Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

ޓްރަމްޕް އަށް އެ އިނާމު އެރުވުމަށް ފަހު، އިންފަންޓީނޯ ވަނީ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އެގޮތުން ލީޑަރެއްގެ ކިބައިން ފެންނަން ޖެހޭ ހުރިހާ ސިފަ ތަކެއް، ޓްރަމްޕްގެ ކިބައިން ފެންނަމުން އަންނަ ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ. އަދި ޓްރަމްޕް އަކީ، ހުރިހާ އެންމެނާ މެދު ވެސް ވިސްނަވާ، އަޅާލައްވާ ލީޑަރެއް ކަމަށް އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2025 | ހޮނިހިރު 04:33
ފީފާގެ ރައީސް އިންފަންޓީނޯ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

ފީފާގެ ރައީސް އިންފަންޓީނޯ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ދޭ ސުލްޙަ އަށް މަސައްކަތް ކުރުމުގެ އިނާމު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އަރުވައިފި އެވެ.

ފުރަތަމަ ފަހަރަށް ފީފާ އިން ދިން މި އިނާމު ޓްރަމްޕް އަށް އަރުވާފައި ވަނީ، ހުކުރު ދުވަހުގެ ރޭ ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. އެމެރިކާގެ ވޮޝިންޓަންގައި ކުރިއަށް ދިޔަ އެ ރަސްމިއްޔާތުގައި ޓްރަމްޕް އަށް އެ ޝަރަފު އެރުވީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.

ޓްރަމްޕް އަށް އެ އިނާމު އެރުވުމަށް ފަހު، އިންފަންޓީނޯ ވަނީ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އެގޮތުން ލީޑަރެއްގެ ކިބައިން ފެންނަން ޖެހޭ ހުރިހާ ސިފަ ތަކެއް، ޓްރަމްޕްގެ ކިބައިން ފެންނަމުން އަންނަ ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ. އަދި ޓްރަމްޕް އަކީ، ހުރިހާ އެންމެނާ މެދު ވެސް ވިސްނަވާ، އަޅާލައްވާ ލީޑަރެއް ކަމަށް އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ.

އެކަން ފާހަގަ ކުރައްވަމުން އިންފަންޓީނޯ ވިދާޅުވީ، އެންމެން ވެސް ބޭނުން ވަނީ ރައްކާތެރި ދުނިޔެއެއްގައި އުޅުމަށް ކަމަށެވެ. އަދި އެންމެން ބޭނުންވާ ކަހަލަ މުޖުތަމައެއް ހޯދުމަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމާ ވޯލްޑް ކަޕާ ގުޅުވާލައި އިންފަންޓީނޯ ވިދާޅުވީ، ބޭނުން ވަނީ އެންމެން ވެސް އެކުވެރިކަަމާ އެކު އުޅުމަށް ކަމަށެވެ. އަދި ވޯލްޑް ކަޕްގެ އެންމެ ބޮޑު މަޤުސަދަކީ ވެސް، އެންމެން އެއްތަން ކުރުވައި، އަދި އެކުވެރި ކުރުވުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ޓްރަމްޕް އަށް އިޝާރާތް ކުރައްވައި އިންފަންޓީނޯ ވިދާޅުވެފައި ވަނީ، ސުލްޙަ ޤާއިމު ކުރުމަށް މިހާތަނަށް ޓްރަމްޕް ކުރައްވާފައިވާ މަސައްކަތާއި، އެކަމުގައި ދައްކަވާފައިވާ ހިތްވަރަށް ބަލާއިރު، ފީފާގެ ސުލްޙަވެރިކަމުގެ އިނާމު ޓްރަމްޕް އަށް ކޮންމެހެން ވެސް ހައްގުވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، މީގެ އެއް އަހަރު ކުރިއަށް ބަލާއިރު އެމެރިކާ އޮތީ ރަނގަޅު ޙާލަތެއްގައި ނޫން ކަމަށެވެ. އެހެން ނަމަވެސް، މިހާރު އެމެރިކާ އަކީ ދުނިޔޭގައި އޮތް އެންމެ ރަނގަޅު، އަދި އެންމެ ހަމަ ޖެހިގެން އުޅެވޭނެ ޤައުމު ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ފީފާގެ އިނާމަަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އެއީ އޭނާގެ ޙަޔާތުގައި ވެސް ލިބުނު އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށެވެ.

ފީފާ އިން ދޭ ސުލްޙަވެރި ކަމުގެ އިނާމު ޓްރަމްޕް އަށް އަރުވާފައިވާއިރު، މިއަހަރުގެ ނޯބެލް ސުލްޙައިގެ އިނާމަށް ވެސް ޓްރަމްޕް ވަނީ ވާދަ ކުރައްވައިފަ އެވެ. އެ އިނާމު އޭނާ އަށް ލިބެން ޖެހޭ ކަމަށް ޓްރަމްޕް އާއި، އޭނާގެ އަރިސް ބޭފުޅުން އަދި ޓްރަމްޕް އަށް ތާއީދު ކުރައްވާ ޤައުމު ތަކުން ހާމަ ކުރަމުން ދިޔަ ނަމަވެސް، ޓްރަމްޕް އަށް ނޯބެލް ސުލްޙައިގެ އިނާމު ލިބިވަޑައިގެންފައި ނުވެ އެވެ.

ފީފާގެ ރައީސް އިންފަންޓީނޯ އާއި، ޓްރަމްޕް އަކީ ވަރަށް ގާތް ގުޅުން އޮންނަ ދެ ބޭފުޅުންނެވެ. ޚާއްސަކޮށް، އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރަށް މިއަހަރުގެ ޖަނަވަރީ މަހު ޓްރަމްޕް ވަޑައިގެންނެވި ފަހުން، ޓްރަމްޕް އާއި އިންފަންޓީނޯގެ ގުޅުން ފާހަގަ ކުރެވެ އެވެ.

އިސްރާއީލް އިން ޣައްޒާގައި ކުރިއަށް ގެންދިޔަ ހަނގުރާމަ ނިންމުމުގެ ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް، މިޞްރުގެ ޝަރަމް އަލް ޝައިޚުގައި ބޭއްވި ބައްދަލުވުމުގައި ވެސް އިންފަންޓީނޯ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ފީފާޑޮނަލްޑް ޓްރަމްޕްފީފާ ވޯލްޑް ކަޕް 2026ޖިއާނީ އިންފަންޓީނޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު