Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް

ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ

26 މާރިޗު 2026 | ބުރާސްފަތި 11:24

ބީއެމްއެލްއަކީ ގައުމީ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ސަރުކާރާ ގުޅިގެން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފައިވާކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ. މީގެ އިތުރުން، ބޭންކުގެ ސަބްސިޑިއަރީ ކުންފުންޏެއް މެދުވެރިކޮށް 3،260 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ކުރިއަށްދާކަމަށާއި، މިއީ ބޭންކުގެ ވިޔަފާރި ސިންދަފާދުކޮށް ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމި ނިންމުމެއްކަމަށް އޭނާ ވިދާޅުވި. ބޭންކުގެ ޖުމްލަ އެސެޓް ރާއްޖޭގެ ޖީޑީޕީގެ 38 އިންސައްތަ ތަމްސީލުކުރާކަމުން، ސަރުކާރާއެކު ގާތުން މަސައްކަތްކުރުމަކީ އިގްތިސާދީ ގޮތުން ބޭންކަށް މުހިއްމު ކަމެއްކަން ވެސް ސީއީއޯ ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް | 26 މާރިޗު 2026 | ބުރާސްފަތި 11:24
ބީއެމްއެލްގެ ސިއީއޯ އަދި މެނޭޖިންގ ޑިރެކެޓަރ މުހައްމަދު ޝަރީފު

ބީއެމްއެލްގެ ސިއީއޯ އަދި މެނޭޖިންގ ޑިރެކެޓަރ މުހައްމަދު ޝަރީފު | ބީއެމްއެލް

ގައުމީ ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫންކަމަށާއި އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް ކަމަށް ބީއެމްއެލްގެ ސިއީއޯ އަދި މެނޭޖިންގ ޑިރެކެޓަރ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއަކީ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށާއި ސަރުކާރާ އެކު ބާއްވާ ގުޅުމުގެ އަސްލަކީ ދެ ފަރާތުން ހިއްސާކުރާ އެއް ތަސައްވުރެއް ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އެއީ ހަރުދަނާ، އެންމެންހައި ދިވެހިންނަށް ޝާމިލުވެވޭ، އަދި ފާގަތި ރާއްޖެއެއް ބިނާކުރުމުގެ ތަޞައްވަރެއް ކަމަށެވެ.  ސަރުކާރާއެކު ކުރެވިފައިވާ މުހިއްމު ބައެއް މަސައްކަތްތައް ވެސް ސީއީއޯ ފާހަގަކުރެއްވި އެވެ. އެގޮތުން މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫޢަކީ މީގެ އެންމެ ފުރިހަމަ އެއް މިސާލެއް ކަމަށް ސީއީއޯ ވިދާޅުވި އެވެ. ބީއެމްއެލް އިން ވަނީ 9 މަސް ތެރޭ 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މި ޚިދުމަތް ލިބޭނެ މަގަ ފަހިކޮށްފަ އެވެ. އަދި މިކަން ކޮށްފައިވަނީ ކުރިން އޭޓީއެމް ބަހައްޓަމުން އައި އަގާ އަޅާ ބަލާއިރު 33 އިންސައްތަ ކުޑަކޮށްކަމަށް ސިއީއޯ ވިދާޅުވި އެވެ. އަދި މި ޕްރޮޖެކްޓްގެ އިންވެސްޓްމެންޓް ބޮޑު ބައެއްވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

މީގެ ނަތީޖާއަކީ އޭޓީއެމަށް ޖަމާކުރާ ފައިސާ އިތުރުވެ މާލީ ނިޒާމް ތެރެއަށް ފައިސާވަނުން ކަން ޝަރީފް ފާހަގަކުރެއްވި އެވެ.

މި ޕްރޮގްރާމްގައި ޝަރީފު ވަނީ ބީއެމްއެލް އިން އިމާރަތްކުރާ އަގުހެޔު ފްލެޓާއި ބެހޭގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑްއިން ދަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތައް މެދުވެރިކޮށް 3260 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްކުރަމުންނެވެ. މީގެ ސަބަބުން ދިވެހި އާއިލާތަކަށް ލިބޭނެ ފައިދާއަކީ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ކަށަވަރުވެ، ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަޤީޤަތަކަށްވާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިފަދަ ގުޅުންތަކަކީ ހަމައެކަނި ސިޔާސަތު ތަންފީޒުކުރުމެއް ނޫން، މިއީ ވިޔަފާރީގެ ގޮތުން ބެލިޔަސް ނިންމާ ރަނގަޅު ނިންމުންތަކެއް ކަމަށެވެ. އަދި މީގެ ސަބަބުން އަގުހެޔޮ ބޯހިޔާވަހިކަން ފަދަ އައު ދާއިރާތަކަށް ވަނުމުން، އާމްދަނީ ލިބޭނެ އައު މަގުތައް އުފެދި، ބެންކުގެ ވިޔަފާރި ސިންދަފާދުވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޔުނިޓްތަކުގެ މަސައްކަތްތައް 2028 ވަނަ އަހަރުގެ މެދުތެރޭ ހިސާބު ނިމޭނެކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

ގައުމުގެ އިގްތިސާދުގައި ބޭންކުގެ ދައުރު ފާހަގަކުރައްވައި ސީއީއޯ ވިދާޅުވީ ދިވެހި ރާއްޖޭގެ އިގްތިސާދީ އޮނިގަނަޑަށް ބަލާއިރު ބީއެމްއެލްގެ ޖުމްލަ އެސެޓް މުޅި ދިވެހި ރާއްޖޭގެ ޖީޑީޕީގެ 38 ޕަސެންޓް ތަމްސީލުކުރާ ކަމަށެވެ. އެހެންކަމުން ގައުމީ ބޭންކުގެ ހައިސިއްޔަތުން ސަރުކާރާ އެކު ގާތުން މަސައްކަތްކުރުމަކީ ބޭންކަށް ސްޓްރެޓްޖެކްލީ ވަރަށް މުހިއްމުކަމެއްކަމަށް ސީއީއޯ ވިދާޅުވި އެވެ.

ބީއެމްއެލްމުހައްމަދު ޝަރީފް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

25 މާރިޗު 2026

ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް

25 މާރިޗު 2026
ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް
22 މާރިޗު 2026

3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

22 މާރިޗު 2026
3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް
22 މާރިޗު 2026

ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި

22 މާރިޗު 2026
ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި
22 މާރިޗު 2026

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

22 މާރިޗު 2026
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
03 މާރިޗު 2026

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި

03 މާރިޗު 2026
ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި
26 ފެބުރުއަރީ 2026

މިދިޔަ އަހަރު ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި

26 ފެބުރުއަރީ 2026
މިދިޔަ އަހަރު ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި
28 ޖެނުއަރީ 2026

އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

28 ޖެނުއަރީ 2026
އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި
22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
08 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމު ކޮށްފި

08 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމު ކޮށްފި
06 އޮކްޓޯބަރު 2025

އދ. ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

06 އޮކްޓޯބަރު 2025
އދ. ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް