Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިވާން

ތައިވާނަށް 7.0 ގެ ބާރު މިނުގެ ބިންހެލުމެއް އަތުވެއްޖެ

ތައިވާނުގެ އިރުއުތުރުގައި އައި 7.0 މެގްނިޓިއުޑްގެ ބިންހެލުން ހުރިހާ ހިސާބަކަށް އިހުސާސްކުރެވުނު ނަމަވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވޭ. ގޭސް ލީކުވުމާއި ފެން ލީކުވުންފަދަ ކުދި ގެއްލުންތަކާއި 3،000 އަށް ވުރެ ގިނަ ގެއަށް ވަގުތީ ގޮތުން ކަރަންޓު ކެނޑިފައިވޭ. އާފްޓަރ ޝޮކް ބިންހެލުންތަކަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާ އިން އިލްތިމާސްކޮށްފައިވޭ.

ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 02:06
2024 އޭޕްރީލް 3 ވަަނަ ދުވަހު ތައިވާންގެ ހުއާލިއަން އަށް އައި 7.5 ބާރުމިނުގެ ބިން ހެލުމެއްގައި އިމާރާތެއް އަޅިއަރާލާފައި (ފައިލް)

2024 އޭޕްރީލް 3 ވަަނަ ދުވަހު ތައިވާންގެ ހުއާލިއަން އަށް އައި 7.5 ބާރުމިނުގެ ބިން ހެލުމެއްގައި އިމާރާތެއް އަޅިއަރާލާފައި (ފައިލް)

ހޮނިހިރު ދުވަހު ތައިވާނުގެ އިރުއުތުރުގެ އީލާން އައްސޭރިފަށާ 32 ކިލޯމީޓަރު ދުރުން، 7.0 ބާރު މިނުގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާ އިން ހާމަކޮށްފިއެވެ.

މި ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވެއެވެ.

73 ކިލޯމީޓަރު (45 މޭލު) ފުނުން އައިސްފައިވާ މި ބިންހެލުން ތައިވާންގެ ހުރިހާ ހިސާބަކަށް އިހުސާސް ކުރެވުނު ކަމަށާއި، ވެރިރަށް ތައިޕޭގައި ވެސް އިމާރާތްތަކަށް ލޮޅުން އެރި ކަމަށް އެ އިދާރާ އިން ބުންޏެވެ. މި ބިންހެލުމަކީ ހަތަރުވަނަ ދަރަޖައިގެ ބިންހެލުމެއް ކަމަށް އެ އިދާރާ އިން ފާހަގަކުރިއިރު، އެއީ މާބޮޑު ގެއްލުންތަކެއް ލިބިދާނެ ކަމަށް ލަފާނުކުރެވޭ ގެޓަގަރީއެކެވެ.

ތައިޕޭ ސިޓީގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ، ބިންހެލުމަށްފަހު ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ނުލިބޭ ކަމަށެވެ. ނަމަވެސް، ގޭސް ލީކުވުމާއި ފެން ލީކުވުންފަދަ ކުދިކުދި ގެއްލުންތަކާއި، އިމާރާތްތަކަށް ކުދި ގެއްލުންތައް ލިބިފައިވާ ވަކިވަކި ހާދިސާތަކެއް ފާހަގަކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

ތައިވާން ޕަވަރ ކޮމްޕެނީ އިން ބުނީ، އީލާންގައި 3،000 އަށް ވުރެ ގިނަ ގެއަށް ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން ކެނޑިފައިވާ ކަމަށެވެ.

މޫސުމާބެހޭ އިދާރާ އިން ވަނީ ކުރިއަށް އޮތް ދުވަހު 5.5 އާއި 6.0 އާ ދެމެދުގެ ބާރުމިނުގެ އާފްޓަރ ޝޮކް ބިންހެލުންތަކަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. 

ތައިވާންގެ ރައީސް ލާއި ޗިންގް-ޓެ ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ކަމާބެހޭ ފަރާތްތަކުން ހާލަތު ކޮންޓްރޯލްކޮށްފައިވާ ކަމަށާއި، ފަހުން އަތުވެދާނެ ލޮޅުންތަކަށް ސަމާލުވުމަށް އާންމުންނަށް ގޮވާލައްވާފައެވެ.

ތައިވާން އޮންނަނީ ދެ ޓެކްޓޮނިކް ޕްލޭޓް ގުޅޭ ސަރަހައްދާ ކައިރީގައި ކަމަށް ވުމުން، އެ ގައުމަށް ގިނައިން ބިންހެލުން ކުރިމަތިވެއެވެ. 2016 ވަނަ އަހަރު ތައިވާންގެ ދެކުނުގައި އައި ބިންހެލުމެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވިއިރު، 1999 ވަނަ އަހަރު 7.3 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 2,000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ތައިވާންބިން ހެލުންތައިޕޭލާއި ޗިންގް-ޓެ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
23 ނޮވެމްބަރު 2025

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު