Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް

ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން - ސީއީއޯ

26 މާރިޗު 2026 | ބުރާސްފަތި 11:30

ބޭންކް އޮފް މޯލްޑިވްސްގެ 43 އަހަރުވީ ތާރީޚުގައި އެންމެ ގިނަ ލޯނު ދޫކުރި އަހަރަކަށް މިދިޔަ އަހަރު ވެފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފައި. މީގެ އިތުރުން އަލަށް 30،000 ކަސްޓަމަރުން ބޭންކާ ގުޅި، ޑިޕޮސިޓްތައް 16 އިންސައްތަ އިތުރުވުމަކީ ކަސްޓަމަރުންގެ އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެއް ކަމަށް ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވި. ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން ގާނޫނީ މިންގަނޑަށްވުރެ ހަތަރު ގުނަ އިތުރުވެފައިވާއިރު، މިއީ މާލީގޮތުންނާއި އިޖުތިމާއީ ގޮތުން ބޭންކަށް ލިބުނު ބޮޑު ކާމިޔާބީއެއް.

މަޚްތޫމް
މަޚްތޫމް | 26 މާރިޗު 2026 | ބުރާސްފަތި 11:30
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް | ބީއެމްއެލް

ބޭންކުން ފައިދާ އިތުރުކުރަނީ އިންޓަރެސްޓާއި ފީތައް އިތުރުކޮށްގެން ކަމަށް ބުނެ އަބަދުވެސް ވާހަކަ ދައްކާ ކަމަށާއި އެހެންނަމަވެސް ބޭންކުން މިދިޔަ އަހަރު ފައިދާ އިތުރުކޮށްފައިވާނީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން ކަމަށް ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ މިދިޔަ އަހަރު މުޅިން އަލަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރި ކަމަށެވެ. މިއީ ބެންކުގެ 43 އަހަރުވީ ދިގު ތާރީހުގައި އަހަރެއްގެ ތެރޭ އެންމެ ގިނަ ލޯނު ދޫކުރި އަހަރެވެ. އެއާ އެކީގައި ނެޓް ލޯންސް އެންޑް އެޑްވާންސަސް 25.2 ބިލިއަން ރުފިޔާއަށް އަރާފާއިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކުރީ އަހަރާއި އަޅައިބަލާއިރު 25 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ސީއީއޯ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ލޯނު ނުދައްކާ ނިސްބަތް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1 އިންސައްތަ ދަށް ކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ރައުސުލްމާލުގެ ފުދުންތެރިކަން ހުންނަންޖެހޭ ރޭޝިއޯ %48.1 ގައި ކަމަށާއި މިއީ ގާނޫނީގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ ހަތަރު ގުނަ އިތުރު އަދަދެއް ކަން ސީއީއޯ ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރު ފާހަގަކޮށްލެވެނީ ބޭންކަށް ގިނަ އަދަދެއްގެ ކަސްޓަމަރުން ވެސް ގުޅުނު އަހަރެއްގެ ގޮތުގަ އެވެ. އެގޮތުން މދިޔަ އަހަރު މުޅިން އަލަށް 30،000 ކަސްޓަމަރުން ބީއެމްއެލްއާ ވަނީ ގުޅިފަ އެވެ. މިދިޔަ އަހަރު ކަސްޓަމަރުންގެ ޑިޕޮސިޓް 16 ޕަސެންޓްގެ އިތުރުވުމާއެކު މިހާރު ހުރީ 37.2 ބިލިއަންގައި ކަމަށް ސީއީއޯ ވިދާޅުވި އެވެ. މިއިން ދައްކުވައިދެނީ ބޭންކުގެ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެކު ބީއެމްއެލްއަށް ކަސްޓަމަރުން ކުރާ އިތުބާރު ބޮޑުވަމުން އަންނަކަންކަން ސީއީއޯ ފާހަގަކުރެއްވި އެވެ.

ގައުމީ ބޭންކުން ވަނީ މާލީގޮތުން ވެސް ފުރިހަމަ ކާމިޔާބެއް މިދިޔަ އަހަރު ހާސިލްކޮށްފަ އެވެ. އެގޮތުން ޓެކުހަށް ކެނޑުމަށް ފަހު ސާފުފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ކުރީ އަހަރާއި އަޅައިބަލާއިރު 10 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިކުރިއެރުން ފާހަގަކޮށް ސީއީއޯ ވިދާޅުވީ، ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާއީ ގޮތުންވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާ އެއްކަން އަޅުގަނޑުމެން މިވަނީ ސާބިތުކޮށްދީފަ ކަމަށެވެ. އަދި ބޭންކު ހިންގަނީ ހަމައެކަނި މާލީ ފައިދާ ހޯދާ ބޭންކެއްގެ ގޮތުގައި ނޫން ކަމަށާއި، ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހައި ދިވެހީންގެ ބޭންކެއް ކަމަށެވެ.

މުހައްމަދު ޝަރީފް ބީއެމްއެލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

26 މާރިޗު 2026

ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ

26 މާރިޗު 2026
ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ
25 މާރިޗު 2026

ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް

25 މާރިޗު 2026
ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް
22 މާރިޗު 2026

3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

22 މާރިޗު 2026
3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް
22 މާރިޗު 2026

ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި

22 މާރިޗު 2026
ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި
22 މާރިޗު 2026

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

22 މާރިޗު 2026
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
03 މާރިޗު 2026

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި

03 މާރިޗު 2026
ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި
26 ފެބުރުއަރީ 2026

މިދިޔަ އަހަރު ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި

26 ފެބުރުއަރީ 2026
މިދިޔަ އަހަރު ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި
28 ޖެނުއަރީ 2026

އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

28 ޖެނުއަރީ 2026
އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި
22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
08 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމު ކޮށްފި

08 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް