Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް ތާރީޚީ ކާމިޔާބު

މިދިޔަ އަހަރަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން ގައުމަށް ފައިދާހުރި ގިނަ މަޝްރޫޢުތަކާއެކު ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވުނު އަހަރެއް

ބޭންކް އޮފް މޯލްޑިވްސްއަށް ވޭތުވެދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއް ކަމަށްވާ 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެއް. ބޭންކުގެ މާލީ ހާލަތު ވަރުގަދަވެ ލޯނު ޕޯޓްފޯލިއޯއާއި ޖުމްލަ އެސެޓަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭންކުން ވަނީ އަމާޒު ހިފާފައި. މީގެ އިތުރުން، ގައުމީ ބޭންކުގެ ދައުރު ފުޅާކޮށް ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭންކުން އިސްކަންދޭނެ ކަމަށް ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި.

މަޚްތޫމް
މަޚްތޫމް | 30 މާރިޗު 2026 | ހޯމަ 05:23
28 މާޗް 2026، މާލެ، ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ހިއްސާދާރުންނާ މުހާތަބު ކުރައްވަނީ.

28 މާޗް 2026، މާލެ، ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ހިއްސާދާރުންނާ މުހާތަބު ކުރައްވަނީ. | ބެންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 އަހަރުވީ ދިގު ތާރީޚުގައި އެންމެ ކާމިޔާބު މާލީ ނަތީޖާ ހާސިލުކުރި އަހަރަށް ފަހު، އެ ބޭންކުގެ އަހަރީ އާންމު ޖަލްސާ ރޭ ބާއްވައިފި އެވެ.

މި ޖަލްސާގައި ހިއްސާދާރުންނާ މުޚާތަބު ކުރައްވައި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ބޭންކުން ހޯދާފައިވާ ތާރީޚީ ކުރިއެރުންތަކާއި، ކުރިއަށް އޮތް ތަނުގައި ޚިދުމަތްތައް ފުޅާކުރުމަށް ގެންގުޅޭ ސްޓްރެޓެޖީތަކުގެ ތަފްސީލު ހިއްސާކުރައްވާފަ އެވެ.

ވޭތުވެދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކާމިޔާބީގެ މައިގަނޑު ސަބަބަކީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ޕޯޓްފޯލިއޯ 25 އިންސައްތަ އިތުރުވެ، 25.2 ބިލިއަން ރުފިޔާއަށް އުފުލުމެވެ. މީގެ އިތުރުން ބޭންކުގެ ޖުމްލަ އެސެޓް މިހާރު ވަނީ 55.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ހާމަކޮށްދޭ އެންމެ ބޮޑު ހެއްކަކީ ބޭންކުގައި ރައްކާކޮށްފައިވާ ފައިސާގެ އަދަދު 37.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވުމެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ހަމައެކަނި ރެކޯޑު އަދަދަކަށް ފައިދާ ލިބުނު އަހަރެއް ނޫން ކަމަށާއި، އެއީ ގައުމީ ބޭންކެއްގެ ގޮތުގައި ބީއެމްއެލްގެ ދައުރު ވަރުގަދަކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މާލީ ޚިދުމަތްތައް ފުޅާކުރި އަހަރެއް ކަމަށެވެ. ބޭންކުގެ ކާމިޔާބީ މިނެކިރެނީ ހަމައެކަނި މާލީ ހިސާބުތަކުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ދިވެހިންގެ ދިރިއުޅުމަށާއި އިގްތިސާދަށް ކުރާ ހެޔޮ އަސަރުތަކުން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ބޭންކުގެ މާލީ ހާލަތު އިތުރަށް ހަރުދަނާކޮށްދެނީ ގާނޫނުން ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ހުރި ކެޕިޓަލް އެޑެކުއަސީ ރޭޝިއޯއާއި ލިކުއިޑިޓީ ޕޮޒިޝަނުންނެވެ. އެގޮތުން ބޭންކުގެ ކެޕިޓަލް އެޑެކުއަސީ ރޭޝިއޯ ހުރީ 48.1 އިންސައްތައިގަ އެވެ. މިއީ ބޭންކުގެ ރިސްކް މެނޭޖްމެންޓް ނިޒާމު ހަރުދަނާކަމާއެކު ކުރިއަށްދާކަމުގެ ހެއްކެކެވެ.

މުސްތަގުބަލަށް ރޭވިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، ބޭންކުގެ ސްޓްރެޓެޖީ ބިނާވެފައިވަނީ ޑިޖިޓަލް ޚިދުމަތްތަކަށް އިސްކަންދިނުމާއި، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމުގެ މައްޗަށް ކަމަށެވެ. ބަދަލުވަމުންދާ ދުނިޔޭގައި ބޭންކުގެ ހިންގުން ހަރުދަނާކޮށް، ދިގު ރާސްތާގެ ދެމެހެއްޓެނިވި މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުގެ މައިގަނޑު އަމާޒެވެ. އަދި މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކޮށް، "ދިވެހިންގެ ބޭންކު" ގެ ގޮތުގައި ދެމިއޮތުމަށް ބޭންކުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަފުޅު ނިންމަވާލެއްވީ ބޭންކުގެ 390,000 އަށްވުރެ ގިނަ ކަސްޓަމަރުންނަށާއި، މުވައްޒަފުންނަށާއި، ހިއްސާދާރުން ބޭންކަށް ކުރައްވާ އިތުބާރަށް ޝުކުރު އަދާކުރައްވަމުންނެވެ. މީގެ އިތުރުން ބޭންކުގެ ޗެއަރޕާސަން އަދި ޑައިރެކްޓަރުންގެ ބޯޑުން ދެއްވާ އިރުޝާދަށް ޝުކުރު ދަންނަވަމުން، ކުރިއަށް އޮތް 2026 ވަނަ އަހަރަކީވެސް ބޭންކަށް ކާމިޔާބު އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ޝަރީފް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

އިތުރަށް ކިޔާލަން

30 މާރިޗު 2026

ބީއެމްއެލްއިން ރެކޯޑް ޢަދަދެއްގައި 322 މިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބަހަނީ.

30 މާރިޗު 2026
ބީއެމްއެލްއިން ރެކޯޑް ޢަދަދެއްގައި 322 މިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބަހަނީ.
28 މާރިޗު 2026

ބީއެމްއެލްގެ އަހަރީ ސްޓާފް އެވޯޑް ހަފްލާ: އެކި ދާއިރާތަކުން ހިދުމަތް ކުރި މުވައްޒަފުންނަށް 38 އެވޯޑު!

28 މާރިޗު 2026
ބީއެމްއެލްގެ އަހަރީ ސްޓާފް އެވޯޑް ހަފްލާ: އެކި ދާއިރާތަކުން ހިދުމަތް ކުރި މުވައްޒަފުންނަށް 38 އެވޯޑު!
26 މާރިޗު 2026

ބީއެމްއެލް އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

26 މާރިޗު 2026
ބީއެމްއެލް އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި
26 މާރިޗު 2026

ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ 70 އިންސައްތަ އިތުރު

26 މާރިޗު 2026
ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ 70 އިންސައްތަ އިތުރު
26 މާރިޗު 2026

ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން - ސީއީއޯ

26 މާރިޗު 2026
ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން - ސީއީއޯ
26 މާރިޗު 2026

ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ

26 މާރިޗު 2026
ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ
22 މާރިޗު 2026

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

22 މާރިޗު 2026
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
12 މާރިޗު 2026

ސްވައިޕް އައްޑޫއަށް ތައާރަފްކޮށް، ވިޔަފާރިތަކުގެ ބޮޑު ތަރުހީބެއް

12 މާރިޗު 2026
ސްވައިޕް އައްޑޫއަށް ތައާރަފްކޮށް، ވިޔަފާރިތަކުގެ ބޮޑު ތަރުހީބެއް
10 މާރިޗު 2026

ރޯދަމަހުގެ ފަހު ދިހައި ގައި ބީއެމްއެލްގެ ބުރާންޗުތައް ހުޅުވާނީ މި މާޗް މަހުގެ 11 އަދި 18 ގައި

10 މާރިޗު 2026
ރޯދަމަހުގެ ފަހު ދިހައި ގައި ބީއެމްއެލްގެ ބުރާންޗުތައް ހުޅުވާނީ މި މާޗް މަހުގެ 11 އަދި 18 ގައި
02 މާރިޗު 2026

ރޯދަމަހުގެ ފަހު ދިހައި ގައި ބީއެމްއެލްގެ ބުރާންޗުތައް ހުޅުވާނީ މި މާޗް މަހުގެ 11 އަދި 18 ގައި.

02 މާރިޗު 2026
ރޯދަމަހުގެ ފަހު ދިހައި ގައި ބީއެމްއެލްގެ ބުރާންޗުތައް ހުޅުވާނީ މި މާޗް މަހުގެ 11 އަދި 18 ގައި.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު