Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެޑްމިންޓަން އެސޯސިއޭޝަން

ބެޑްމިންޓަންގެ އިންތިޚާބު އައްޑޫގައި ބާއްވާތީ ކުލަބުތަކުގެ ކަންބޮޑުވުން

މިހާރު އޮތް ވޯޓިން ނިޒާމުގެ ތެރެއިން އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކުލަބުތަކުން ބުނެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މާރިޗު 2024 | ބުދަ 09:07
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ، އައްޑޫގައި ބާއްވާތީ ބައެއް ކުލަބުތަކުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އަންގާރަ ދުވަހުގެ ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި ހިނގާ މާޗު މަހުގެ 22 ވަނަ ދުވަހު، އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އައްޑޫގައި ބޭއްވުމަށް، އެސޯސިއޭޝަންގެ ހިންގާ ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަލްސާގައި އެސޯސިއޭޝަންގެ އައު ދައުރުގެ ހިންގާ ކޮމެޓީ އަށް މެމްބަރުން އިންތިޚާބު ކުރުން އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ ތެރެއިން ބައެއް ކުލަބުތަކުން ބުނީ އައްޑޫގައި އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމުމަކީ، މާލޭގައި ތިބި މެމްބަރުންނާއި، ކުލަބުތަކުން، އަދި އެސޯސިއޭޝަނަށް މިވީހާ ތަނަށް ފައިސާ ދައްކަމުން އަންނަ މެމްބަރުންގެ ޙައްޤު ނިގުޅައި ގަތުން ކަމަށެވެ. އަދި ހަމަ އެހެންމެ، އަހަރީ އާންމު ޖަލްސާ ބާއްވާއިރު، އެސޯސިއޭޝަނުން ބައެއް ކަންކަން ފުރިހަމަ ކޮށްފައި ނުވާކަން ވެސް ފާހަގަ ކުރި އެވެ.

އެގޮތުން ބެޑްމިންޓަން އެސޯސިއޭޝަންގެ ވޯޓު ލުމުގެ ނިޒާމު ބަދަލު ކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އަންގާފައިވާ ކަމަށާއި، މިހާރު އޮތް ވޯޓިން ނިޒާމުގެ ދަށުން ވޯޓު ނުލެވޭނެ ކަމަށް ވެސް ކޮމިޝަނުން އަންގާފައިވާ ކަމަށް ކުލަބުތަކުން ބުނެ އެވެ. ނަމަވެސް އެކަން ބަދަލު ނުކޮށް، މިހާރު އޮތް ވޯޓިން ނިޒާމުގެ ތެރެއިން އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކުލަބުތަކުން ބުނެފައިވެ އެވެ.

އަހަރީ އާންމު ޖަލްސާގައި މެމްބަރުން އިންތިޚާބު ކުރާ މަޤާމު ތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ރައީސް، ނައިބު ރައީސް އަދި ޚަޒާންދާރުގެ އިތުރުން، އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްޞީލުކުރާ މެމްބަރު އަދި އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރު ހިމެނެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

01 މެއި 2025

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

01 މެއި 2025
ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި
22 މާރިޗު 2024

އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

22 މާރިޗު 2024
އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި
21 މާރިޗު 2024

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

21 މާރިޗު 2024
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު