Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑޮނޭޝިޔާ

އިންޑޮނޭޝިޔާގެ ފަރުބަދަމަތީ ސަރަޙައްދަކަށް 11 މީހުންނާއެކު ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަން ފަށައިފި

ބޯޓު ހޯދުމުގެ މަސައްކަތުގައި ސާރޗް އެންޑް ރެސްކިއު ޓީމުތަކުގެ އިތުރުން އެއަރފޯސްގެ ހެލިކޮޕްޓަރުތަކާއި، ޑްރޯން އަދި އެއްގަމު މަގުން ހަރަކާތްތެރިވާ ޔުނިޓްތައް ދަނީ ބޭނުންކުރަމުން.

ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 16:34
ޔޮގްޔާކާޓާ އިން މަކަސާރަށް 11 މީހުންނާ އެކު ދަތުރުކުރި އިންޑޮނޭޝިއާގެ މަތިންދާބޯޓެއް ވަނީ ގެއްލިފައި.

ޔޮގްޔާކާޓާ އިން މަކަސާރަށް 11 މީހުންނާ އެކު ދަތުރުކުރި އިންޑޮނޭޝިއާގެ މަތިންދާބޯޓެއް ވަނީ ގެއްލިފައި. | އެކްސް

އިންޑޮނޭޝިޔާގެ މައި ރަށް ކަމަށްވާ ޖާވާ އާއި ސުލަވެސީ އައިލެންޑާ ދެމެދު އޮންނަ ފަރުބަދަމަތީ ސަރަޙައްދަކަށް ތިރިކުރަން އުޅުމުގެ ތެރޭގައި، 11 މީހުންނާއެކު ދަތުރުކުރި ފަސިންޖަރުން އުފުލާ ބޯޓެއްގެ ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފި އެވެ.

ހޮނިހިރު ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އެ ބޯޓު ހޯދުމުގެ ވަރުގަދަ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފަ އެވެ.

އިންޑޮނޭޝިޔާ އެއަރ ޓްރާންސްޕޯޓުން އޮޕަރޭޓްކުރާ "އޭ.ޓީ.އާރް 42-500" މަރުކާގެ މި ބޯޓު ރާޑަރުން ގެއްލުނީ ޔޮގްޔަކާޓާ އިން ސައުތު ސުލަވެސީގެ ވެރިރަށަށް ދަތުރުކުރަނިކޮށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ތަރުޖަމާނު އެންޑާ ޕުރުނާމާ ސާރީ ވިދާޅުވި އެވެ. މި ބޯޓު އެންމެ ފަހުން ރާޑަރަށް ފެނިފައި ވަނީ އެތަނުގެ ގަޑިން މެންދުރުފަހު 01:17 ގައެވެ. އެއީ ސައުތު ސުލަވެސީ ޕްރޮވިންސްގެ ފަރުބަދަމަތީ ސަރަޙައްދެއް ކަމަށްވާ މާރޮސްގެ ލިއަންގް-ލިއަންގް ސަރަޙައްދުންނެވެ.

ސާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ބޯޓު ހޯދުމުގެ މަސައްކަތުގައި ސާރޗް އެންޑް ރެސްކިއު ޓީމުތަކުގެ އިތުރުން އެއަރފޯސްގެ ހެލިކޮޕްޓަރުތަކާއި، ޑްރޯން އަދި އެއްގަމު މަގުން ހަރަކާތްތެރިވާ ޔުނިޓްތައް ދަނީ ބޭނުންކުރަމުންނެވެ.

ބޯޓު ވެއްޓިފައިވާ ތަން ހޯދުމުގެ އުންމީދު ބޮޑުވެފައި ވަނީ، ބުލުސަރައުން ފަރުބަދަ އަށް އެރި ބަޔަކަށް ބޯޓުގެ ބައިތަކެއް ފެނިގެން ރިޕޯޓްކުރުމާ ގުޅިގެންނެވެ. އެމީހުންނަށް ފެނުނު ބައިތަކުގައި އިންޑޮނޭޝިޔާ އެއަރ ޓްރާންސްޕޯޓުގެ ލޯގޯ އާއި، ބައެއް ތަންތަނުގައި އަދިވެސް އަނދަމުންދާ ކުދި އަލިފާންގަނޑުތައް ފެނިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ސައުތު ސުލަވެސީގެ އަސްކަރީ ކޮމާންޑަރު މޭޖަރ ޖެނެރަލް ބަންގުން ނަވޯކޯ ވިދާޅުވި ގޮތުގައި، މި މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބުމާއެކު، ރެސްކިއު ޓީމުތަކުން މިހާރު ދަނީ އެ ސަރަޙައްދަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލުން ބޯޓު ދަތުރުކުރަންވީ މިސްރާބު ރަނގަޅުކުރުމަށް އިރުޝާދު ދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޯޓުގެ ޚަބަރެއް ނުވެ ގެއްލުނު ކަމަށް ސާރީ ވިދާޅުވި އެވެ. އެންމެ ފަހުގެ އިރުޝާދަށްފަހު ރޭޑިއޯ މުއާސަލާތު މެދުކެނޑުމުން، އެއީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. މި ބޯޓުގައި 8 ފަޅުވެރިންނާއި، މިނިސްޓްރީ އޮފް މެރިން އެފެއާޒް އެންޑް ފިޝަރީޒްގެ ތިން މުވައްޒަފުން ތިބިއިރު، ބޯޓު ގެއްލުނީ ސުލްޠާން ޙަސަނުއްދީން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަން ދިޔަ މަގުމަތީގައި އޮންނަ ފަރުބަދަމަތީ ސަރަޙައްދަކުންނެވެ.

ހާދިސާ ހިނގި ވަގުތު މޫސުން ހުރި ގޮތަށް ބަލާއިރު، އުޑުމަތި ބަނަވެފައިވީ ނަމަވެސް 8 ކިލޯމީޓަރުގެ ދުރަށް ފެންނަން ހުރި ކަމަށް ސާރީ ފާހަގަކުރެއްވި އެވެ. ނަމަވެސް، ބުލުސަރައުން ނޭޝަނަލް ޕާކުގެ ފަރުބަދަމަތީގެ އުނދަގޫ ސަރަޙައްދެއްގައި ބޯޓު ހޯދުމުގެ މަސައްކަތް ކުރަންޖެހުމުން އެކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ނަވޯކޯ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ސަކްތީ ވަހްޔޫ ތްރެންގޯނޯ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ މިނިސްޓްރީގެ ތިން މުވައްޒަފުން އެ ބޯޓުގައި ދަތުރުކުރީ އިންޑޮނޭޝިޔާގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި މަސްވެރިކަމާ ގުޅޭ ޚާއްޞަ މިޝަނެއްގައި ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ޖަޒީރާ ޤައުމު ކަމަށްވާ އިންޑޮނޭޝިޔާގައި 280 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭއިރު، 17،000 އަށްވުރެ ގިނަ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް އެންމެ ބޮޑަށް ބަރޯސާވަނީ ވައިގެ މަގަށާއި ކަނޑުގެ މަގަށެވެ. ނަމަވެސް، ސަލާމަތީ މިންގަނޑުތައް ތަންފީޒު ކުރުމުގައި ހުރި ދޯހަޅިކަމުގެ ސަބަބުން ފަހަކަށް އައިސް އެ ޤައުމުގައި އެއްގަމާއި، ކަނޑާއި، ވައިގެ މަގުގައި ހިނގާ އެކްސިޑެންޓްތައް ވަނީ އިތުރުވެފަ އެވެ.

މަސްދަރު: އޭޕީ

އިންޑޮނޭޝިޔާއިންޑޮނޭޝިޔާ އެއަރ ޓްރާންސްޕޯޓުމަތިންދާބޯޓު ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފޭކް ބަދުއަޚުލާގީ މަންޒަރުތައް ފެތުރުމުގެ ނުރައްކާ އޮތުމުން "ގްރޮކް" ޗެޓްބޮޓް ބްލޮކްކުރި ދުނިޔޭގެ ފުރަތަމަ ގައުމަކަށް އިންޑޮނޭޝިއާ ވެއްޖެ

ފޭކް ބަދުއަޚުލާގީ މަންޒަރުތައް ފެތުރުމުގެ ނުރައްކާ އޮތުމުން "ގްރޮކް" ޗެޓްބޮޓް ބްލޮކްކުރި ދުނިޔޭގެ ފުރަތަމަ ގައުމަކަށް އިންޑޮނޭޝިއާ ވެއްޖެ

10 ޖެނުއަރީ 2026
އިންޑޮނޭޝިއާގައި ބޯޓެއް އަޑިއަށް ގޮސް، ސްޕެއިންގެ އާއިލާއެއް ގެއްލިއްޖެ

އިންޑޮނޭޝިއާގައި ބޯޓެއް އަޑިއަށް ގޮސް، ސްޕެއިންގެ އާއިލާއެއް ގެއްލިއްޖެ

28 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު