Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުރާވަރު ކޭމްޕް

ފުރާވަރު ކޭމްޕުގެ މަގުސަދަކީ ސްކޫލް ދަރިވަރުންނަކީ އަހުލާގީ ގޮތުން ހެޔޮލަފާ ދަރިވަރުންތަކަކަށް ހެދުން: އެޑިއުކޭޝަން މިނިސްޓަރު

6 ފެބުރުއަރީ 2023 | ހޯމަ 03:22

ސްކޫލުގައި ނަމޫނާ ދަރިވަރުންތަކެއްގެ ގޮތުގައި ދެމިތިބުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ފެބުރުއަރީ 2023 | ހޯމަ 03:22
ފުރާވަރު ކޭމްޕް ނިމުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަފުޅުދައްކަވަނީ

ފުރާވަރު ކޭމްޕް ނިމުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަފުޅުދައްކަވަނީ

ފުރާވަރު ކޭމްޕަކީ ވަރަށް މާތް މަގުސަދެއްގައި ފުލުހުން ކުރިއަށްގެންދާ ކޭމްޕެއްކަމަށާއި މި ކޭމްޕުގެ މަގުސަދަކީ ސްކޫލް ދަރިވަރުންނަކީ އަހުލާގީ ގޮތުން ހެޔޮލަފާ ދަރިވަރުންތަކަކަށް ހެދުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ ހުޅުމާލެ، ހުރަވީ ސްކޫލުގައި ކުރިއަށް ގެންދިޔަ 95 ވަނަ ފުރާވަރު ކޭމްޕް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޭމްޕް ނިންމައި، ދަރިވަރުން ކިޔަމުންދިޔަ އަޒުމުގައިވާ ކަންތައްތަކާމެދު ވިސްނައި ފިކުރުކޮށް ކުރިއަށް އޮތް ތަނުގައި އެކަންކަން އަމަލީގޮތުން ދެމެހެއްޓުމުގެ އަޒުމާއި ހިތްވަރު ހުރި ދަރިވަރުންތަކަކަށް ވެވޭތޯ ގަދައަޅައި މަސައްކަތްކުރަންވާނެކަމަށެވެ. އަދި ދަރިވަރުންނަކީ ރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން، ކުދިންގެ އުމުރާ ގުޅޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލު ކުރާ ދަރިވަރުންތަކަކަށްވުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، އެއީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި، ވަކިން ހާއްސަކޮށް ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން އަދި މުދައްރިސުން ދެއްވާ މުހިންމު އިރުޝާދުތަކަށް ފުރިހަމައަށް ތަބާވާ ދަރިވަރުންތަކެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތް ކުރަންވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޭމްޕުން ދަސްވި ފިލާވަޅުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެން، އެކަކު އަނެކަކާ ބައްދަލުވާ ހިނދު އިސްލާމީ ރިވެތި ސަލާމުން ސަލާން ގޮވުމަކީ ކޭމްޕުގައި ދަރިވަރުން ޕްރެކްޓިސްކުރި ވަރަށް މުހިންމު ކަމެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައިވެސް، އިސްލާމީ ރިވެތި ސަލާމުން ސަލާން ގޮވާ ދަރިވަރުންތަކަކަށް ވާންވާނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އަދި ދަރިވަރުންނަކީ ދިރިއުޅުމުގެ އަދަބުތަކާއި، ރީތި އާދަތަކުގެ މަތީގައި ދިރިއުޅުން ކުރިއަށް ގެންދިއުމުގައި ސިފަވަންތަ ދަރިވަރުންގެ ގޮތުގައި ދެމިތިބޭނެ ކަމުގައި އުންމީދު ކުރައްވާ ކަމަށާއި ސްކޫލުގައި ނަމޫނާ ދަރިވަރުން ތަކެއްގެ ގޮތުގައި ދެމިތިބުމަށް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ކޭމްޕުން ދަރިވަރުންނަށް ވަރަށް ގިނަގުނަ ފިލާވަޅުތަކެއް ލިބިގެންދިޔަކަމަށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތަކުން ދުރުހެލިވުމާއި ސައިބަރ ކުށްތަކުން ރައްކާތެރިވުމުގެ އިތުރުން ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކަށް ސަމާލުވެތިބުމަށް ދަރިވަރުންނަށް ގޮވައިލެއްވިއެވެ.

ހަމައެހެންމެ މުޅި ކޭމްޕުގައި ވެސް އެއް ޓީމެއްގެ ގޮތުގައި އެއް އާއިލާއެއްގެ ގޮތުގައި އެއް ވިސްނުމެއްގެ ގޮތުގައި އެކުވެރިކަމާއި އެހީތެރިކަމާއި އޯގާތެރިކަމުގެ މާތް ސިފަތައް ދަސްކޮށްފައިވާކަމަށާއި އެހެންކަމުން ކުދިން ސްކޫލު ދައުރު ނިމި، ޒިންމާދާރު އަދި ދިވެހި ގައުމުދެކެ ލޯބިވާ ދަރިންތަކެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރާތަން ފެނުމަކީ ދެކެން ބޭނުންވާ ދުވަހެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއަދު ލިބިފައިވާ ރަނުގެ ފުރުސަތު ވީހާވެސް ރަނގަޅަށް ހިފައި މައިންބަފައިންނާއި ކުދިންގެ ރަށާއި ދިވެހި ގައުމު ފަހުރުވެރިވާފަދަ ބަޔަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް ގޮވައިލެއްވިއެވެ.

އޭގެ އިތުރުން ބެލެނިވެރިން، ކޭމްޕުގެ މުދައްރިބުންނަށް އިތުބާރުކޮށް ދަރިވަރުން މުދައްރިބުންނާ ހަވާލުކޮށްފައިވަނީ ވަރަށް މާތް މަގުސަދެއް ހާސިލުކުރުމަށްކަމަށް ވިދާޅުވިއެވެ. އަދި ފުރާވަރު ކޭމްޕުން ދަރިވަރުންނަށް ނުހަނު ގިނަގުނަ މައުލޫމާތުތަކަކާއި، އިސްލާމީ ރިވެތި އާދަތަކާއި، އެހެން މީހުންނާ މުއުމަލާތުކުރާނެ ރިވެތި ގޮތްތަކާއި، އާންމު ދިރިއުޅުމުގައި އެކުދިންނަށް ބޭނުން ކުރެވިދާނެ ގިނަގުނަ ކަންތައްތަކެއް ދަސްކުރެވިފައިވާނެކަމަށް ވިދާޅުވިއެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި ބެލެނިވެރިންގެ ފަރާތުން ވެސް، މިކަންތައްތައް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މުދައްރިބުންނާ މުހާތަބުކުރައްވައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، މުދައްރިބުންގެ އަގުހުރި ވަގުތުތައް ގުރުބާންކޮށް މި ކޭމްޕަށްޓަކައި ވަގުތު ހުސްކޮށްލަދެއްވީތީ ޝުކުރު އަދާކުރެއްވިއެވެ. އަދި މުދައްރިބުން ދައްކުވައިދިނީ ދަރިވަރުންގެ ހައްގުގައި ކުރިމަތިލާންޖެހުނު ކޮންމެކަމަކާ ވެސް، ވަރުބަލިކަމެއްނެތި ކުރިމަތިލުމުގެ ގާބިލުކަން ކޮންމެ މުދައްރިބެއްގެ ކިބައިގައި ހުރިކަންކަމަށާއި މުދައްރިބުން ވެސް ދާނީ ކޭމްޕުން މުހިންމު މައުލޫމާތުތަކެއް ހިފައިގެންކަން ޔަގީންކުރައްވާ ކަމަށް އަދި އެ މައުލޫމާތުތަކަކީ ބޭކާރު ގޮތުގައި ދޫކޮށްލެވޭ މައުލޫމާތުތަކަކަށް ނުހެދުމަށް އަޒުމުކަނޑައެޅުމަށް މުދައްރިބުންނަށް އިލްތިމާސްކުރެއްވިއެވެެ. އަދި ކޭމްޕުން ދަސްކުރި އެކި ކަހަލަ އުކުޅުތައް ދެމެހެއްޓެނިވި ގޮތަކަށް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުމަށާއި ކިޔަވައިދޭ ކުލާސްތަކުގައި ބޭނުންކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ހުރަވީ ސްކޫލުގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕުގައި އެ ސްކޫލުގެ 39 އަންހެން ދަރިވަރުންނާއި 54 ފިރިހެން ދަރިވަރުން ހިމެނޭހެން ޖުމްލަ 93 ދަރިވަރުން ބައިވެރިވެ ކޭމްޕް ފުރިހަމަކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީމޯލްޑިވްސް ޕޮލިސް ސަރވިސްފުރާވަރު ކޭމްޕު

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް