Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްމައިލް އޮން ކެމްޕެއިން

ހަނގާގެ ޝިކާރައަކަށްވުމުގެ ކުރިން ދަރިވަރުންނަށް ހަނގާ ނުކުރުމަށް ދަސްކޮށްދޭންޖެހޭ: އެޑިއުކޭޝަން މިނިސްޓަރ

26 ފެބުރުއަރީ 2023 | އާދީއްތަ 13:14

ހަނގާ ކުރުމަކީ ބާރުގެ ބޭނުންކުރުމާއެކު ޤަސްދުގައި ކުރާ އަމަލުތައް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ފެބުރުއަރީ 2023 | އާދީއްތަ 13:14
ސްމައިލް އޮން ކެމްޕޭންގެ ތެރެއިން

ސްމައިލް އޮން ކެމްޕޭންގެ ތެރެއިން

ހަނގާގެ ޝިކާރައަކަށްވުމުގެ ކުރިން ދަރިވަރުންނަށް ހަނގާ ނުކުރުމަށް ދަސްކޮށްދޭންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ސްމައިލް އޮން ކެމްޕެއިންގެ ދަށުން ރާއްޖޭގެ ސްކޫލުތަކުގައި ހަނގާކުރުމުން ދުރުހެލިވުމަށާއި ރައްކާތެރިވުމަށް ހިންގާ ޚާއްސަ ހަރަކާތްތައް މުހްޔިއްދީން ސްކޫލުގައި އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް އެންމެ ފުރިހަމައަށް އުނގެނޭނީ ފަހި މާހައުލެއް ޤާއިމުކޮށްދީގެން ކަމަށެވެ. އަދި ތައުލީމީ ނިޒާމުގައި ހަނގާ ކުރުން ހުއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ މުހިންމު ވައުދުފުޅެއް ކަމަށެވެ.

މިކަމަށް އުސޫލެއް އެކުލަވާފައިވާ ކަމަށާއި އެހެންނަމަވެސް ކުދިން އަދިވެސް ހަނގާގެ ޝިކާރައަކަށްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ސްމައިލް އޮން ކެމްޕެއިނަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ އެއް މަސް ދުވަހަށް މި ކެމްޕޭން ކުރިއަށް ގެންދާނެ ކަމަށާއި ހުރިހާ ފަންނަނީ ލަފައެއް ދޭނީ އާކް ޖަމިއްޔާއިން ކަމަށެވެ.

ހަނގާ ކުރުމަކީ ބާރުގެ ބޭނުންކުރުމާއެކު ޤަސްދުގައި ކުރާ އަމަލުތައް ކަމަށާއި މިފަދަ ކަންތައްތައް ކުރިމަތިވާ ކުދިންނަށް ޖިސްމާނީ ގޮތުންނާއި ތައުލީމީ ހަޔާތަށް ވެސް ގެއްލުން ކުރިމަތިވާ ކަމަށެވެ. އަދި އެކަންތައްތައް ހުއްޓުވަމީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށާއި މިފަދަ އަމަލެއް ހިންގާކަން އެނގޭނަމަ އެކަމެއް ރިޕޯޓްކޮށް ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ސްމައިލް އޮން ކެމްޕޭން ކާމިޔާބު ކެމްޕޭނަކަށް ހަދަން ސްކޫލް ކުދިން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީ

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް