Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެޑްމިންޓަން އެސޯސިއޭޝަން

ފަހު ވަގުތު ސައުތު އޭޝިއަން ޖޫނިއާ މުބާރާތަށް ނުދާން ނިންމުމުން ބެލެނިވެރިންގެ ކަންބޮޑުވުން

މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމު ފުރުމަށް ހަމަޖެހިފައި އޮތީ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި. ނަމަވެސް، ހޮނިހިރު ދުވަހުގެ ރޭ ގާތް ގަނޑަކަށް 23:00 ހާއިރު ބެލެނިވެރިންނަށް އަންގާފައި ވަނީ ރާއްޖެ އިން މުބާރާތުގައި ބައިވެރި ނުވާން ނިންމި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މާރިޗު 2026 | އާދީއްތަ 08:53
މުބާރާތުގައި ބައިވެރިވާ ދިވެހި ރާއްޖޭގެ ކުޅުންތެރިންނަށް ޖާޒީ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

މުބާރާތުގައި ބައިވެރިވާ ދިވެހި ރާއްޖޭގެ ކުޅުންތެރިންނަށް ޖާޒީ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. | ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މިއަހަރު ޕާކިސްތާންގައި އޮންނަ ސައުތު އޭޝިއަން ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ބައިވެރި ނުވާން، ފަހު ވަގުތު ރާއްޖެ އިން ނިންމުމުން ބެލެނިވެރިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ޕާކިސްތާންގެ އިސްލާމްއާބާދުގައި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ތިން އުމުރުފުރާއެއްގައި ރާއްޖޭގެ 12 ކުޅުންތެރިން ވާދަ ކުރާ ގޮތަށް އޮތީ ހަަމަޖެހިފަ އެވެ. އެއީ 16 އަހަރުން ދަށުގެ އިތުރުން، 19 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ އުމުރުފުރާ އެވެ. 

މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމު ފުރުމަށް ހަމަޖެހިފައި އޮތީ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައެވެ. ނަމަވެސް، ހޮނިހިރު ދުވަހުގެ ރޭ ގާތް ގަނޑަކަށް 23:00 ހާއިރު ބެލެނިވެރިންނަށް އަންގާފައި ވަނީ ރާއްޖެ އިން މުބާރާތުގައި ބައިވެރި ނުވާން ނިންމި ކަމަށެވެ. އެގޮތުން އެއީ މިހާރު އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން ކަމަށް ބުނެ އެވެ. 

ނަމަވެސް ބެލެނިވެރިން ކަންބޮޑުވުން ފާޅު ކޮށްފައި ވަނީ، ހަނގުރާމަ ފެށިގެން ކުރިއަށްދާތާ މަސް ދުވަސްވީއިރު ވެސް، ރާއްޖެ އިން އެންމެ ފަހު ވަގުތު މުބާރާތުގައި ބައިވެރި ނުވުމަށް ނިންމުމުންނެވެ. އެގޮތުން ބެލެނިވެރިން ބުނެފައި ވަނީ ރަށް ރަށުން ސެލެކްޓުވި ކުދިން މާލެ އައިސް، ބެލެނިވެރިން ގިނަ ޚަރަދު ތަކެއް ކުރި ފަހުން، އެންމެ ފަހު ވަގުތު އެގޮތަށް ނިންމުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ޚާއްސަކޮށް ޑޮލަރުގެ އަގު މިހާ ބޮޑު ދުވަސްވަރެއްގައި، އެތައް ދަތިތަކާ އެކު ވެސް ޑޮލަރު ހޯދުމުގެ އިތުރުން، ކުދިންނަށް ބޭނުންވާ އެހެން ކަންކަން ބެލެނިވެރިން ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ. 

ބެލެނިވެރިން ބުނީ މި ދުވަސްވަރު މުބާރާތުގައި ބައިވެރި ނުވާން ނިންމިއިރު، އެފަދަ ނިންމުމެއް ކުރިން ނިންމި ނަމަ މާ ރަނގަޅުވީސް ކަމަށެވެ. ނަމަވެސް، އެތައް ދުވަސް ތަކެއް ފަހުން، އަދި އެތައް ތައްޔާރީ ތަކެއްވީ ފަހުން އެންމެ ފަހު ވަގުތު އެހެން ނިންމުމަކީ ބޮޑު ގެއްލުމެއް ކަމަށް ބެލެނިވެރިން ފާހަގަ ކޮށްފައިވެ އެވެ. ބެލެނިވެރިން ބުނެފައި ވަނީ، މުބާރާތުގައި ބައިވެރި ނުވާން ނިންމުމުގެ ކުރިން، ހޮނިހިރު ދުވަހު ކުޅުންތެރިންނަށް ޖާޒީ ވެސް ހަވާލު ކޮށްފައިވާ ކަމަށެވެ. 

މިކަމާ ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަންގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވެފައި ނުވެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްސައުތު އޭޝިއަން ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

01 މެއި 2025

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

01 މެއި 2025
ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި
22 މާރިޗު 2024

އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

22 މާރިޗު 2024
އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި
21 މާރިޗު 2024

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

21 މާރިޗު 2024
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު