Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއެމްއެލް

ރޯދަމަހުގެ ފަހު ދިހައި ގައި ބީއެމްއެލްގެ ބުރާންޗުތައް ހުޅުވާނީ މި މާޗް މަހުގެ 11 އަދި 18 ގައި.

ރަމަޟާން މަހުގެ ފަހު ދިހައިގައި ބޭންކް އޮފް މޯލްޑިވްސް ހުޅުވާފައި ހުންނާނީ މި ހިނގާ މާރިޗް މަހުގެ 11 އަދި 18 ވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށެވެ. ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުވެސް މި ވަގުތުތަކުގައި ބޭންކުގެ ޚިދުމަތް ލިބޭނެ ކަމަށާއި، ބަންދު ދުވަސްތަކުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި އޮންލައިން ވަސީލަތްތައް މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 12:02
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް | ބީއެމްއެލް

މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެ މުއްދަތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޚިދުމަތް ދޭނެ އުސޫލުތައް އެ ބޭންކުން ހޯމަ ދުވަހު އިއުލާނުކޮށްފި އެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި ރޯދަމަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި ބޭންކުގެ ބްރާންޗުތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި ހިނގާ މާރިޗް މަހުގެ 11 ވަނަ ދުވަހާއި 18 ވަނަ ދުވަހު އެކަންޏެވެ.

Advertisement - businessAdvertisement

ބޭންކުން ބުނި ގޮތުގައި މި ދެ ދުވަހު ބޭންކުގެ ބްރާންޗުތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:30 ގެ ނިޔަލަށެވެ. މީގެ އިތުރުން، ރޯދަމަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި ބޭންކުގެ ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.

ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކު ހުޅުވާފައި ހުންނާނެ ވަގުތުތައް ވެސް ބީއެމްއެލް އިން ވަނީ މިހާރު އާންމުކޮށްފަ އެވެ. އެގޮތުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކުގެ ބްރާންޗުތައް ހުޅުވައިގެން ޚިދުމަތް ދޭނީ ހެނދުނު 09:30 އިން މެންދުރު 12:30 އަށެވެ.

ބޭންކުގެ ބްރާންޗުތައް ބަންދުވި ނަމަވެސް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެގޮތުން ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ އިތުރުން ފައިސާ ފޮނުވުމުގެ ޚިދުމަތް އެއްވެސް މެދުކެނޑުމެއް ނެތި އާންމުންނަށް ލިބެމުންދާނެ އެވެ.

ބީއެމްއެލް އިން ވަނީ ބޭންކުގެ ބްރާންޗުތައް ބަންދު ދުވަސްތަކުގައި އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ވީހާވެސް ގިނަ ޚިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ރޯދަ މަހުގެ ފަހު 10 ދުވަސްބޭންކުގެ ޚިދުމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ

18 ފެބުރުއަރީ 2026
ރަމަޟާން އުމްރާވެރިންނަށް ފަސޭހައިން ބީއެމްއެލްއިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި

ރަމަޟާން އުމްރާވެރިންނަށް ފަސޭހައިން ބީއެމްއެލްއިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި

04 ފެބުރުއަރީ 2026
ހުސްވި އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ބީއެމްއެލް އަށް 837.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހާމަ ކޮށްފި

ހުސްވި އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ބީއެމްއެލް އަށް 837.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހާމަ ކޮށްފި

30 ޖެނުއަރީ 2026
ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!

ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!

24 ޖެނުއަރީ 2026
"ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން 2000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފަށާނެ"

"ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން 2000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފަށާނެ"

29 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު