Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޮލާޝިޕް އުސޫލަށް ގެނައި ބަދަލު

ހައި އެޗީވާސް އުސޫލަށް ގެނައި ބަދަލާއެކު ދަރިވަރުންގެ ހައްގުތަކަށް އުނިކަން އަންނާނެ: އައިޝަތު

ހައި އެޗީވާސް ސްކޮލާޝިޕް ދޭ އުސޫލަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން، ދަރިވަރުންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމަށް ވިދާޅުވެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކަންބޮޑުވުން ފާޅުކުރައްވައިފި. އޭލެވެލްގެ މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ހޯދަން މަޖުބޫރުވާ ގޮތަށް ގެނައި މި ބަދަލުގެ ސަބަބުން، ދަރިވަރުންގެ ގާބިލިއްޔަތު ވަޒަންކުރުމުގެ ބަދަލުގައި ކުރިއަށްދާން އޮތް މަގުތައް ބަންދުވެ، ފުރުސަތުތައް ހަނިވާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވި. އެހެންކަމުން ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބޭނެހެން މި އުސޫލު މުރާޖައާ ކުރުމަށް ޑރ. އައިޝަތު އަލީ ވަނީ ގޮވާލައްވާފައި.

މަޚްތޫމް
މަޚްތޫމް | 30 މާރިޗު 2026 | ހޯމަ 19:30
އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ. | ރައްޔިތުންގެ މަޖިލިސް

ހައި އެޗީވާސް ސްކޮލާޝިޕަށް މަދުވެގެން އެއް އޭ ސްޓާ ހޯދަން ޖެހޭ ގޮތަށް ގެނައި ބަދަލަކީ ސްޓްރީމް މާއްދާތަކުން މަތީ ނަތީޖާއާއެކު ސްކޮލަރޝިޕް ހޯދުމަށް ގަދައަޅާ މަސައްކަތްކުރާ ދަރިވަރުންގެ ޙައްޤުތަކަށް އުނިކަން އަންނާނެ، ބޭއިންސާފު ނިންމުމެއް: ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ އުސޫލަށް ސަރުކާރުން ގެނައި ބަދަލަކީ، ސްޓްރީމް މާއްދާތަކުން މަތީ ނަތީޖާ ހޯދުމަށް ގަދައަޅާ މަސައްކަތްކުރާ ދަރިވަރުންގެ ހައްގުތަކަށް އުނިކަން އަންނާނެ ބޭއިންސާފު ނިންމުމެއް ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ޑރ. އައިޝަތު އަލީ މިހެން ވިދާޅުވީ، ހައި އެޗީވާސް ސްކޮލާޝިޕް ދޭ އުސޫލަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ގެނައި ބަދަލާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދަންވަރުގެ ވަގުތެއްގައި އާންމުކުރި އާ އުސޫލުގައިވާ ގޮތުން، މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލާޝިޕް ދެން ލިބޭނީ އޭލެވެލް އިމްތިހާނުން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ހޯދައިގެންނެވެ. މީގެ ކުރިން މި ސްކޮލާޝިޕް ލިބެނީ ފަސް މާއްދާއިން 'އޭ' ގްރޭޑް ހޯދާ ދަރިވަރުންނަށެވެ. ނަމަވެސް އާ އުސޫލުގެ ދަށުން، އޭލެވެލްގެ ތިން މާއްދާއާއި އެޗްއެސްސީ އިސްލާމާއި ދިވެހި ހިމެނޭހެން ޖުމްލަ ފަސް މާއްދާގެ ތެރެއިން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ލިބެންޖެހޭއިރު، ބާކީ ހަތަރު މާއްދާއިން ދަށްވެގެން 'އޭ' ގްރޭޑް ހޯދަން ޖެހެއެވެ.

މި ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ޑރ. އައިޝަތު އަލީ ވިދާޅުވީ، ދަރިވަރުން ކުރިއަށްދާން އިޚްތިޔާރުކޮށްފައިވާ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް މާއްދާތަކެއްގެ ސަބަބުން، އެކުދިންގެ ކުރިމަގުގެ ފުރުސަތުތައް ހަނިވެގެންދިއުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މިފަދަ ސިޔާސަތުތަކުގެ ސަބަބުން ދަރިވަރުންގެ ހަގީގީ ގާބިލިއްޔަތާއި ހުނަރު ވަޒަންކުރުމުގެ ބަދަލުގައި، އެކުދިންނަށް ކުރިއަށް ދިއުމަށް އޮތް މަގުތައް ބަންދުވެގެންދާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި އުސޫލަށް ގެނައި ބަދަލުގެ ސަބަބުން އަރަބިއްޔާ ސްކޫލުގައި މަތީ ސާނަވީ ނިންމާ ދަރިވަރުންނަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ކުރިމަތިވެފައެވެ. ކުރިން އޮތް ގޮތުންނަމަ، ޝަހާދާ ސާނަވިއްޔާގައި އެ ދަރިވަރަކު ކިޔެވި ސްޓްރީމްގެ ހުރިހާ މާއްދާއަކުން 'އޭ' ފާސް ހޯދުމުން ހައި އެޗީވާސް ސްކޮލާޝިޕް ލިބެއެވެ. ނަމަވެސް އާ އުސޫލުގެ ދަށުން، ޝަހާދާ ސާނަވިއްޔާ ނުވަތަ ގްރޭޑް 11 އަދި 12 ގައި ކިޔަވަންޖެހޭ މާއްދާތަކާއި އެޗްއެސްސީ ދިވެހި ހިމެނޭހެން، އޭގެ ތެރެއިން އެއް މާއްދާއިން 'އޭ ސްޓާ' ހޯދައި، ބާކީ މާއްދާތަކުން 'އޭ' ފާސް ހޯދުން މިހާރު ވަނީ މަޖުބޫރުވެފައެވެ.

ޑރ. އައިޝަތު އަލީ އިތުރަށް ވިދާޅުވީ، އެކަމަނާގެ އުއްމީދަކީ މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ރިއާޔަތްކޮށް، ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ ފަދަ ގޮތަކަށް މި އުސޫލު މުރާޖައާ ކުރެވިގެން ދިއުން ކަމަށެވެ. ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ މަތީ ސާނަވީ އިމްތިހާނުތަކުގެ ފެންވަރު މަތިކުރުމުގެ ނަމުގައި ނަމަވެސް، ތައުލީމީ ދާއިރާގެ ގިނަ ބަޔަކު ދަނީ މި ނިންމުމުގެ ސަބަބުން ދަރިވަރުންނަށް ލިބޭ ފުރުސަތުތައް މަދުވެގެންދާނެ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕްޑރ. އާއިޝަތު އަލީހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއޭލެވެލް

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2026

ވިލާކޮލެޖާއި ހަވާލުކޮށްގެން ކެނދިކުޅުދޫގައި ހަދާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

16 ފެބުރުއަރީ 2026
ވިލާކޮލެޖާއި ހަވާލުކޮށްގެން ކެނދިކުޅުދޫގައި ހަދާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި
24 ޑިސެމްބަރު 2025

ހައިދަރު ވިދާޅުވީ ބޭރުގައި ތިބި ދަރިވަރުން ފައިސާ ނުލިބިގެން ޝަކުވާ ނުކުރާ ކަމަށް!

24 ޑިސެމްބަރު 2025
ހައިދަރު ވިދާޅުވީ ބޭރުގައި ތިބި ދަރިވަރުން ފައިސާ ނުލިބިގެން ޝަކުވާ ނުކުރާ ކަމަށް!
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
08 އޯގަސްޓު 2025

11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން

08 އޯގަސްޓު 2025
11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން
30 އެޕްރީލު 2025

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު