Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިނަރެސް

ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކޮށްފި

ބުދަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10:45 ހާއިރު ވިނަރެސްގައި ދިރިއުޅޭ މީހުންތަކެއް އެއްވެ، އެޗްޑީސީއާ ދެކޮޅަށް ވަނީ އަޑު އުފުލާފައި. ވިނަރެސް ޓަވަރުތައް ހުރި ސަރަހައްދުގައި އެޗްޑީސީން ގާއިމްކޮށްފައިވާ އޮފީހުގެ ދޮރުމަތީގައި ގާތްގަނޑަކަށް ގަޑިއެއް ހާ އިރު ވަންދެން ކުރިއަށް ގެންދިޔަ މި މުޒާހަރާގެ ބައިވެރިން ބުނީ ވިނަރެސް ފްލެޓުތަކުގެ މެއިންޓަނަންސް މަސައްކަތް ކުރުމުގައި ވަރަށް ބޮޑަށް ފެއިލް ވެފައިވާ ކަމަށާއި، ރަނގަޅު ޚިދުމަތެއް ނުދެވޭ ކަމަށް. އަދި ކަންބޮޑުވުންތަކަށް އެދެވޭ ޖަވާބެއް ނުލިބޭތީ މައްސަލަ ހައްލުވަންދެން ސިލްސިލާކޮށް އަޑުއުފުލުމަށް މުޒަހަރާގެ ބައިވެރިން ނިންމާފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 25 މާރިޗު 2026 | ބުދަ 11:03
ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކުރަނީ.

ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކުރަނީ. | ސޯޝަލް މީޑިއާ

ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފެއިލްވެފައިވާ ކަމަށް ބުނެ، މުޒާހަރާ ކޮށްފި އެވެ. 

ބުދަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10:45 ހާއިރު ވިނަރެސްގައި ދިރިއުޅޭ މީހުންތަކެއް އެއްވެ، އެޗްޑީސީއާ ދެކޮޅަށް ވަނީ އަޑު އުފުލާފަ އެވެ. ވިނަރެސް ޓަވަރުތައް ހުރި ސަރަހައްދުގައި އެޗްޑީސީން ގާއިމްކޮށްފައިވާ އޮފީސް ދޮރުމަތީގައި ގާތްގަނޑަކަށް ގަޑިއެއްހާ އިރަށް ކުރިއަށް ގެންދިޔަ މި މުޒާހަރާގެ ބައިވެރިން ބުނީ ވިނަރެސް ފްލެޓުތަގެ މެއިންޓަނަންސް މަސައްކަތް ކުރުމުގައި ވަރަށް ބޮޑަށް ފެއިލް ވެފައިވާ ކަމަށާއި، ރަނގަޅު ޚިދުމަތެއް ނުދެވޭ ކަމަށެވެ. 

ވިނަރެސްގެ ބޭރު ދޮރު ހަލާކުވެ، ސެކިއުރިޓީ ގޮތުން އެއްވެސް ރައްކާތެރި ކަމެއް ނެތް ކަމަށާއި، ބޭނުން ބަޔަކަށް އިމާރާތުގެ ތެރެއަށް ވަދަ ނުކުމެ ހެދޭ ކަމަށް އެމީހުން ބުނެ އެވެ. އަލިފާން ނިއްވާ ސިސްޓަމް ހަލާކުވެފައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ނުކުރާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެ އެވެ.

ވިނަރެސްގެ 1-4 ވަނަ ޓަވަރުގެ ޕާކިން މަސައްކަތް ހުއްޓިފައި އޮތުމާއި، ވިނަރެސް 5-8 ވަނަ ޓަވަރުގެ މަގު ނުހެދި 3 އަހަރު ވެފައިވާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ. 

އެޗްޑީސީން ވިނަރެސް  އެޕަރޓްމަންޓުތައް ވިއްކި އެއްބަސްވުމާއި ހިލާފުވެފައިވާކަން ފާހަގަކޮށް މުޒާހަރާގެ ބައިވެރިން ބުނީ، ގިނަ ކަންބޮޑުވުންތަކާއެކު އެޗްޑީސީއަށް މައްސަލަ ހުށަހެޅި ނަމަވެސް ޖަވާބެއް ނުލިބޭ ކަމަށާއި، އީމެއިލް ކުރި ނަމަވެސް ބައެއް މައްސަލަތަކަށް ދެނީ ވަރަށް ޖެނަރަލް ޖަވާބެއް ކަމަށެވެ. 

ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކުރަނީ.
ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކުރަނީ.
ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކުރަނީ.
ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކުރަނީ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ އެޗްޑީސީގެ އިސްބޭފުޅުންނާ ބައްދަލު ކުރުމަށް މަސައްކަތް ކޮށްފަ އެވެ. އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އެޗްޑީސީގެ އޮފީހަށް މުޒާހަރާގެ ބައިވެރިން ދިޔަ ނަމަވެސް ބިޒީ ކަމަށް ބުނެ އިސްވެރިން ވަނީ މުޒާހަރާގެ ބައިވެރިންނާ ބައްދަލު ކުރުމަށް ދެކޮޅު ހަދާފަ އެވެ. 

އެހެން ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނީ މައްސަލަތަކަށް ހައްލު ލިބެންދެން ނުވަތަ ކަންބޮޑުވުންތަކަށް އެދެވޭ ޖަވާބެއް ލިބެންދެން ސިލްސިލާ ގޮތެއްގައި މިގޮތަށް އެއްވެ އަޑު އުފުލާނެ ކަމަށެވެ. ކޮންމެ މަހަކު މެއިންޓަނަންސްގެ ގޮތުގައި ކުލީގެ އިތުރުން 1000 ރުފިޔާ ދައްކާއިރު، ލިބެން ޖެހޭ ޚިދުމަތް ނު ލިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމީހުން ބުންޏެވެ.

އެޗްޑީސީން ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ މުޒާހަރާ ކޮށްފައިވާއިރު، މީގެ ކުރިން ވެސް ވިނަރެސް ފްލެޓުގައި ހުރި ގިނަ މައްސަލަތައް ފާހަގަކޮށް، އެ މައްސަލަތައް ހައްލު ކުރުމަށް އެ ފްލެޓްތަކުގައި އުޅޭ 510 މީހުންގެ ފަރާތުން އެޗްޑީސީއަށް ސިޓީއެއް ފޮނުވާފައިވެ އެވެ.

ވިނަރެސްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެޗްޑީސީއިހުތިޖާޖު

އިތުރަށް ކިޔާލަން

17 މާރިޗު 2026

އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

17 މާރިޗު 2026
އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި
16 މާރިޗު 2026

އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ

16 މާރިޗު 2026
އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ
16 މާރިޗު 2026

ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީގެ ކެނޑިޑޭޓުންގެ ޕޯސްޓަރުތައް ވީދަނީ، މިނިވަން މުއައްސަސާތައް ނިދީގައި

16 މާރިޗު 2026
ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީގެ ކެނޑިޑޭޓުންގެ ޕޯސްޓަރުތައް ވީދަނީ، މިނިވަން މުއައްސަސާތައް ނިދީގައި
15 މާރިޗު 2026

ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ބިމުން ހިރިމަރަދޫ މީހުންނަށް ގޯތިދޭތީ ހަނިމާދޫ ރައްޔިތުން އިހުތިޖާޖުކޮށްފި

15 މާރިޗު 2026
ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ބިމުން ހިރިމަރަދޫ މީހުންނަށް ގޯތިދޭތީ ހަނިމާދޫ ރައްޔިތުން އިހުތިޖާޖުކޮށްފި
13 މާރިޗު 2026

ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

13 މާރިޗު 2026
ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު