެޓްބޮޓް ގްރޮކް ބޭނުންކޮށްގެން ބަދުއަޚުލާގީ ފޮޓޯ އުފެއްދުމުގެ ފުރުސަތު ބަންދުކޮށްފި

09 ޖެނުއަރީ 2026
'ގްރޮކް' އޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯތަކުން ހެދުން ވަކިކޮށް، ބަރަހަނާކުރާ މައްސަލަ ބޮޑުވެއްޖެ

'ގްރޮކް' އޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯތަކުން ހެދުން ވަކިކޮށް، ބަރަހަނާކުރާ މައްސަލަ ބޮޑުވެއްޖެ

02 ޖެނުއަރީ 2026
އިންޑޮނޭޝިއާގައި ބޯޓެއް އަޑިއަށް ގޮސް، ސްޕެއިންގެ އާއިލާއެއް ގެއްލިއްޖެ

އިންޑޮނޭޝިއާގައި ބޯޓެއް އަޑިއަށް ގޮސް، ސްޕެއިންގެ އާއިލާއެއް ގެއްލިއްޖެ

28 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު