Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީހަކު ރަހީނުކުރުން

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކުރި ފަސް މީހުން ހައްޔަރު ކޮށްފި

28 މާރިޗު 2026 | ހޮނިހިރު 07:49

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރެއިން ބަންގްލަދޭޝް މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި، އެ ގައުމުގެ ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފި. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރަހީނުކޮށްފައި ހުރި މީހާ ވިލިމާލެ އިން ސަލާމަތްކޮށް، އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ. މި މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 28 މާރިޗު 2026 | ހޮނިހިރު 07:49
މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 5 ބިދޭސީންގެ ވަނަވަރު

މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 5 ބިދޭސީންގެ ވަނަވަރު | ޕޮލިސް މީޑިޔާ

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް، އެ މީހާ ރަހީނުކުރި މައްސަލައަކާ ގުޅިގެން ބަންގްލަދޭޝްގެ ފަސް ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. މި މައްސަލަ ހުށަހެޅުމާއެކު، ރަހީނުކޮށްފައިވާ މީހާ ސަލާމަތްކުރުމަށް ފުލުހުން ވަނީ ވަގުތުން ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ފުލުހުން ކުރި މަސައްކަތުން، ރަހީނުކޮށްފައި ހުރި މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެ އިން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ އެ މީހާ ސަލާމަތްކުރުމަށްފަހު، ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފަ އެވެ. ފަރުވާއަށްފަހު އެ މީހާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުންނެވެ. އެއީ އެމްޑީ ހޮސައިން (30 އަހަރު)، އެމްޑީ މެހެދި ހަސަން (34 އަހަރު)، އެމްޑީ ޝާ އަލަމް (39 އަހަރު)، ސާފިފް ހަސަން (38 އަހަރު) އަދި ރަސަލް (20 އަހަރު) އެވެ.

މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން، ފަހަކަށް އައިސް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި މިފަދަ ކުށްތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. 

ހުޅުމާލެ ބަންގްލަދޭޝްވިލިމާލެ މޯލްޑިވްސް ޕޮލިސް ސަރވިސްރަހީނުކުރުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

26 މާރިޗު 2026

ބީއެމްއެލް އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

26 މާރިޗު 2026
ބީއެމްއެލް އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި
24 މާރިޗު 2026

އޭޕްރީލް ތިން ވަނަ ދުވަހުގެ ހިނގާލުމާ ގުޅޭ ގޮތުން އެމްޑީޕީ އިން ފުލުހުންނާ މަޝްވަރާ ކޮށްފި

24 މާރިޗު 2026
އޭޕްރީލް ތިން ވަނަ ދުވަހުގެ ހިނގާލުމާ ގުޅޭ ގޮތުން އެމްޑީޕީ އިން ފުލުހުންނާ މަޝްވަރާ ކޮށްފި
21 މާރިޗު 2026

ހިތަދޫގައި އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް އާއިލާއިން ކުރި ތުހުމަތު ފުލުހުން ދޮގު ކޮށްފި

21 މާރިޗު 2026
ހިތަދޫގައި އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް އާއިލާއިން ކުރި ތުހުމަތު ފުލުހުން ދޮގު ކޮށްފި
20 މާރިޗު 2026

އައްޑޫ ސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކާއި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު 2 ޒުވާނަކު ހައްޔަރުކޮށްފި

20 މާރިޗު 2026
އައްޑޫ ސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކާއި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު 2 ޒުވާނަކު ހައްޔަރުކޮށްފި
18 މާރިޗު 2026

އެއާޕޯޓަށް ދަތުރު ކުރި އުޅަނދެއް ފުރޮޅާލައިފި

18 މާރިޗު 2026
އެއާޕޯޓަށް ދަތުރު ކުރި އުޅަނދެއް ފުރޮޅާލައިފި
18 މާރިޗު 2026

ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: އެ އާއިލާއަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

18 މާރިޗު 2026
ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: އެ އާއިލާއަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި
17 މާރިޗު 2026

ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

17 މާރިޗު 2026
ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް
15 މާރިޗު 2026

ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށްފަހު އުފަންވެލި ފިހާރަތަކުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2026
ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށްފަހު އުފަންވެލި ފިހާރަތަކުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި
15 މާރިޗު 2026

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

15 މާރިޗު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
15 މާރިޗު 2026

ދޮރުން ދޮރަށް ހަރަކާތުން އެނގުނީ އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން: އާޒިމް

15 މާރިޗު 2026
ދޮރުން ދޮރަށް ހަރަކާތުން އެނގުނީ އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް