Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓޫޑެންޓް ލޯން

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

ކޯސް ފީ ޖަމާ ކުރަނީ އެދަރިވަރަކު ކިޔަވަމުންދާ ޔުނިވަރސިޓީއަކުން ކޯސް ފީ ގެ އިންވޮއިސް މިނިސްޓްރީއަށް ލިބުމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2025 | ބުދަ 07:48
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވާހަކަދައްކަވަނީ - ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވާހަކަދައްކަވަނީ - ފައިލް ފޮޓޯ

ސްޓޫޑަންޓު ލޯނުތަކާއި ސްކޮލަޝިޕުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވަނީ ހުށަހަޅާ މައުލޫމާތު ފުރިހަމަ ނުވުމާއި، އެ ފައިސާ ޖަމާކުރަން ޖެހޭ ބޭންކު އެކައުންޓުގެ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ މިނިސްޓްރީން އިއުލާންކުރާ ސްކޮލަރޝިޕް ފުރުސަތުތަކުގެ ދަށުން ރާއްޖޭން ބޭރަށް ކިޔަވަންދާ ދަރިވަރުން ފުރުމުގެ ކުރިން ފައިސާގެ ކަންކަން ހަމަޖެއްސޭހައި ވަގުތު އޮއްވައި ދަރިވަރު ފުރާ ދުވަސް މިނިސްޓްރީއަށް އެންގުމަށްފަހު ފުރާނަމަ އެ ދަރިވަރަކަށް 2 މަސް ދުވަހުގެ ސްޓައިޕެންޑާއި ކަނޑައެޅިފައިވާ އެހެނިހެން ބައެއް ކަންކަމަށްދޭ ފައިސާ ޔޫއެސް ޑޮލަރުން އެ ދަރިވަރަކާ ހަވާލު ކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިނިސްޓަރު ހައިދަރު ވިދާޅުވީ ޓިއުޝަން ފީ ދެއްކުމަށާއި، ސްޓައިޕަންޑް ޖަމާކުރުމަށްޓަކައި މިނިސްޓްރީއާއި ދަރިވަރުން ހިއްސާކުރާ ބޭރުގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ބައެއް ހާލަތްތަކުގައި ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ޖަމާކުރުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި މައުލޫމާތު ފުރިހަމަ ކުރުމަށް އެދި އަލުން ޔުނިވަރސިޓީއަށާއި، ދަރިވަރިވަރަށް އެންގޭ ކަމަށާއި، މި މައުލޫމާތުތައް ފުރިހަމަ ކުރުމަށްފަހު އަލުން މިނިސްޓްރީއަށް ހުށަހެޅުމުގައި ވެސް ވަގުތު ހޭދަވާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މިއީ ފައިސާ ޖަމާކުރުމުގައި ލަސްތައް ދިމާވާ މައިގަނޑު ސަބަބުކަން ފާހަގަކުރައްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ އެކައުންޓް މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ޖަމާކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކައި ފައިސާ ޖަމާކުރުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު ހިމެނޭގޮތަށް މައުލޫމާތު ކަރުދާހެއް ތައްޔާރުކޮށް ދަރިވަރުންނާއި ހިއްސާ ކުރާ ކަމަށެވެ. އެއީ ބޭންކްގެ މައުލޫމާތު ފުރިހަމަ ނުވުމުން ފައިސާ ޖަމާކުރުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ކަމަށް މިނިސްޓަރު ހައިދަރު ލިޔުމުން ފޮނުވާފައިވާ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

ދެން ދަރިވަރަށް އިރުޝާދު ދެނީ އެދާއިރާގެ ގައުމަކަށް ގޮސް އެ ގައުމެއްގެ ލޯކަން ބޭންކެއްގައި އެކައުންޓެއް ހުޅުވައި އެ އެކައުންޓަށް ފައިސާ ފޮނުވުމަށް ކޮންމެހެން ބޭނުންވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއިން އަންގާފައިވާ މައުލޫމާތުތައް ލަސްނުވެ ފޮނުވުމަށެވެ. ދަރިވަރުން ފޯރުކޮށްދޭ މައުލޫމާތުގެ އަލީގައި ސްޓައިޕަންޑް ޖަމާކުރެވެނީ އެ ދަރިވަރަކު ތައުލީމު ހާސިލު ކުރަމުންދާ ގައުމެއްގައި ހުޅުވާފައިވާ އެ ދަރިވަރުގެ ބޭންކް އެކައުންޓަށެވެ. ސްޓައިޕަންޑް ޖަމާކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު ދެ ފަހަރުއެވެ. އެއީ ދަރިވަރު ކިޔަވަމުން އެބަދާކަން ދަރިވަރު ކިޔަވާ މަރުކަޒުން މިނިސްޓްރީއަށް އެންގުމުންނެވެ. ޓިއުޝަން ފީ ދެއްކުމަށާއި، ސްޓައިޕަންޑް ޖަމާކުރުމަށްޓަކައި މިނިސްޓްރީއާއި ދަރިވަރުން ހިއްސާކުރާ ބޭރުގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ބައެއް ހާލަތްތަކުގައި ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ޖަމާކުރުމުގައި ދަތިތަކާ ކުރިމަތިވެއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ލިޔުމުން ފޮނުވާފައިވާ ޖަވާބުގައި ވިދާޅުވި

މިނިސްޓަރު ހައިދަރު ވިދާޅުވީ ސްކޮލަރޝިޓް ފުރިހަމަ ކުރަމުންދާ ދަރިވަރުންގެ ޓިއުޝަން ފީ ޖަމާކުރަމުންދަނީ އެ ދަރިވަރަކު ކިޔަވަމުންދާ ޔުނިވަރސިޓީއަކުން ޓިއުޝަން ފީ އިންވޮއިސް މިނިސްޓްރީއަށް ލިބުމުން ކަމަށެވެ. އެހެންކަމުން އިންވޮއިސް ލިބުމުން ލަސްވާނަމަ ފައިސާ ވަގުތަށް ޖަމާވުން ލަސްވާ ހާލަތް ވެސް ދިމާވާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކަން ހައްލު ކުރުމަށް ދަރިވަރުންނަށް ޓިއުޝަން ފީ ޖަމާކުރާނެ ގޮތުގެ ޝެޑިއުލް ތައްޔާރުކޮށް ޝެޑިއުލްކޮށްފައިވާ ތަރީހަށް ފައިސާ ޖަމާކުރުމަށް ބޭނުންވާ އިންވޮއިސް މިނިސްޓްރީން ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ހައިދަރު ވިދާޅުވީ ލޯނުގެ ފައިސާ ޖަމާކުރަނީ ދަރިވަރު ކަނޑައަޅައި ލޯނު އެގްރީމަންޓުގައި ހިމަނައި ބަޔާންވެފައި އޮންނަ ދިވެހި ރުފިޔާ އެކައުންޓަށް ކަމަށެވެ. ފުރަތަމަ ޕޭމަންޓަށްފަހު ދެން ކޮންމެ ޕޭމަންޓެއް ވެސް ޖަމާކޮށްދެނީ ދަރިވަރު ކިޔަވާ މަތީތައުލީމު ދޭ މަރުކަޒުގައި އެދަރިވަރު އެބަ ކިޔަވަމުންދާކަން އެމަރުކަޒުން މިނިސްޓްރީއަށް އެންގުމުން އެގްރީމަންޓުގައި ކަނޑައެޅިފައިވާ ތަރީހުތަކެއްގައިކަން ފާހަގަކުރެއްވިއެވެ.

އެއީ ކިޔަވަމުން ނުދާ ދަރިވަރެއްގެ ނަމުގައި ފައިސާ ހަރަދު ކުރެވެމުން ދިޔުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށާއި، މިލިޔުން ފޮނުވަން ވީ ގޮތުގެ އިރުޝާރު ދަރިވަރުންނަށް ދީފައި އޮތްނަމަވެސް ބައެއް ދަރިވަރުން އެގޮތަށް އެކަންކުރުމުގެ ބަދަލުގައި ޕްރޮގްރާމް ފެށުމަށް ދޫކޮށްފައި އޮންނަ ޕްލޭސްމަންޓު ލެޓަރ ފަދަ ދަރިވަރު ކިޔަވަމުންދާކަން ކަށަވަރު ކުރެވެން ނެތް ލިޔުން ހުށަހަޅާ ކަމަށް ވެސް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަބަބާއި ގުޅިގެން ވެސް ފައިސާ ދޫކުރުން ލަސްވާ ކަމަށެވެ.

ސްޓޫޑެންޓް ލޯންސްކޮލަރޝިޕްހަޔަރ އެޑިޔުކޭޝަން މިނިސްޓްރީޑރ. އަލީ ޙައިދަރުރާއްޖޭން ބޭރުގެ ޔުނިވަރސިޓީތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ކިހާދޫ ޓިވެޓް ސެންޓަރުގެ މައްސަލަ އާއި މީޑިއާ ކޮމިޝަނަށް މެމްބަރުން އައްޔަންކުރާ މައްސަލަ ހިމަނައި އަންގާރަ ދުވަހުގެ ޖަލްސާގެ  އެޖެންޑާ އާންމުކޮށްފި

ކިހާދޫ ޓިވެޓް ސެންޓަރުގެ މައްސަލަ އާއި މީޑިއާ ކޮމިޝަނަށް މެމްބަރުން އައްޔަންކުރާ މައްސަލަ ހިމަނައި އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފި

20 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު

ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ރައީސް ސާލިހް ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ ބިންގާ ޑރ މުއިއްޒު ސަރުކާރުން އަޅައިފި

ރައީސް ސާލިހް ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ ބިންގާ ޑރ މުއިއްޒު ސަރުކާރުން އަޅައިފި

18 އެޕްރީލު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު