Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓް ކުލި

ހިޔާ ފްލެޓުގެ ކުލި 5،300 ރުފިޔާ އަށް ބޮޑުކޮށްފި

31 މާރިޗު 2026 | އަންގާރަ 02:43

އެޗްޑީސީ އިން ހިޔާ ފްލެޓުތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގައި ވަނީ އަންނަ މަހުން ފެށިގެން ފްލެޓުތަކުގެ ޖުމްލަ އަގު ދައްކާ ހަލާސް ކުރެވެންދެން ފްލެޓުތަކުގެ ކުއްޔަކީ 5،300 ރުފިޔާ ކަމަށް. މިއީ މި ސަރުކާރުން ހިޔާ ފްލެޓެއްގެ ކުލި 3،854 ރުފިޔާ އަށް ކުޑަކުރުމުގެ ކުރިން ނަގަމުން އައި ކުލި. ހިޔާ ފުލެޓުތަކުގެ އެއްބަސްވުން ހެދީ މަހު ކުލީގެ ގޮތުގައި 7،500 ރުފިޔާ ދައްކާ ގޮތަށް. ނަމަވެސް ގިނަ ޝަކުވާ ތަކަކާއެކު އެމްޑީޕީ ސަރުކާރުން ވަނީ މަހު ކުލި 5،300 ރުފިޔާ އަށް ކުޑަކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 31 މާރިޗު 2026 | އަންގާރަ 02:43
ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތައް | އެޑިޝަން.އެމްވީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިޔާ ފްލެޓުތަކުގެ ފިނިޝިން ޑިސްކައުންޓު ދޭން ވެގެން ހޯމަ ދުވަހު ގެނައި ބަދަލާއެކު އަންނަ މަހުން ފެށިގެން ހިޔާ ފްލެޓެއްގެ ކުލި 5،300 ރުފިޔާ އަށް ބޮޑުކުރާނެ ކަން ފްލެޓުގެ ވެރިންނަށް އަންގައިފި އެވެ.

އެޗްޑީސީ އިން ހިޔާ ފްލެޓުތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގައި ވަނީ އަންނަ މަހުން ފެށިގެން ފްލެޓުތަކުގެ ޖުމްލަ އަގު ދައްކާ ހަލާސް ކުރެވެންދެން ފްލެޓުތަކުގެ ކުއްޔަކީ 5،300 ރުފިޔާ ކަމަށެވެ. މިއީ މި ސަރުކާރުން ހިޔާ ފްލެޓެއްގެ ކުލި 3،854 ރުފިޔާ އަށް ކުޑަކުރުމުގެ ކުރިން ނަގަމުން އައި ކުއްޔެވެ. ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ބާކި ހުރި އަދަދު ކޮންމެ މަހަކު އުނިކުރަމުން ދާނީ ވެސް މި ރޭޓުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

Advertisement - newsAdvertisement

ހިޔާ ފުލެޓުތަކުގެ އެއްބަސްވުން ހެދީ މަހު ކުލީގެ ގޮތުގައި 7،500 ރުފިޔާ ދައްކާ ގޮތަށެވެ. ނަމަވެސް ގިނަ ޝަކުވާ ތަކަކާއެކު އެމްޑީޕީ ސަރުކާރުން ވަނީ މަހު ކުލި 5،300 ރުފިޔާ އަށް ކުޑަކޮށްފަ އެވެ.

އޭގެ ފަހުން ހިޔާ ފުލެޓުތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދުމަށް ހިޔާގެ ކޮންމެ ފުލެޓެއްގެ ޖުމްލަ ކުލިން 200،000 ރުފިޔާ އުނިކުރި އެވެ. އެއާއެކު އެ ފުލެޓުތަކުގެ ކުލި 3،984 ރުފިޔާ އަށް ކުޑަވި އެވެ.

ދެ އަހަރުގެ ކުލި މާފުކޮށްދޭން އެޗްޑީސީ އިން ގެނައި ބަދަލުގެ ލުއި ލިބެނީ ގަވާއިދުން ކުލި ދައްކަމުން އައިސް އެޗްޑީސީ އަށް ދައްކަން ޖެހޭ އެއްވެސް ފައިސާ އެއް ނެތް މީހުންނަށެވެ. މިއާއެކު ކުރިޔަށް އޮތް ދެ އަހަރު، މީގެ ކުރިން ގަވައިދުން ހިޔާފްލެޓްތަކަށް ކުލި ދައްމުން އައި މީހުންގެ އަތުން ކުލީގެ ގޮތުގައި އެއްވެސް އާމްދަނީ އެއް އެޗްޑީސީ އަކަސް ނުލިބޭނެ އެވެ. 

އެޗްޑީސީ އަށް ފްލެޓުތަކުން ލިބޭ އާމްދަނީގެ ބޮޑު ބަޔަކީ ހިޔާ ފްލެޓުތަކުން ލިބޭ ކުލި ކަމުގައި ވާއިރު މިކަމުގެ ސަބަބުން އެޗްޑީސީގެ ކޭޝްފްލޯ އަށް ބޮޑު ތާށިކަމެއް އަންނާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެޗްޑީސީގެ ބައެއް ވެރިން ވަނީ އެ ކުންފުންޏަށް މާލިގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެތީ މި ބަދަލު ގެންނަން ދެކޮޅު ވެސް ހަދާފަ އެވެ. ނަމަވެސް އިންތިހާބަށް ކުޑަތަންވެފަ އޮއްވާ މިނިންމުން ނިންމީ ސީދާ ރައީސް މުއިއްޒުގެ އޯޑަރަށް ކަމަށް ވެސް ވަނީ މައުލޫމަތު ލިބިފަ އެވެ.

އަވަސް އަރުވާލައިގެން އެންމެ ފަހު ވަގުތު މިކަން ކުރަން ނިންމީ ހުޅުމާލޭގެ ބައެއް ދާއިރާ ތައް ޕީއެންސީ އަށް އުނދަގޫ ވުމާއި ރިފަރެންޑަމް ވޯޓު ކާމިޔާބުކުރަން ދަތި ވާނެ ކަން ސަރުކާރަށް ޔަގީންވާތީ ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ހިޔާ ފްލެޓްޑރ. މުއިއްޒުހުޅުމާލެ ފްލެޓުތަކުގެ ކުލި

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 މާރިޗު 2026

އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

30 މާރިޗު 2026
އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
28 މާރިޗު 2026

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކުރި ފަސް މީހުން ހައްޔަރު ކޮށްފި

28 މާރިޗު 2026
ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކުރި ފަސް މީހުން ހައްޔަރު ކޮށްފި
27 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

27 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު
25 މާރިޗު 2026

ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކޮށްފި

25 މާރިޗު 2026
ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކޮށްފި
24 މާރިޗު 2026

ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

24 މާރިޗު 2026
ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ
22 މާރިޗު 2026

މުއިއްޒަށްވެސް ސަރުކާރަކަށް ނުކެރުނު. ސްޓޭޓް މިނިސްޓަރ ސިއްދީގު ކުރުދޮށިން އެމެރިކާއަށް.

22 މާރިޗު 2026
މުއިއްޒަށްވެސް ސަރުކާރަކަށް ނުކެރުނު. ސްޓޭޓް މިނިސްޓަރ ސިއްދީގު ކުރުދޮށިން އެމެރިކާއަށް.
22 މާރިޗު 2026

3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

22 މާރިޗު 2026
3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް
21 މާރިޗު 2026

ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

21 މާރިޗު 2026
ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟
21 މާރިޗު 2026

ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

21 މާރިޗު 2026
ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ
20 މާރިޗު 2026

އައްޑޫ ސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކާއި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު 2 ޒުވާނަކު ހައްޔަރުކޮށްފި

20 މާރިޗު 2026
އައްޑޫ ސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކާއި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު 2 ޒުވާނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް