Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑޮނޭޝިއާ

އިންޑޮނޭޝިއާގައި ބޯޓެއް އަޑިއަށް ގޮސް، ސްޕެއިންގެ އާއިލާއެއް ގެއްލިއްޖެ

އަންތަރާ އިން ބުނެފައި ވަނީ ބޯޓުގައި ތިބި މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތް ކޮށްފައިވާ ކަމަށް. އޭގެ ތެރޭގައި ސްޕެއިންގެ ދެ ފަތުރުވެރިންނާއި، ހަތަރު ފަޅުވެރިން މެމްބަރުން އަދި ޓުއަ ގައިޑެއް ވެސް ހިމެނޭ ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 01:25
އިންޑޮނޭޝިއާގެ އީސްޓް ނޫސާ ޓެންގަރާ ޕްރޮވިންސްގެ ލަބޫއާން ބާޖޯގައި ބޯޓު ތަކެއް

އިންޑޮނޭޝިއާގެ އީސްޓް ނޫސާ ޓެންގަރާ ޕްރޮވިންސްގެ ލަބޫއާން ބާޖޯގައި ބޯޓު ތަކެއް

އިންޑޮނޭޝިއާގައި ދަތުރު ކުރަމުން ދިޔަ ފަތުރުވެރިންގެ ބޯޓެއް އަޑިއަށް ގޮސް، ސްޕެއިންގެ އާއިލާއެއް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.  

އިންޑޮނޭޝިއާގެ ސްޓޭޓް ނޫސް އެޖެންސީ އަންޓަރާ އިން ހޮނިހިރު ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ގެއްލިފައި ވަނީ ސްޕެއިންގެ ހަތަރު މީހުންގެ އާއިލާ އެކެވެ. 

ފަތުރުވެރި ކަމުގެ މަޝްހޫރު މަންޒިލެއް ލަބުއާން ބާޖޯ ކައިރީގައި ޕަދަރް އައިލެންޑް ސްޓްރެއިޓްގައި ހުކުރު ދުވަހުގެ ރޭ މި ބޯޓު އަޑިއަށް ގޮސްފައިވާއިރު، އެ ބޯޓުގައި ޖުމުލަަ 11 މީހުން ތިބި ކަމަށް ވަނީ ބުނެފަ އެވެ. 

އަންތަރާ އިން ބުނެފައި ވަނީ ބޯޓުގައި ތިބި މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސްޕެއިންގެ ދެ ފަތުރުވެރިންނާއި، ހަތަރު ފަޅުވެރިން މެމްބަރުން އަދި ޓުއަ ގައިޑެއް ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. ގެއްލިފައިވާ ކަމަށް ބުނާ ސްޕެއިންގެ އެއް އާއިލާގެ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް ގެންދަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. 

ލަބުއާން ބާޖޯ ބަނދަރުގެ އޮތޯރިޓީ އިން މި ހާދިސާ ހިނގި ސަބަބެއް ކަމަށް ބުނެފައި ވަނީ، ތިން މީޓަރު (10 ފޫޓު) އަށް ވުރެ ބޮޑެތި ރާޅު ތަކެއް އުފެދިގެން ކަމަށް ވަނީ ބުނެފަ އެވެ. ބަނދަރު އޮތޯރިޓީގެ ވެރިޔާ ވިދާޅުވެފައި ވަނީ، އެކަމުގެ ސަބަބުން އިތުރަށް މީހުން ހޯދުމުގެ މަސައްކަތް ކުރުމުގައި އެތައް ދަތި ތަކެއް ދިމާވެފައިވާ ކަމަށެވެ. 

ވައިގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވުމުގެ ސަބަބުން، ޕަދަރް އައިލެންޑް ވަނީ ހޮނިހިރު ދުވަހު ފަތުރުވެރިންނަށް ބަންދުކޮށްފައި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. 

އިންޑޮނޭޝިއާގައި ކަނޑުގެ ހާދިސާތައް ގިނައިން ހިނގާއިރު، މިއީ ދެކުނު އޭޝިއާގެ ގާތް ގަނޑަކަށް 17،000 ރަށުން އެކުލެވިގެންވާ ޖަޒީރާ ޤައުމެކެވެ. ގިނަ ފަހަރު މި ފަދަ ހާދިސާތައް ހިނގާފައި ވަނީ މޫސުން ގޯސްވުމުގެ އިތުރުން، ރައްކާތެރި ކަމުގެ މިންގަނޑުން ބޭރު ވެގެންނެވެ. 

މި ހާދިސާގައި ގެއްލިފައިވާ ސްޕެއިންގެ ހަތަރު މީހުންގެ މައުލޫމާތު އަދި ތަފްސީލް މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ވައިގެ ޙާލަތު ގޯސްވެފައި ވުމުގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އިދާރާ ތަކަށް ވަނީ އިތުރު ގޮން ޖެހުން ތަކެއް ކުރިމަތިވެފަ އެވެ. 

މަސްދަރު: އޭއެފްޕީ

އިންޑޮނޭޝިޔާސްޕެއިންލަބުއާން ބާޖޯޕަދަރް އައިލެންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު