Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސްވައިޕް އައްޑޫއަށް

ސްވައިޕް އައްޑޫއަށް ތައާރަފްކޮށް، ވިޔަފާރިތަކުގެ ބޮޑު ތަރުހީބެއް

ދިވެހިން އުފެއްދި "ސްވައިޕް" ޑިޖިޓަލް ވޮލެޓަކީ ބައިނަލްއަގުވާމީ ކާޑުތަކުން ފައިސާ ޖަމާކުރެވޭ އަދި ވިޔަފާރިތަކަށް އެންމެ އެއް އިންސައްތައިގެ ކޮމިޝަނަކާއެކު ވަގުތުން ފައިސާ ލިބޭނެ ނިޒާމެއް. ރާއްޖެއިން ބޭރުން ފައިސާ ގެނައުމުގައި އެއްވެސް ފީއެއް ނުނަގާ މި ހިދުމަތަކީ ފްރީލާންސަރުންނާއި ފަތުރުވެރިންނަށްވެސް ބޮޑެތި ލުއިތަކެއް ލިބޭނެ ފިންޓެކް އުފެއްދުމެއް. އައްޑޫ ސިޓީގެ ވިޔަފާރިތަކުން މިހާރު މި ހިދުމަތް ބަލައިގަންނަން ފަށާފައިވާއިރު، މިއީ ރާއްޖޭގެ ޑިޖިޓަލް މާލީ މުއާމަލާތްތަކަށް އައި ބޮޑު ކުރިއެރުމެއް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 08:13
އައްޑޫ ސިޓީގައި ސްވައިޕް ހިދުމަތް ތައާރަފް ކުރުން

އައްޑޫ ސިޓީގައި ސްވައިޕް ހިދުމަތް ތައާރަފް ކުރުން | ބީއެމްއެލް

ދިވެހިން އުފައްދައި ތަރައްގީކޮށްފައިވާ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީއަށް ތައާރަފްކޮށް، އެ ސިޓީގެ ވިޔަފާރިތަކާއި އާންމުންގެ ބޮޑު ތަރުހީބެއް އެ ހިދުމަތަށް ލިބެން ފަށައިފި އެވެ.

ސްވައިޕް އައްޑޫއަށް ތައާރަފްކުރުމަށްޓަކައި ރޭ އައްޑޫ ހިތަދޫ ސްކޫލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލަޖީ އަލީ އިހްސާން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ސްވައިޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވޭނެ ކަމަށާއި، ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެންވެސް އެ މީހެއްގެ މަލްޓި ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަނެވޭނެ ކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ބީއެމްއެލްގެ އެކައުންޓުތަކަށް ފައިސާ ފޮނުވުމާއި ފައިސާ ނެގުމުގެ ފުރުސަތުވެސް މި ހިދުމަތުގެ ތެރެއިން ލިބިގެންދާނެ އެވެ.

ވިޔަފާރިތަކަށް ލިބޭ ފަސޭހަތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، ސްވައިޕް މެދުވެރިކޮށް ކަސްޓަމަރުން ފައިސާ ދެއްކުމުން ބަންދު ދުވަހެއް ކަމަށް ވިޔަސް ވަގުތުން އެ ވިޔަފާރިއެއްގެ އެކައުންޓަށް ފައިސާ ޖަމާވާނެ ކަމަށެވެ. ސްވައިޕަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ރަސްމީ ވޮލެޓުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މިއީ "ވިޒިޓް މޯލްޑިވްސް" ގެ ވެސް ރަސްމީ ވޮލެޓެވެ. އެހެން ވޮލެޓުތަކާއި ކާޑުތަކުން ފައިސާ ދައްކާއިރު 2.5 އިންސައްތައަށް ވުރެ މަތިން ކޮމިޝަން ނެގި ނަމަވެސް، ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ވިޔަފާރިތަކުން ނަގާނީ އެންމެ 1 އިންސައްތައިގެ ފީއެކެވެ.

ބޭރު ގައުމުތަކުން ފައިސާ ގެނައުމުގައި ޕޭޕަލް އަދި ވައިސް ފަދަ ވަސީލަތްތަކުން ބޮޑެތި ޗާޖުތަކެއް ނަގާކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، ބައެއް ފަހަރު 100 ޑޮލަރަށް 15 ޑޮލަރުގެ ޗާޖެއް ނެގި ނަމަވެސް، ސްވައިޕް މެދުވެރިކޮށް ރާއްޖެއިން ބޭރުން ޕާސަނަލް ވޮލެޓަށް ގެންނަ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. މިއީ ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުންގެ އަތުން ފައިސާ ހޯދުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

ސްވައިޕަކީ ސައްތަ އިންސައްތަ ދިވެހި އުފެއްދުމެއް ކަމަށްވާއިރު، މިއީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖޭގެ ފިންޓެކް ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެކެވެ. މި ވޮލެޓް ފަރުމާކޮށްފައިވަނީ ބައިނަލްއަގުވާމީ މާލީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. މި ހިދުމަތުގެ ތެރޭގައި ކިއުއާރް ޕޭމަންޓް، ޕާސަން-ޓު-ޕާސަން ޓްރާންސްފާ، ޕޭމަންޓް ލިންކް ޝެއާކުރުން އަދި ހަރަދުތަކުގެ ތަފާސްހިސާބު ބަލާލެވޭނެ ފަދަ ޒަމާނީ ފީޗާތައް ހިމެނެ އެވެ.

އައްޑޫ ސިޓީގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނަން ފަށާފައިވާއިރު، މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މި ހިދުމަތުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އައްޑޫގެ 300 ވިޔަފާރިއަކުން މިހާރު ސްވައިޕްގެ ޚިދުމަތް ލިބެ އެވެ. 

ސްވައިޕްއައްްޑޫ ސިޓީބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަމަހުގެ ފަހު ދިހައި ގައި ބީއެމްއެލްގެ ބުރާންޗުތައް ހުޅުވާނީ މި މާޗް މަހުގެ 11 އަދި 18 ގައި

ރޯދަމަހުގެ ފަހު ދިހައި ގައި ބީއެމްއެލްގެ ބުރާންޗުތައް ހުޅުވާނީ މި މާޗް މަހުގެ 11 އަދި 18 ގައި

10 މާރިޗު 2026
ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

07 މާރިޗު 2026
އައްޑޫ ސިޓީ ފޭދޫ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ

އައްޑޫ ސިޓީ ފޭދޫ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ

07 މާރިޗު 2026
އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

03 މާރިޗު 2026
ރޯދަމަހުގެ ފަހު ދިހައި ގައި ބީއެމްއެލްގެ ބުރާންޗުތައް ހުޅުވާނީ މި މާޗް މަހުގެ 11 އަދި 18 ގައި.

ރޯދަމަހުގެ ފަހު ދިހައި ގައި ބީއެމްއެލްގެ ބުރާންޗުތައް ހުޅުވާނީ މި މާޗް މަހުގެ 11 އަދި 18 ގައި.

02 މާރިޗު 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު