Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއެމްއެލްގެ ރެކޯޑް ޑިވިޑެންޑް

ބީއެމްއެލްއިން ރެކޯޑް ޢަދަދެއްގައި 322 މިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބަހަނީ.

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ކޮންމެ ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ނިންމުމާއެކު، ބޯނަސް ހިއްސާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް އިތުރު ދެ ހިއްސާ ދޫކުރުމަށް ވަނީ ފާސްކޮށްފައި. ބޭންކުގެ މާލީ ހާލަތު ވަރުގަދަވެ ހޯދި މި ކާމިޔާބީއަކީ ކަސްޓަމަރުންގެ އިތުބާރާއި ވިޔަފާރި ފުޅާވުމުގެ ނަތީޖާކަމަށް ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި ޑިޖިޓަލް ޚިދުމަތްތައް ތަރައްގީކުރުމުގައި ބޭންކުން ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް ވަނީ ދީފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 30 މާރިޗު 2026 | ހޯމަ 05:21
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން. | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާދާރުންނަށް ބަހާ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ކަމަށްވާ 322 މިލިއަން ރުފިޔާ ބެހުމަށް އެ ބޭންކުގެ ހިއްސާދާރުން ފާސްކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި، 2025 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހިއްސާދާރުން ވަނީ ނިންމާފަ އެވެ. މިއާއެކު ޖުމްލަ 322,915,200 (ތިންސަތޭކަ ބާވީސް މިލިއަން ނުވަލައްކަ ފަނަރަހާސް ދުއިސައްތަ) ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ވަނީ ފާސްކޮށްފަ އެވެ. މީގެ އިތުރުން، ފައިނަލް ޑިވިޑެންޑްގެ ގޮތުގައި މިހާރު ހުރި ކޮންމެ ހިއްސާއަކަށް ބޯނަސް ދެ ހިއްސާ ދޫކުރުމަށް ވެސް މި ޖަލްސާގައި ވަނީ ނިންމާފަ އެވެ.

މިއީ މި ބޭންކުގެ ތާރީޚުގައި ވެސް ހިއްސާދާރުންނަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. މި ނިންމުމަކީ ބޭންކުގެ މާލީ ހާލަތު ވަރުގަދަވުމާއި، ހިއްސާދާރުންނަށް އެންމެ ފުރިހަމަ ނަތީޖާ ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ހާމަކޮށްދޭ ކަމެކެވެ.

މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިއަހަރު ބޭންކުން ހޯދި މާލީ ކާމިޔާބީއާއެކު ހިއްސާދާރުންނަށް ރެކޯޑް އަދަދެއްގައި ފައިދާއެއް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދިޔައީ ބޭންކުގެ ވިޔަފާރި ވަރުގަދަވުމާއި ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި، މީހުންނާއި ވިޔަފާރިތަކުގެ އިތުރުން މުޖުތަމައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމުގައި ބޭންކުން ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިއްސާގެ ފައިދާ ބަހާނީ ބޭންކުގެ "ބުކް ކްލޯޝަރ" ނުވަތަ ހިއްސާދާރުންގެ ދަފްތަރު ބަންދުކުރާ ތާރީޚާ ހަމައަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބޭންކުގެ މި ކާމިޔާބީއަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން މަސައްކަތްކުރުމާއި، ކަސްޓަމަރުންނާއި ހިއްސާދާރުންނަށް އެންމެ ރަނގަޅު ޚިދުމަތާއި ނަތީޖާ ހޯދައިދިނުމަށް ދޭ ސަމާލުކަމުގެ ނަތީޖާއެވެ. މި ކުރިއެރުމާއެކު، ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ވަރުގަދަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިއޮތުމެވެ.

މުހައްމަދު ޝަރީފް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލްގެ އަހަރީ ސްޓާފް އެވޯޑް ހަފްލާ: އެކި ދާއިރާތަކުން ހިދުމަތް ކުރި މުވައްޒަފުންނަށް 38 އެވޯޑު!

ބީއެމްއެލްގެ އަހަރީ ސްޓާފް އެވޯޑް ހަފްލާ: އެކި ދާއިރާތަކުން ހިދުމަތް ކުރި މުވައްޒަފުންނަށް 38 އެވޯޑު!

28 މާރިޗު 2026
ބީއެމްއެލް އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

ބީއެމްއެލް އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

26 މާރިޗު 2026
ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ 70 އިންސައްތަ އިތުރު

ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ 70 އިންސައްތަ އިތުރު

26 މާރިޗު 2026
ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން - ސީއީއޯ

ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން - ސީއީއޯ

26 މާރިޗު 2026
ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ

ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ

26 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު