Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެޑިޔުކޭޝަން ވޯލްޑް ފޯރަމް

އެޑިޔުކޭޝަން ވޯލްޑް ފޯރަމްގައި އެޑިއުކޭޝަން މިނިސްޓަރ ބައިވެރިވެވަޑައިގެންފި

ތަޢުލީމީ ނިޒާމަށް އަންނާނެ ބަދަލުތަކާއި ދިމާވާނެ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 މެއި 2023 | އަންގާރަ 13:59
އެޑިއުކޭޝަން ވޯލްޑް ފޯރަމް ސަމިޓުގެ ބައިވެރިން

އެޑިއުކޭޝަން ވޯލްޑް ފޯރަމް ސަމިޓުގެ ބައިވެރިން

އެޑިޔުކޭޝަން ވޯލްޑް ފޯރަމް 2023 ގައި ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

3 ދުވަހަށް ދެމިގެންދާ މި ފޯރަމްގެ މަޤްސަދަކީ ތަޢުލީމީ ނިޒާމަށް އައިސްފައިވާ ބަދަލުތަކާއި އެ ކަންކަމުން ދަސްވި ފިލާވަޅުތަކަށް ރިއާޔަތްކޮށް، ދިގު މުއްދަތެއްގައި ތަޢުލީމީ ނިޒާމަށް އަންނާނެ ބަދަލުތަކާއި ދިމާވާނެ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމްގެ ސެޝަންތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާއާ ގުޅުންހުރި ފަރާތްތަކުގެ ވިލުނުވެރިކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، މީހުންގެ ކިބައިގައި ހުންނަ ރަނގަޅު އާދަތަކާއި، ޢިލްމާއި، ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ސިޔާސަތުތައް ހޯދާބެލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަޢުލީމުގެ މައިގަނޑު އަމާޒުތަކަށް ވާޞިލުވުމަށްޓަކައި ލީޑަރޝިޕާއި ބަދަލުވަމުންދާ ޓެކްނޮލޮޖީގެ މުހިންމުކަމަށް އަލިއަޅުވާލާނެއެވެ.

މި ސެޝަންތަކުގައި ހުށަހަޅާ ޚިޔާލުތަކުގެ ޒަރީއާއިން ބައިވެރިންނަށް، އެ ބައިވެރިން ނިސްބަތްވާ ޤައުމުތަކުގެ ތަޢުލީމީ ދާއިރާ އެންމެ ރަނގަޅުކުރެވޭނެ ގޮތްތަކަކީ ކޮބައިކަމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަގާފަތަށް އެންމެ އެދެވޭ ނޫފޫޒެއް ފޯރުވޭނީ ކޮން ކަންތައްތަކަކުން ކަން ދެނެގަނެވޭނެއެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ސެޝަންތަކުގެ ތެރޭގައި ބަވަނަވަމުންދާ ދުނިޔޭގައި ދެމެހެއްޓެނިވި ތަޢުލީމުގެ މުޙިންމުކަމަށް ރިއާޔަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، މި ފޯރަމަކީ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހުރިހާ ހަރުފަތެއްގައިވެސް ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ސިޔާސަތުތަކާއި ޢަމަލުކުރެވެމުންދާ އުސޫލުތަކުގެ މިސްރާބު ބަދަލުކުރުމަށް ލިބޭ އެހީއެކެވެ.

އެޑިޔުކޭޝަން ވޯލްޑް ފޯރަމް ބާއްވަނީ އަހަރަކު އެއް ފަހަރު، އިނގިރޭސިވިލާތުގެ ލަންޑަންގައެވެ. އަދި މިއީ ދުނިޔޭގެ ޤައުމުތަކުން އެންމެ ގިނަ ތަޢުލީމީ ވަޒީރުންނާއި ތަޢުލީމާ ބެހޭ މުފައްކިރުން އެއްތާކުން ބައްދަލުވެ، ތަޢުލީމީ ދާއިރާ ކުރިއަރުވާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ތަޖުރިބާ ޙިއްޞާކުރުމަށް ބޭއްވޭ މިފަދަ އެންމެ ބޮޑު ފޯރަމެވެ. މޭ 7ން 10ށް ކުރިއަށްދާ މި ފޯރަމްގައި މި އަހަރު ދުނިޔޭގެ އެކި ޤައުމުތަކުން 117 ތަޢުލީމާ ބެހޭ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އެޑިއުކޭޝަން ވޯލްޑް ފޯރަމްޑރ. އާއިޝަތު އަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު