Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެޑްމިންޓަން އެސޯސިއޭޝަން

ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅުން ހުރި މައްސަލަތަކެއް ވަނީ ކުޅިވަރު ވަޒީރު، ކޮމިޝަނަރު އަދި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) ގެ ސަމާލުކަމަށް ވެސް ގެނެސްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މާރިޗު 2024 | ބުރާސްފަތި 00:35
ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ)

ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ)

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ޠަލާލް (ޠަލާ) އަންގަވައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުންގެ ހިންގާ ކޮމެޓީން މިދިޔަ އާދިއްތަ ދުވަހު އޮތް ހިންގާ ކޮމެޓީގެ ޖަލްސާގައި ނިންމީ، މި މަހުގެ 22 ވަނަ ދުވަހު އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށެވެ. އައްޑޫގައި އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމިއިރު، އެ ޖަލްސާގައި އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ އައު ދައުރަށް މެމްބަރުން އިންތިޚާބު ކުރުމަށް ވެސް އޮތީ ނިންމައިފަ އެވެ. އިންތިޚާބުގައި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ބެޑްމިންޓަން އެސޯސިއޭޝަނުން ހުޅުވާލި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގައި މިވަގުތު މައްސަލަ ބޮޑުވެފައިވާއިރު، އެ އިންތިޚާބުގެ ކަންކަން މަޑު ޖައްސާލުމަށް ކޮމިޝަނަރު ވަނީ އަންގަަވައިފަ އެވެ. އަދި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާނީ، މައްސަލަތަކެއް ޙައްލެއް ހޯދުމަށްފަހު ކަމަށް ވެސް ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ އެކި އެކި މައްސަލަތަކުގައި ބެލެނިވެރިން، ކުޅުންތެރިން އަދި ކުލަބުތަކުން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅުން ހުރި މައްސަލަތަކެއް ވަނީ ކުޅިވަރު ވަޒީރު، ކޮމިޝަނަރު އަދި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) ގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ. އޭގެ ތެރޭގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ހިމެނެ އެވެ. މީގެ އިތުރުން އެ އެސޯސިއޭޝަންގެ އަސާސީ ޤަވާއިދުގައި ހުރި މައްސަލަތަކެއް ވެސް ވަނީ ކޮމިޝަނަރަށް ހުށަހަޅައިފަ އެވެ. އެހެންކަމުން އިންތިޚާބަކަށް ދިޔުމުގެ ކުރިން އެ މައްސަލަތަކަށް ޙައްލެއް ހޯދުން އެއީ އެންމެ ބޭނުންތެރި ގޮތް ކަމަށް ކޮމިޝަނަރު ވަނީ އަންގަވައިފަ އެވެ.

އަހަރީ އާންމު ޖަލްސާގައި މެމްބަރުން އިންތިޚާބު ކުރާ މަޤާމު ތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ރައީސް، ނައިބު ރައީސް އަދި ޚަޒާންދާރުގެ އިތުރުން، އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްޞީލުކުރާ މެމްބަރު އަދި އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރު ހިމެނެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްކޮމިޝަނަރ އޮފް ސްޕޯޓްސް

އިތުރަށް ކިޔާލަން

01 މެއި 2025

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

01 މެއި 2025
ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި
15 މެއި 2024

ގިނަ އެސޯސިއޭޝަންތަކުގެ ހިންގުން ރަނގަޅު: ޠަލާލް

15 މެއި 2024
ގިނަ އެސޯސިއޭޝަންތަކުގެ ހިންގުން ރަނގަޅު: ޠަލާލް
22 މާރިޗު 2024

އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

22 މާރިޗު 2024
އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި
21 މާރިޗު 2024

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

21 މާރިޗު 2024
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު